Roadha Mihaaru
ލިންކްސާވްގެ ކެމެރާ ބަންޑަލްތަކުން ޑިސްކައުންޓް

ލިންކްސާވްގެ ސެކިއުރިޓީ ކެމެރާ ބަންޑަލްތަކުން ޑިސްކައުންޓް

08 ޖެނުއަރީ 2023

ލިންކް ސާވުން ވިއްކާ ހިކްވިޝަންގެ ބަންޑަލްތަކުން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ލިންކް ސާވުން ވިއްކާ ހިކްވިޝަންގެ ބަންޑަލްތަކުން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ޕްރޮމޯޝަންގެ ދަށުން ލިންކްސާވުގެ ހުރިހާ ފިހާރައަކުން ވެސް އެ ކެމެރާ ބަންޑަލްތަކުން ޑިސްކައުންޓް ލިބޭނެ އެވެ. ޑިސްކައުންޓު ކަނޑައަޅާފައިވާ ދެ ސެކިއުރިޓީ ކެމެރާ ބަންޑަލް އަކީ އޮފީސްތަކާއި ގޭގެ ސެކިއުރިޓީ އަށް ބޭނުން ކުރެވޭނެ ތަކެތި ކަމަށް ލިންކްސާވުން ބުންޏެވެ.

ޕްރޮމޯޝަނާ ގުޅޭ ޕޯސްޓު.

އެ ފިހާރަ އިން ބުނި ގޮތުގައި ޕްރޮމޯޝަނުގައި ހިމެނޭ އެއް ބަންޑަލްގެ އަގު 9،000ރ. އަށް ވުރެ ބޮޑެވެ. އެ ބަންޑަލްގައި ހަތަރު ޗެނަލް ޓާބޯ އެޗްޑީ ޑީވީއާރަކާއި ދެ އެމްޕީގެ އެޗްޑީ1080ޕީ އިންޑޯ އައިއާރު ޓިއުރެޓް ދެ ކެމެރާ އާއި ދެ އެމްޕީގެ ދެ ޕީއޯސީ ފިކްސްޑް ބުލެޓްގެ 40މީޓަރުގެ އައިއާރު ޑިސްޓެންސްގެ ކެމެރާ އާއި އެ އަށް ބޭނުންވާ އިތުރު އައިޓަމްތައް ހިމެނެ އެވެ.

ލިންކް ސާވްގެ ޕްރޮމޯޝަނުގެ ދަށުން ޑިސްކައުންޓު އަގުގައި 5،300ރ. އަށް އެ ކެމެރާތައް ލިބޭނެ އެވެ.

ދެ ވަނަ ބަންޑަލްގެ އަގު 8،000ރ. އަށް ވުރެ ބޮޑެވެ. ޕްރޮމޯޝަނުގައި އެ ބަންޑަލް 4،800ރ. އަށް ލިބޭނެ އެވެ. އެ ބަންޑަލްގައި ހަތަރު އެމްޕީގެ އެޗްޑީ1080ޕީ އިންޑޯ އައިއާރު ޓިއުރެޓް ދެ ކެމެރާ އާއި އެ އަށް ބޭނުންވާ އެކި އައިޓަމްތައް ހިމެނެ އެވެ.

ލިންކްސާވުން ބުނި ގޮތުގައި ޕްރޮމޯޝަން ނިމޭނެ ވަކި މުއްދަތެއް އަދި ކަނޑައެއް ނާޅަ އެވެ.

ލިންކްސާވްގެ ފިހާރަތައް ހިންގަނީ މާލެ އާއި ހުޅުމާލެ އަދި ހދ. ކުޅުދުއްފުށީގަ އެވެ.