Roadha Mihaaru
ސަން އައިލެންޑް: ތިމާވެށި ރައްކާތެރިކުރުމުގެ ނަމޫނާއެއް

ސަން އައިލެންޑް ރިސޯޓު: ތިމާވެށި ރައްކާތެރި ކުރުމުގެ ނަމޫނާއެއް

26 އޮކްޓޯބަރ 2022

ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް އިން ހިންގަމުން އަންނަ ސަން އައިލެންޑް ރިސޯޓަކީ ގަސްތައް ގިނަ، ހިތްގައިމު، ގުދުރަތީ ގޮތުން ރީތި އަދި ޓޫރިސްޓުންގެ މެދުގައި މަގުބޫލު ރިސޯޓެކެވެ. ވިހި މިނެޓުގެ ކުރު ފްލައިޓު ދަތުރެއްގައި ދެވޭ ދިގުމިނުގައި 1.6 ކިލޯ މީޓަރު ހުންނަ ސަން އައިލެންޑް ރިސޯޓަކީ ގުދުރަތީ ގޮތުން އެންމެ ރީތި، ކަނޑުއަޑީގެ މަންޒަރުތައް އޮތް ސަރަހައްދުގައި ހިމެނޭ ރިސޯޓެކެވެ. އެ ރިސޯޓުގެ އިތުރަށް ހާއްސަވެ، ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން އިތުރުވެފައި ވަނީ ދާދިފަހުން އެ ރިސޯޓަށް ލިބުނު އެވޯޑުތަކުގެ ސަބަބުންނެވެ.

ދާދި ފަހުން ބޭއްވި، 29 ވަނަ ވޯލްޑް ޓްރެވަލް އެވޯޑުގައި، ތިމާވެށީގެ ސަސްޓެއިނިބިލިޓީ އަށް ސަން އައިލެންޑް ރިސޯޓުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް "މޯލްޑިވްސް ލީޑިން ގްރީން ރިސޯޓު" އެވޯޑު ވަނީ ލިބިފަ އެވެ. އަދި އިނގިރޭސިވިލާތުން ދޭ ސަސްޓެއިނިބިލިޓީ އެވޯޑު، "މޭރީ ކްލެއާ" އެވޯޑުގެ "ލީޑިން ސަސްޓެއިނަބަލް ހަނީމޫން ޑެސްޓިނޭޝަން" އެވޯޑު ވެސް ކާމިޔާބު ކުރީ ސަން އައިލެންޑު ރިސޯޓުންނެވެ.

އެ ކާމިޔާބީތައް ފާހަގަ ކުރައްވާ، ސަން އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރު އަބްދުﷲ ފަތުހީ (ފައްތޭ) ވިދާޅުވީ، ކުރިމަގަށް ވިސްނާ، އެ ރިސޯޓުން ތިމާވެށި ރައްކާތެރިކޮށް ހިމާޔަތް ކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ރާއްޖޭގެ ޓޫރިޒަމަކީ، ތިމާވެއްޓާއި ގުޅިލާމެހިފައިވާ ކަމަކަށް ވާއިރު، ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްއިން އެ ކުންފުނީގެ ރިސޯޓުތައް ތަރައްގީކުރުމުގައި ތިމާވެއްޓަށް ހާއްސަ އަހައްމިޔަތުކަމެއް ދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަން އައިލެންޑް ރިސޯޓުގައި 2400 ސޯލާ ޕެނަލް ވަނީ އިންސްޓޯލް ކޮށްފައި: އެ ޕެނަލްތަކުން 135 ވިލާ އަށް ކަރަންޓު ދެވޭނެ. -- ފޮޓޯ: ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް

ސަން އައިލެންޑް ރިސޯޓުގައި 2400 ސޯލާ ޕެނަލް ވަނީ އިންސްޓޯލް ކޮށްފައި: އެ ޕެނަލްތަކުން 135 ވިލާ އަށް ކަރަންޓު ދެވޭނެ. -- ފޮޓޯ: ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް

ތިމާވެށި ހިމާޔަތްކުރުމަށް ވިލާ ހޮޓެލްސް އެންޑް ރިސޯޓުން އަމަލީ ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ މަސައްކަތަކީ އެ ކުންފުނީގެ ރިސޯޓުތަކުގައި ކާބަން ފުޓްޕްރިންޓު ކުޑަ ކުރުމަށް ގާއިމު ކުރަން ފަށާފައިވާ ސޯލާ ޕެނަލުގެ މަޝްރޫއެވެ.

އެ މަޝްރޫއުގެ ދަށުން، ސަން އައިލެންޑު ރިސޯޓުގެ އިތުރުން ޕެރަޑައިސް އައިލެންޑު ރިސޯޓުގައި ވެސް ސޯލާ ޕެނަލް ގާއިމުކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެ ކުންފުނީގެ އަމާޒަކީ އެ ކުންފުނިން އުފައްދާ ވިހަ ގޭސްތަކުގެ އަދަދު މަދު ކޮށް، ކާބަން ފުޓް ޕްރިންޓު ކުޑަ ކުރުމެވެ.

އެ ދެ ރިސޯޓުގައި އެ ނިޒާމު ގާއިމު ކޮށްފައި ވަނީ ސޯލާ ޕެނަލް ސިސްޓަމުގެ މަސައްކަތްތައް ކުރާތާ 22 އަހަރުވީ އޮސްޓްރިއަން ކުންފުނި ސުވިމްސޯލް އިންނެވެ. ސުވިމްސޯލްއިން ސަން އައިލެންޑުގައި ގާއިމު ކޮށްފައި ވަނީ 1122 ކިލޮވޮޓް ޕީކުގެ 2400 ސޯލާ ޕެނަލެކެވެ. އެ ޕެނަލުން އަހަރަކަށް ބޭނުން ކުރާ ޑީސަލްގެ އަދަދު 411،077 ލީޓަރަށް ކުޑަ ކޮށްދޭނެ އެވެ. އަދި އަހަރެއްގެ މައްޗަށް ބޭރު ކުރާ ކާބަންޑައި އޮކްސައިޑް 1085 ޓަނުން މަދު ކޮށްދޭނެ އެވެ. އެ އަދަދަކީ ގާތްގަނޑަކަށް މާލެއިން ލަންޑަނަށް 868 ފްލައިޓު ދަތުރު ކޮށްގެން ހޭދަވާނެހާ ކާބަންޑައި އޮކްސައިޑެވެ. ސަން އައިލެންޑު ރިސޯޓުގައި ހުރި އެ ޕެނަލްތަކުން އެ ރިސޯޓުގެ 135 ވިލާ އަށް ކަރަންޓު ދެވޭނެ އެވެ.

ސަން އައިލެންޑު ރިސޯޓު. އެ ރިސޯޓުގައި ގިނަ އަދަދެއްގެ ސޯލާ ޕެނަލް ވަނީ އިންސްޓޯލު ކޮށްފަ. -- ފޮޓޯ: ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް

ސަން އައިލެންޑު ރިސޯޓު. އެ ރިސޯޓުގައި ގިނަ އަދަދެއްގެ ސޯލާ ޕެނަލް ވަނީ އިންސްޓޯލު ކޮށްފަ. -- ފޮޓޯ: ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް

ޕެރަޑައިސް އައިލެންޑު ރިސޯޓުގައި އިންސްޓޯލްކޮށްފައި ވަނީ 2600 ޕެނަލުގެ ސޯލާ ސިސްޓަމެކެވެ. އަދި 1196 ކިލޮވޮޓް ޕީކުގެ ކަރަންޓު އުފައްދާދޭނެ އެ ސިސްޓަމަކީ ހާއްސަ ކޮންޓްރޯލް ސިސްޓަމަކާއި ބަފާ ބެޓެރިއެއް ހިމެނޭ ސިސްޓަމެކެވެ. އަދި އޭގެން 150 ވިލާއަށް ކަރަންޓު ހިދުމަތް ފޯރުކޮށްދެވޭނެ އެވެ.

ވިލާ ހޮޓެލްސް އެންޑް ރިސޯޓސްގެ އަމާޒަކީ އީޖާދީ ވަސީލަތްތަކަކާ އެކު ތިމާވެށި ރައްކާތެރިކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އަޅާ ކާބަން ފުޓް ޕްރިންޓް ކުޑަ ކުރުމެވެ. އަދި އަމާޒަކީ ހާސިލް ކޮށްފައިވާ ގްރީން ކީ ސެޓްފިކޭޝަނުން ބާރު އަޅާފަދައިން ތިމާވެށި ހިމާޔަތްކޮށް ތިމާވެށީގެ ސަސްޓެއިނަބިލިޓީގެ ގިނަ މަސައްކަތްތަކެއް ކުރުމެވެ.

ތިމާވެށި ހިމާޔަތް ކުރުމަށް ވިލާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ރިސޯޓަށް ޒިޔާރަތް ކުރާ ގެސްޓުންނަށް ވެސް ރިސޯޓުން ސަސްޓެއިނިބިލިޓީ އަށް ކުރާ މަސައްކަތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުން ހިމެނެއެވެ. އެގޮތުން، ކޮންމެހެން ދޮންނަން ޖެހިގެން ނޫނީ ނުދޮވުމަށް ބާރު އެޅުމާއި، ބޭނުން ކުރުމަށް ފަހު ސުވިޗުތައް ނިއްވާލުމާއި، ރީސައިކަލް ކުރުމަށް ހިތްވަރު ދިނުމާއި، ރިސޯޓާއި ކައިރީގައި ހުރި ސޭންޑް ބޭންކުތަކުގެ ގޮނޑުތައް ސާފުކުރުން ހިމެނެއެވެ. އަދި ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ތިމާވެއްޓާ ރައްޓެހި ކަންތައްތަކަށް ކުރުމަށް ދަނީ ބާރު އަޅަމުންނެވެ.

ނޯޓު: މިއީ ވިލާ ރިސޯޓްސް އެންޑް ހޮޓެލްސްގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.