Roadha Mihaaru
ރައްކާތެރިކަން ކަށަވަރުކޮށްދޭ ބިލްޑިން ވަޔަރު

އާރްއާރް ކޭބަލް: ކޮލިޓީ، މޮޅު އަދި ރައްކާތެރިކަން ކަށަވަރުކޮށްދޭ ބިލްޑިން ވަޔަރު

08 ޖެނުއަރީ 2023

ގެދޮރު އިމާރާތްކުރުމުގައި ވިސްނަންޖެހޭ މުހިންމު ގިނަ ކަންތައްތަކެއް ހުރެ އެވެ. އޭގެ ތެރެއިން އެންމެ އިސްކަންދޭން ޖެހޭ ކަންތައްތަކުގެ ލިސްޓުގެ އެންމެ ކުރީގައި ހިމަނަން ޖެހެނީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ފިޔަވަޅުތަކެވެ. އަލިފާނުގެ ހާދިސާތަކާއި ކަރަންޓު ޝޯޓޭޖާއި އަދިވެސް އެފަދަ އެހެނިހެން ކަންތައްތަކުން ރައްކާތެރިވުމަށް ކުރެވެން ހުރި ކަންތައްތަކަށް ސަމާލުވާން ޖެހެ އެވެ.

ގެދޮރު އިމާރާތްކުރުމުގައި ވިސްނަންޖެހޭ މުހިންމު ގިނަ ކަންތައްތަކެއް ހުރެ އެވެ. އޭގެ ތެރެއިން އެންމެ އިސްކަންދޭން ޖެހޭ ކަންތައްތަކުގެ ލިސްޓުގެ އެންމެ ކުރީގައި ހިމަނަން ޖެހެނީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ފިޔަވަޅުތަކެވެ. އަލިފާނުގެ ހާދިސާތަކާއި ކަރަންޓު ޝޯޓޭޖާއި އަދިވެސް އެފަދަ އެހެނިހެން ކަންތައްތަކުން ރައްކާތެރިވުމަށް ކުރެވެން ހުރި ކަންތައްތަކަށް ސަމާލުވާން ޖެހެ އެވެ.

އެފަދަ ރައްކާތެރިކަމެއް ކަށަވަރު ކުރަން އެދޭ ނަމަ، ވަޔަރު ކުރުމާއި ގެ އަށް ބޭނުންވާ ނެޓުވޯކުތައް އެޅުމާއި އެހެނިހެން މަސައްކަތްތަކުގައި ބޭނުން ކުރާ ކޭބަލްތަކާއި ނަރުތަކުގެ ފެންވަރު ދެނެގަތުން މުހިންމެވެ. މާކެޓެގައި އެކި ނަންނަމުގައި އެކި ފެންވަރުގެ ގިނަ ކަރަންޓު ވަޔަރު ލިބެން ހުރި އިރު، އެންމެ ކޮލިޓީ ރަނގަޅު ކޭބަލާއި ނަރުގެ ލިސްޓުގައި ދުނިޔެ އާއި އޭޝިއާ ސަރަހައްދުގައި ފާހަގަކޮށްލެވޭ އެއް ބްރޭންޑަކީ އާރުއާރު ކޭބަލެވެ.

ސްޓީލް ހާޑްވެއާގައި ލިބެން ހުރި އާރްއާރް ކޭބަލް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ސްޓީލް ހާޑްވެއާގައި ލިބެން ހުރި އާރްއާރް ކޭބަލް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ގިނަ ވައްތަރުތަކެއްގެ ކޭބަލްތަކެއް ހިމެނޭ އާރު އާރު ކޭބަލަކީ 97 ގައުމަކުން ބަލައިގަނެ، އެ ގައުމުތަކުގެ އެނާޖީ އޮތޯރިޓީގެ ހުއްދަ ދީފައިވާ ބްރޭންޑެކެވެ. އެއީ އިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންކުރާ މުދާ ވިއްކާ ސްޓީލް ހާޑްވެއާއިން ރާއްޖެ އަށް ވަރަށް ފަހުން ތައާރަފުކޮށް ވިއްކަމުންދާ ބްރޭންޑެކެވެ.

ސްޓީލް ހާޑްވެއާގައި އާރުއާރު ކޭބަލުގެ ހަތަރު ވައްތަރެއް އަންނަނީ ވިއްކަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ވަޔަރު ނަރާއި ވަޅުލާ ނަރާއި ފަތި ކޭބަލް އަދި ވަށް ކޭބަލެވެ.

އާރުއާރު ކޭބަލް އުފައްދާ ކުންފުންޏަކީ ދުނިޔޭގެ ތިން ވަނަ އަށް އެންމެ ބޮޑު ކޮޕާ ކޭބަލް ޕްރޮޑިއުސަރެވެ. އެ ތަނުން އިމާރާތްތަކުގައި ބޭނުންކުރާ އެކި ވައްތަރުތަކުގެ ކޭބަލްގެ އިތުރުން، އެކި އުޅަނދުފަހަރުގައި ބޭނުންކުރާ ކޭބަލް ވެސް އުފައްދަ އެވެ. އާރްއާރު ކޭބަލަށް ގިނަ ބައެއްގެ އިތުބާރު ލިބި، ކޮންސްޓްރަކްޝަން ދާއިރާގައި ނަން ހިނގާ ބްރޭންޑަކަށް ވެފައި ވަނީ އެ ބްރޭންޑަށް ލިބިފައިވާ ގިނަ ސެޓްފިކޭޝަންތަކުގެ ސަބަބުންނެވެ.

އެކި ވައްތަރުގެ އާރްއާރް ކޭބަލް ސްޓީލް ހާޑްވެއާއިން ލިބޭނެ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެކި ވައްތަރުގެ އާރްއާރް ކޭބަލް ސްޓީލް ހާޑްވެއާއިން ލިބޭނެ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އޭގެ ތެރޭގައި އައިއެސްއޯ 9001 އާއި އައިއެސްއޯ 14001 އާއި އައިއެސްއޯ 45001ގެ ސެޓްފިކެޓް ހިމެނެ އެވެ. އަދި އިނގިރޭސި ވިލާތުގެ ބަސެކް ސެޓްފިކޭޝަނާއިި ކެނެޑާގެ ސީއެސްއޭ ސެޓްފިކޭޝަނާއި ޖަރުމަނުގެ ވީޑީއީ ސެޓްފިކޭޝަން ވެސް ވަނީ އެ ބްރޭންޑަށް ލިބިފަ އެވެ. އެ ބްރޭންޑު ވިއްކާ ހުރިހާ ގައުމެއްގެ އެނާޖީ އޮތޯރިޓީގެ އެޕްރޫވަލް ވެސް ވަނީ ލިބިފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެނާޖީ އޮތޯރިޓީ ވެސް ހިމެނެ އެވެ.

އާރުއާރް ކޭބަލަކީ ގްލޯބަލް ގައިޑްލައިނުތަކާއި ސްޓޭންޑާޑުތަކަށް ފެތޭގޮތަށް ތައްޔާރުކޮށްފައިވާ ކޭބަލެކެވެ. އެ ބްރޭންޑަކީ އިންސާނުންނާއި ތިމާވެއްޓަށް ގެއްލުން ހުރި ނުރައްކާތެރި ވިހަ މާއްދާތައް ނުހިމަނާ ތައްޔާރުކޮށްފައިވާ ކޭބަލްއެކެވެ. އާއްމުކޮށް ބިލްޑިން ވަޔަރުގައި ހުންނަ 200 ވިހަ މާއްދާއެއް މި ކޭބަލުގައި ނުހިމެނެ އެވެ. އެކަން ކަށަވަރު ކުރުމަށް އެ ކުންފުނިން ތަހުލީލުތައް ދަނީ ކުރަމުންނެވެ.

އާރުއާރު ކޭބަލަށް ވަނީ އީޓީ އިންފްރާ ފޯކަސް ސަމިޓް އެންޑް އެވޯޑްސްގައި "ބެސްޓް ބްރޭންޑް އިން ބިލްޑިން މެޓީރިއަލްސް އެންޑް ފިޓިންގްސް"ގެ އެވޯޑު ވެސް ލިބިފަ އެވެ.

އާރުއާރު ކޭބަލަކީ ކޮންޑަކްޓިވިޓީ ރަނގަޅު ކޭބަލަކަށް ވުމުން، ކަރަންޓު ޝޯޓޭޖުވުން ފަދަ ކަންތައްތަކުން އެ ކޭބަލުން ރައްކާތެރި ކޮށްދެ އެވެ. އަދި އަލިފާން ނުހިފާ ފީޗާ ހިމެނޭ ކޭބަލް ވެސް ހުރެ އެވެ.

އާރްއާރް ކޭބަލާ ގުޅޭ ފޭސްބުކް ޕޯސްޓެއް.

އާރްއާރު ކޭބަލް ރާއްޖޭގައި ވިއްކާ ސްޓީލް ހާޑްވެއާގައި ހޯލްސޭލް އަދި ރީޓެއިލް ރޭޓުތަކުގެ އިތުރުން ޕްރޮޖެކްޓުތަކަށް ހާއްސަ ރޭޓެއްގައި ކޭބަލް ލިބޭނެ އެވެ. ގިނަ ރިސޯޓުތަކެއްގެ ޕްރޮޖެކްޓުތަކަށް މިހާރު ވެސް އާރްއާރް ކޭބަލް ސްޓީލް ހާޑްވެއާ އިން އަންނަނީ ސަޕްލައި ކުރަމުންނެވެ.

ސްޓީލް ހާޑްވެއާ އަކީ އާރުއާރު ކޭބަލްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އެ ތަނުގައި އާރުއާރު ކޭބަލްގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާގައި ބޭނުންކުރާ އެކި އާލާތްތަކުގެ، ފެންވަރު ރަނގަޅު ގިނަ ބްރޭންޑުތަކެއްގެ ތަކެތި ލިބެން ހުރެ އެވެ. އެއީ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ، ހެޔޮ އަގުގައި ބިލްޑިން މެޓީރިއަލް ވިއްކާ ހާޑްވެއާ ފިހާރައެކެވެ.

ނޯޓު: މިއީ ސްޓީލް ހާޑްވެއާގެ ޕްރޮމޯޝަނަލް އާޓިކަލް އެކެވެ.