Roadha Mihaaru
ލިންކްސާވްގެ "ސްޕިން ޓު ވިން" ޕްރޮމޯޝަން

ލިންކްސާވްގެ ކަސްޓަމަރުންނަށް އިނާމު ލިބޭ "ސްޕިން ޓު ވިން" ޕްރޮމޯޝަން

09 އެޕްރީލް 2023

ލިންކްސާވްއިން "ސްޕިން ޓު ވިން"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ލިންކްސާވްއިން "ސްޕިން ޓު ވިން"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ޕްރޮމޯޝަންގެ ދަށުން 200ރ. އިން މަތީގެ ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް ޕްރޮމޯޝަނުގައި ހިމެނޭ "ބުރު" އަނބުރާ ނަސީބު ބަލާލުމުގެ ފުރުސަތު ލިބޭނެ އެވެ.

ޕްރޮމޯޝަނާއި ގުޅޭ ޕޯސްޓެއް

އެ ބުރުގައި ކަސްޓަމަރުންނަށް ލިބޭނެ ހަތް އިނާމެއް ވަނީ ހުށަހަޅައިފަ އެވެ. ކަސްޓަމަރަށް ލިބޭ އިނާމަކީ ބުރު އަނބުރާލުމަށް ފަހު އެ ހުއްޓޭއިރު ދިމާވާ އިނާމެވެ. އިނާމުތަކުގެ ތެރޭގައި ފަސް ޕަސެންޓާއި އަށް ޕަސެންޓުގެ ޑިސްކައުންޓާއި އިނާމު ހިމެނެ އެވެ. އިނާމުތަކުގެ ތެރޭގައި ލިންކްސާވްގައި ހިމެނޭ އެކި ޕްރޮޑަކްޓުތައް ހިމެނޭނެ ކަމަށް ލިންކްސާވްއިން ބުނެ އެވެ.

ލިންކްސާވްގެ އެ ޕްރޮމޯޝަން ކުރިއަށް ދާނީ މި އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ.

ލިންކްސާވްގެ ހުރިހާ ފިހާރައެއްގައި ވެސް އެ ޕްރޮމޯޝަން ކުރިއަށް ދާނެ އެވެ.