Roadha Mihaaru
ވިލާ:ވިޔަފާރީގެ ބިޔަމަޝްރޫއުތައް ހިންގުމުގައި 36އަހަރު

ވިލާ: ވިޔަފާރީގެ ބިޔަ މަޝްރޫއުތައް ހިންގުމުގައި ކާމިޔާބު 36 އަހަރު

14 އެޕްރީލް 2022

ޓޫރިޒަމާއި، ހަކަތަ އާއި، މުދަލުގެ ވިޔަފާރި އާއި، ދަތުރުފަތުރާއި މަސްވެރިކަމާއި، ތައުލީމީ ދާއިރާ އާއި ބްރޯޑްކާސްޓިން އާއި، އުމްރާނީ ތަރައްގީ އާއި އިމާރާތްކުރުމުގެ ދާއިރާތަކުން ރާއްޖެ މިވަނީ ތަރައްގީގެ އެތަކެއް މުހިންމު މަރުހަލާތަކެއް ކަޑައްތު ކޮށްފަ އެވެ. ބައެއް ދިވެހިން ދެކޭގޮތް ތަފާތު ނަމަވެސް، ރާއްޖޭގެ ޓޫރިޒަމް ސިނާއަތާއި އެހެނިހެން ދާއިރާތަކުގެ ތަރައްގީގެ ދަތުރުގައި އަދި މި ކުޑަ ޖަޒީރާވަންތަ ގައުމުގެ އިގުތިސާދު ބިނާ ކުރުމުގައި، އެންމެ ބޮޑަށް ހިއްސާވާ އެއްް ބައިވެރިއަކީ، 36 އަހަރު ކުރިން އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި އުފެދުނު "ވިލާ ޝިޕިން އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް" އެވެ.

ޓޫރިޒަމާއި، ހަކަތަ އާއި، މުދަލުގެ ވިޔަފާރި އާއި، ދަތުރުފަތުރާއި މަސްވެރިކަމާއި، ތައުލީމީ ދާއިރާ އާއި ބްރޯޑްކާސްޓިން އާއި، އުމްރާނީ ތަރައްގީ އާއި އިމާރާތްކުރުމުގެ ދާއިރާތަކުން ރާއްޖެ މިވަނީ ތަރައްގީގެ އެތަކެއް މުހިންމު މަރުހަލާތަކެއް ކަޑައްތު ކޮށްފަ އެވެ. ބައެއް ދިވެހިން ދެކޭގޮތް ތަފާތު ނަމަވެސް، ރާއްޖޭގެ ޓޫރިޒަމް ސިނާއަތާއި އެހެނިހެން ދާއިރާތަކުގެ ތަރައްގީގެ ދަތުރުގައި އަދި މި ކުޑަ ޖަޒީރާވަންތަ ގައުމުގެ އިގުތިސާދު ބިނާ ކުރުމުގައި، އެންމެ ބޮޑަށް ހިއްސާވާ އެއްް ބައިވެރިއަކީ، 36 އަހަރު ކުރިން އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި އުފެދުނު "ވިލާ ޝިޕިން އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް" އެވެ.

ކުރިމަތިވި ގޮންޖެހުންތަކާ އެކު މިއަދު ވެސް ބުރަ މަސައްކަތާ އެކު ރާއްޖޭގެ ރައްޔިތުންނަށް މަންފާ ވާނެހެން، މިހާރު އެކުލަވާވެފައިވާ ވިލާ ގްރޫޕުން އަންނަނީ ހަތް ދާއިރާއަކުން، 38 ކުންފުނި ހަދައި، ވިޔަފާރީގެ އެތަކެއް ބިޔަ މަޝްރޫއުތަކާއި ހިކުމަތްތެރި މަސައްކަތްތަކެއް ކުރަމުންނެވެ. ވިލާ ގްރޫޕް އުފެދިގެން އައީ ދުނިޔޭގެ އެކި ގައުމުތަކުގައި އިގްތިސާދު ކުރިއަރުވަން ކުރަމުން އައި ކަންކަން ރާއްޖެ އަށް ފުޅާ ކުރުމުގެ މަގުސަދުގަ އެވެ. އެގޮތުން، މިއަދު އާ އީޖާދުތަކާއި ޕާޓްނާޝިޕްތައް އެ ކުންފުނީގެ ޒަރީއިން ރާއްޖެ އަށް ވަނީ ތައާރަފު ވެފަ އެވެ. އަދި ރައްޔިތުންނަށް ދެމެހެއްޓެނިވި ތަރައްގީ ގެނެސް އެކި ދާއިރާތަކުން ރައްޔިތުންނަށް ލުއި ފަސޭހަކޮށްދީ، އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކުންފުނިން ބޮޑެތި އަދި އެހާމެ ތަފާތު މަސައްކަތްތަކެއް ކުރަމުންދެ އެވެ.

ވިލާ ގްރޫޕް އުފެދިގެން އައީ އެ ކުންފުނީގެ ފައުންޑަރު ގާސިމް އިބްރާހިމްގެ ބުރަ މަސައްކަތްޕުޅުންނެވެ. ހަނޑުލާއި ތެލުގެ ބާވަތްތައް ރާއްޖެ އަށް އެތެރެ ކުރަން ސޯލް ޕްރޮޕްރައިޓަޝިޕެއްގެ ގޮތުގައި ވިލާ ރަޖިސްޓްރީ ކުރެއްވި އެވެ. ރާއްޖެ އަށް މުޅިން އާ ކަމަކަށް އޭރު އެކަން ވެފައިއޮތްއިރު ގާސިމް މަސައްކަތް ކުރެއްވީ ހިތްވަރާއި އަމާނާތްތެރިކަމާ އެކު އެ މަސައްކަތް ކާމިޔާބާ ހަމައަށް ގެންދިއުމަށެވެ. އެއަށްފަހު 1978 ގައި އަމިއްލަ ކާގޯ ބޯޓަކާއި 1986 ވަނަ އަހަރު އޮއިލް ޓޭންކަރެއް ރާއްޖެ ގެނަ އެވެ. އެއާއެކު ވިލާ ގްރޫޕުގެ ފުރަތަމަ ކުންފުނި "ވިލާ ޝިޕިން އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް" އުފަންވި އެވެ. މިއަދު ރާއްޖޭގައި ހުރި އެންމެ މަސައްކަތްތެރި އެއް ވިޔަފާރިވެރިއަކީ ވެސް ގާސިމް އިބްރާހިމެވެ. ރާއްޖެއަށް ހިދުމަތް ކުރުމުގައި ތަފާތު މަގާމުތައް ފުރުއްވާފައިވާއިރު ސަރުކާރުގެ، މަގާމުތަކާއި ރައްޔިތުންގެ މަޖިލީހުގައި ވެސް އެ ބޭފުޅާ އަންނަނީ ހިދުމަތް ކުރައްވަމުންނެވެ.

ވިލާ ގްރޫޕުން ހުޅުވި ޕްރެޑައިޒް ރިސޯޓް -- ފޮޓޯ: ވިލާ ގްރޫޕް

ވިލާ ގްރޫޕުން ހުޅުވި ޕްރެޑައިޒް ރިސޯޓް -- ފޮޓޯ: ވިލާ ގްރޫޕް

ވިލާ ގްރޫޕުން ޓްރޭޑިން ދާއިރާ އަށް ފަހު ވަނީ ޓޫރިޒަމް ދާއިރާއަށެވެ. ރާއްޖޭގައި ޓޫރިޒަމް ފެށުމާއެކު 1988 ވަނަ އަހަރު ފަން އައިލެންޑު ހުޅުވުނެވެ. ރާއްޖޭގެ ހިއްގައިމު ގޮނޑުދޮށާއި، ކަނޑުފަޅުތަކުގެ ގުދުރަތީ ރީތިކަން ބޭރު ދުނިޔެއަށް ހާމަކޮށްދޭ އެތައް ރިސޯޓެއް ރާއްޖޭގައި އެ ކުންފުނިން ހުޅުވާފައިވާއިރު މިއީ ރާއްޖޭގައި ގިނަ އަދަދެއްގެ ޓޫރިސްޓް އެނދު އޮޕަރޭޓް ކުރާ އެއް ކުންފުންޏެވެ. އެ ކުންފުނީގެ ދަށުން ހިންގާ އެހެން ރިސޯޓުތަކުގެ ތެރޭގައި ހޮލިޑޭ އާއި ޕެރެޑައިސް އާއި ސަން އައިލެންޑާއި ފަން އައިލެންޑާއި ރޯޔަލް އައިލެންޑް ހިމެނެ އެވެ. ހުރިހާ ރިސޯޓެއް އެއްކޮށްގެން އެ ކުންފުނިން 2226 އެނދު އޮޕަރޭޓް ކުރެ އެވެ. އަދި އަމިއްލަ ސްޕާ އާއި ޑައިވިން ސެންޓަރުތަޚާއި ތަފާތު މޫދު ކުޅިވަރުގެ ހިދުމަތް ވެސް އެ ކުންފުނީގެ ރިސޯޓުތަކުން ފޯރުކޮށްދެ އެވެ.

ޓޫރިޒަމް ދާއިރާގައި އެ ކުންފުނީގެ ކުރިއެރުން ސަން އައިލެންޑް ރިސޯޓުން އެކަނި ވެސް ދައްކަ އެވެ. ނަވާރަސަތޭކަ ނުވަދިހަ އަށްވަނަ އަހަރު ހުޅުވުނު އެ ރިސޯޓަކީ މިއަދު ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ރިސޯޓެވެ. ފަސް ތަރީގެ އެ ރިސޯޓުގައި 462 ވިލާ ހަދާފައިވާއިރު ރާއްޖެ އަށް ޗުއްޓީ ހޭދަ ކުރަން އަންނަ ޓޫރިސްޓުންގެ އެންމެ މަގުބޫލު އެއް ރިސޯޓަށް ސަން އައިލެންޑް ވަނީ ވެފަ އެވެ. ވިލާގެ އެހެން ރިޒޯޓުތަކާ އެއްގޮތަށް އެ ރިސޯޓަށް ވެސް ބައިނަލްއަގުވާމީ ގިނަ އެވޯޑުތަކެއް ވަނީ ލިބިފަ އެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމްގެ ބެއްލެވުމުގެ ދަށުން ރިސޯޓުތައް އިތުރަށް ތަރައްގީކޮށް، އެ ރިސޯޓުތަކުން ދޭ ހިދުމަތްތައް ފުޅާކޮށް، މުވައްޒަފުންނާއި ގެސްޓުންގެ ރައްކާތެރިކަމާއި، ދެމެހެއްޓެނެވި ތިމާވެށީގެ އެންމެ ކުރިއަރާފައިވާ މިންގަނޑުތަކާއި، ތިމާވެށްޓާ ރައްޓެހި މިންގަނޑުތަކަށް އަހުލުވެރި ހިދުމަތްތަކެއް ދިނުމުމުގެ މަގްސަދުގައި ގިނަ ގުނަ މަސައްކަތްތަކެއް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.

"ގްރީން ކީ"އެވޯޑް ލިބިފައިވާ ވިލާ ރިސޯޓުގެ ހިތްފަސޭހަ. ފެހި ބަގީޗާއެއް -- ފޮޓޯ: ވިލާ ގްރޫޕް

"ގްރީން ކީ"އެވޯޑް ލިބިފައިވާ ވިލާ ރިސޯޓުގެ ހިތްފަސޭހަ. ފެހި ބަގީޗާއެއް -- ފޮޓޯ: ވިލާ ގްރޫޕް

ތިމާވެށި ރައްކާތެރި ކުރުމަށް ވެސް ވިލާއިން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެ އެވެ. ފަަތުރުވެރިކަމުގެ ދާއިރާ އަށް އަމާޒުކޮށް ދެމުން އަންނަ "ގްރީން ކީ" އެވޯޑް އަދި "ވެލް ހެލްތް ސޭފްޓީ ރޭޓިން" ސެޓިފިކޭޝަން އެ ކުންފުނީގެ އެކި ރިޒޯޓަކުން މި އަހަރު ވަނީ ހާސިލްކޮށްފަ އެވެ. ކޮވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން ދިމާވެފައިވާ ދަތި ހާލަތުގައި ވެސް، ކުންފުނީގެ މަގުސަދުތައް ހާސިލުކުރުމަށް ހިކުމަތްތެރިކަމާ އެކު އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ފޮނި ނަތީޖާގެ ގޮތުން ލިބުނު އެ އެވޯޑާއި އަދި ސެޓިފިކޭޝަން ރާއްޖެއިން ފުރަތަމަ ހާސިލް ކުރި ރިޒޯޓުތަކަކީ ވެސް ވިލާގެ ރިސޯޓުތަކެވެ.

ހަކަތައިގެ ދާއިރާއިން ވިލާ ގްރޫޕުން ވަނީ އާ އުފެއްދުންތައް ތައާރަފްކޮށް އެ ދާއިރާގެ މަސައްކަތްތަކަށް ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. ވިލާ ހަކަތަ އަކީ 2000 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހަކަތަ (އެލްޕީޖީ، ޑީސަލް، ޕެޓްރޯލް، މެރިން ގޭސްއޮއިލް (އެމްޖީއޯ)، ސިމެންތި އަދި ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ވިޔަފާރި ކުރާ ބޮޑު ވިޔަފާރިއެކެވެ. އެ ކުންފުނީގެ ކޮންމެ އުފެއްދުމަކީ ވެސް އެންމެ މޮޅު ކޮލިޓީގެ އުފެއްދުންތައް ކަމުގެ ޔަގީންކަމާއި ރައްކާތެރިކަން ވިލާއިން ކަށަވަރު ކޮށްދެ އެވެ. އެ ކުންފުނީގެ ދަށުން ގާއިމްކޮށްފައިވާ ފިލިންގް ޕްލާންޓުގައި ކޮންމެ ގަޑިއިރަކު 300 ފުޅިއަށް ގޭސް އަޅައިދެ އެވެ. އަދި 38،000 ކިޔުބިކް މީޓަރުގެ ތެޔޮ ރައްކާ ކުރެވޭ ފިޔުލް ފާމެއް ވެސް ވަނީ ހަދައިފަ އެވެ. މީގެ އިތުރުން އެ ކުންފުނީގެ އަމިއްލަ ސިމެންތި ކާރުހާނާގައި ގަޑިއިރަކު 900 ބަސްތާ އެކި ސައިޒުގެ ސިމެންތި ބަސްތާތައް އެ ކުންފުނިން އުފައްދަ އެވެ. މި ހިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދޭއިރު ރިސޯޓުތަކާއި ބޯޓުފަހަރަށް ވެސް ވިލާއިން ފޯރުކޮށްދެ އެވެ.

ވިލާ ހަކަތަ -- ފޮޓޯ: ވިލާ ގްރޫޕް

ވިލާ ހަކަތަ -- ފޮޓޯ: ވިލާ ގްރޫޕް

ވިލާގެ އާންމު ވިޔަފާރީގެ ތެރެއިން، 2021 އަހަރުގެ ޖެނުއަރީ މަހުގައި ތައާރަފުކުރި ވިލާ މާޓުގެ ފިހާރަތަކަށް މިހާރު ވެސް އާންމުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ވިލާ މާޓުތަކުން ކާބޯތަކެއްޗާއި ތައްޔާރީ ކާނާގެ އިތުރުން ރީތިވާ ސާމާނާއި ގޭތެރޭގައި އާންމުކޮށް ބޭނުންކުރާ ގިނަ ސާމާނު ލިބޭނެ އެވެ. ވިލާ މާޓުން އާއްމުންނަށް ބޭނުންވާ މުދާ އަގު ހެޔޮކޮށް ލިބެން ހުރެ އެވެ. އަދި ވިލާ މާޓްގެ ފިހާރަތަކުގައި ވިލާ ޓްރޭޑިންގެ އަމިއްލަ ޕްރޮޑަކްޓްތައް ވެސް ލިބެން ހުރެ އެވެ. އެހެން ފިހާރަތަކުން ނުލިބޭ ބައެއް ބްރޭންޑްތައް އެކްސްކުލޫސިވްކޮށް ހޯލްސޭލް އަދި ރީޓެއިލް ވެސް ކޮށްދެ އެވެ. އޭގެ ތެރޭގައި، ރާއްޖޭގެ މާކެޓުގައި އާ އަދި ތަފާތު ޕްރޮޑަކްޓެއް އަދި މެދު އިރުމަތީގެ އެންމެ މަގުބޫލު ޑެއިރީ ސަޕްލަޔަރު އަލްމަރައިގެ އުފެއްދުންތައް ފާހަގަކޮށްލެވެ އެވެ. އަދި ރޯސްޓާގެ އިތުރުން އީޓީއައި ފަދަ ބްރޭންޑްތަައް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

މުޅި ރާއްޖޭގައި ތައުލީމީ ދާއިރާ ފުޅާ ކުރުމަށް ވެސް ދިވެހި ވިޔަފާރިތަކުން އަމިއްލަގޮތުން ނުކުރާ ފަދަ ހިދުމަތްތަކެއް ކުރަމުން އަންނަ ކުންފުންޏަކީ ވިލާ ގްރޫޕެވެ. ރާއްޖޭގައި މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށް، ރާއްޖޭގެ ފުރަތަމަ އަމިއްލަ ކޮލެޖެއްގެ ގޮތުގައި 2007 ވަނަ އަހަރު ވިލާ ކޮލެޖު ހުޅުވުނެވެ. އެ ކޮލެޖުން 11،000 ދަރިވަރުން ތައުލީމު ހާސިލްކޮށްފައިވާއިރު އެއީ ފެންވަރު ރަނގަޅު ނަމޫނާ ކޮލެޖަކެވެ. ވިލާ ކޮލެޖުގެ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ހަ ކެމްޕަހާއި ނުވަ ލާނިން ސެންޓަރުގައި ފޯރުކޮށްދެ އެވެ.

ވިލާ މާޓް -- ފޮޓޯ: ވިލާ ގްރޫޕް

ވިލާ މާޓް -- ފޮޓޯ: ވިލާ ގްރޫޕް

ވިލާގެ ކުޑައިގެ ދަށުން ހިންގާ އެހެން ކުންފުނިތަކުގެ ތެރޭގައި ވިލާ އެއާ އާއި ވީ މީޑިއާ އަދި ހޮރައިޒަން ފިޝަރީޒް ހިމެނެ އެވެ. ރާއްޖޭގެ ޕްރައިވެޓް އެއާލައިނެއް އޮކްޓޯބަރު، 1، 2011 ގައި ފެށުމަކީ ވެސް ވިލާ ގްރޫޕަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އެ އެއާލައިނުގެ ސަބަބުން ރާއްޖޭގެ ވައިގެ ދަތުރުފަތުރު ފަސޭހަވެ، އަގު ވެސް ހެޔޮވެގެންދިޔަ އެވެ. މިއަދު ވިލާ ގްރޫޕަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އެތެރޭ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ އެއް ކުންފުންޏެވެ. މިދިޔަ އަހަތު ވިލާ އެއާއިން 145،207 މީހުން ވަނީ ހިދުމަތް ހޯދައިފަ އެވެ. އޭގެ ތެރެއިން 18،000 އަށްވުރެ ގިނަ ފަސިންޖަރުންނަކީ ދިވެހިންނެވެ.

ރާއްޖޭގައި އަމިއްލަ ޓީވީ ސްޓޭޝަންތައް ހިންގުމުގެ ދޮރު ހުޅުވާލުމާއެކު، ވުޖޫދުވި އެެންމެ ފުރަތަމަ އަމިއްލަ ޓީވީ ސްޓޭޝަން، ވީޓީވީ އަށް ވެސް މިއަދު މިވަނީ 13 އަހަރު ފުރިފަ އެވެ. މި މުއްދަތުގެ ތެރޭގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވި ނަމަވެސް، އާންމުންނާއި ހަމަޔަށް ޚަބަރާއި، މުނިފޫހިފިލުވުމުގެ ޕްރޮގްރާމުތައް ނެގެސްދީފައި ވަނީ އެދުވަސްވަރަކާ ގުޅޭ، އަދި އެންމެ ތަފްސީލުކޮށް އާންމުންނަށް ކަމުދާނެ ގޮތަށެވެ. ކޮވިޑާ ގުޅިގެން ޓީވީ ހިންގުމުގައި ދަތިތކާ ކުރިމަތިވި ނަމަވެސް މުވައްޒަފުންގެ ބުރަ މަސައްކަތާ އެކު އެތަނުގެ ހިންގުން ނުހުއްޓި އާއްމުންނަށް ބޭނުންވާ މައުލޫމާތު އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނެވެ.

ވިލާ އެއާގެ ދަށުން ހިންގާ ފްލައިމީގެ ބޯޓެއް އެއާ÷ޯޓެއްގެ ރަންވޭގައި ޖައްސާފައި -- ފޮޓޯ: ވިލާ ގްރޫޕް

ވިލާ އެއާގެ ދަށުން ހިންގާ ފްލައިމީގެ ބޯޓެއް އެއާ÷ޯޓެއްގެ ރަންވޭގައި ޖައްސާފައި -- ފޮޓޯ: ވިލާ ގްރޫޕް

ވިލާ ގްރޫޕުގެ ދަށުން 2003 ވަނަ އަހަރު ވުޖޫދަށް އައި ހޮރައިޒަން ފިޝަރީޒަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަހުގެ ވިޔަފާރި ކުރާ އެންމެ ބޮޑު އަމިއްލަ އެއް ކުންފުންޏެވެ. މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ ބޮޑު ބަޔަކަށްވާއިރު ހޮރައިޒަން ފިޝަރީޒް އިން ވެސް ރާއްޖޭގެ އިގްތިސާދަށް ހިއްސާވެ އެވެ. އެ ކުންފުނިން ރާއްޖޭގައި ފިޝަރީޒް ކޮމްޕްލެކްސްއެއް ގާއިމްކޮށްފައިވާއިރު އެއީ ފެއަ ޓްރޭޑް ސެޓިފައިޑް ކުންފުންޏެކެވެ. އެ ސެޓިފިކޭޝަންގެ ދަށުން، މަސްވެރިންނަށް ރައްކާތެރި މަސައްކަތުގެ މާހައުލަކާއި، މަސްވެރިންގެ ބުރަ މަސައްކަތައް ރަނގަޅު ބަދަލެއް ލިބިފައިވާކަން ޔަގީންކޮށްދެ އެވެ. ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް އިތުރު މާކެޓުތައް ހޯދުމަށާއި، ދެމެހެއްޓެނިވި މަސްވެރިކަމާއި މަހުގެ އުފެއްދުންތައް އިތުރަށް ތައާރަފު ކުރުމަށް ވެސް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރެ އެވެ.

ކޮންމެ ކުންފުންޏެއްގެ ވެސް އިޖުތިމާއީ ޒިންމާ އޮންނައިރު އެ ޒިންމާގެ ދަށުން ކުރާ ކަންކަމަކީ ރައްޔިތުންނަށް ފައިދާވާ ކަންކަމެވެ. ވިލާ ގްރޫޕުން ވެސް އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ ކަންކަން ވަނީ ކޮށްފަ އެވެ. މިއީ އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދޭ އެއް ދާއިރާ އެވެ. މިގޮތުން، އިޖުތިމާއީ ޒިންމާގެ ދަށުން ވިލާ ގްރޫޕުން ވަނީ "ވިލާ ފައުންޑޭޝަން" ހުޅުވާފަ އެވެ. ފާއިތުވި 26 އަހަރު ވަންދެން އެ ފައުންޑޭޝަނުން ރައްޔިތުންނަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. އެގޮތުން، އެ ފައުންޑޭޝަނުގެ ޒަރީއާއިން މިހާތަނަށް 2600 އަށްވުރެ ގިނަ ކުދިންނަށް މަތީ ތައުލީމް ހާސިލް ކުރަން ފުލް ސްކޮލާޝިޕް ދީފައިވާއިރު މިހާތަނަށް 2000 ދަރިވަރަކު ވަނީ މި ފައުންޑޭޝަންގެ ލޯން ސްކީމްގެ ބޭނުން ހިފާ ގްރެޖުއޭޓް ވެފަ އެވެ.

ވިލާ ގްރޫޕުގެ ދަށުން ހިންގާ ހޕޮރައިޒަން ފިޝަރީސް -- ފޮޓޯ: ވިލާ ގްރޫޕް

ވިލާ ގްރޫޕުގެ ދަށުން ހިންގާ ހޕޮރައިޒަން ފިޝަރީސް -- ފޮޓޯ: ވިލާ ގްރޫޕް

ވިލާ ގްރޫޕަކީ 99 ޕަސެންޓް ދިވެހި މުވައްޒަފުން ހިމެނޭ ރާއްޖޭގެ އެންމެ ބޮޑު ކުންފުނި ކަމުގައިވާއިރު، ވިލާ ގްރޫޕުން ގަބޫލު ކުރާ ގޮތުގައި ކުންފުނީގެ އެންމެ ބޮޑު އެއް ފަހުރަކީ ގާބިލު، ފަންނުވެރި އަދި އިހުލާސްތެރި ދިވެހިން ތަމްރީނުކޮށް މުޖުތަމައަށް ނެރުމެވެ. އެ ގްރޫޕުގައި 5000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެ އެވެ. ރާއްޖެއަށް އެކި ދާއިރާތަކުން ހިދުމަތް ކުރަން ކުރީ ސަފަށް ވެސް ގިނަ ދިވެހިންތަކެއް ވިލާ ގްރޫޕުން ވަނީ ނެރެފަ އެވެ. ވިލާ ގްރޫޕުގެ ސަބަބުން ދިވެހިންނަށް ގިނަ ބައިވަރު ވަޒީފާގެ ފުރުސަތުތަކެއް ފަހިވެ، މުސާރައިގެ ގޮތުގައި ދިވެހި ރާއްޖޭއިން ބޭރުވާ ފައިސާ ރާއްޖޭގައި ހިފެހެއްޓި، އޭގެ މަންފާ މުޅި ރާއްޖޭގެ އިގުތިސާދަށް ކުރާނެ އެވެ.

ކުރިއަށް އޮތް ތަނުގައި، ވިލާ ގްރޫޕުގެ އަމާޒަކީ ހިކުމަތްތެރިކަމާ އެކު ވިޔަފާރީގެ މަޝްރޫއުތައް ފުޅާކޮށް، ދިވެހިންނަށް ދެމެހެއްޓެނިވި ތަރައްގީ އާއި ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމެވެ.

އެޑިޓަރުގެ ނޯޓް: މިއީ ޕްރޮމޯޝަނަލް އާޓިކަލް އެކެވެ.