Roadha Mihaaru
ކަރަންޓް ހަރަދު ކުޑަކޮށްދޭ ސިސްޓަމް ލިންކްސާވުން

ކަރަންޓުގެ ހަރަދު ކުޑަކޮށްދޭ ހޯމް އޮޓަމޭޝަން ސިސްޓަމް ލިންކްސާވުން

16 ފެބުރުއަރީ 2023

ގޭގޭގައި ބޭނުންކުރާ ކަރަންޓު ވަސީލަތްތައް ފޯނުން ކޮންޓްރޯލް ކުރެވޭ "ސޮނޮފް" ބްރޭންޑުގެ ގިނަ އަދަދެއްގެ އުފެއްދުންތައް ލިބެން ހުންނާނެ ކަމަށް ލިންކްސާވުން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ގޭގޭގައި ބޭނުންކުރާ ކަރަންޓު ވަސީލަތްތައް ފޯނުން ކޮންޓްރޯލް ކުރެވޭ "ސޮނޮފް" ބްރޭންޑުގެ ގިނަ އަދަދެއްގެ އުފެއްދުންތައް ލިބެން ހުންނާނެ ކަމަށް ލިންކްސާވުން ބުނެފި އެވެ.

އެ ފިހާރަ އިން ބުނީ، "ސޮނޮފް" ބްރޭންޑްގެ އުފެއްދުންތައް ބޭނުން ކުރުމުން ކަރަންޓުގެ ހަރަދު ކުޑަ ކުރެވޭނެ ކަމަށެވެ. އެ ބްރޭންޑުގެ އުފެއްދުންތައް މެދުވެރިކޮށް، އޭސީ ފަދަ އިލެކްޓްރޯނިކް އާލާތްތަކާއި ބޮކި އަދި ސުވިޗުތައް ސްމާޓް ކުރެވޭނެ އެވެ. ކަރަންޓްގެ ހަރަދު ހިނގާ ވަރު މޮނިޓާ ކުރާނެ ވަކި ޕްރޮޑަކްޓެއް ވެސް ލިބެން ހުރި ކަމަށް ލިންކްސާވުން ބުންޏެވެ.

އެ ފިހާރައިން ބުނި ގޮތުގައި މިފަދަ ސްމާޓް ޓެކްނޮލަޖީތަކަކީ ކޮންމެ ތަނެއްގައި ހުރެގެން ވެސް ގޭގެ އިލެކްޓްރޯނިކް ތަކެއްޗަށް އެކްސެސްވެވޭ ޓެކްނޮލޮޖީއަކަށް ވުމުން ސުވިޗް ކޮންޓްރޯލް ކުރެވޭނެ އެވެ. ވަކި އެއްޗެއް ނިއްވާލެވުނު ކަމަށް ޔަގީން ނުވާ ނަމަ ފޯނުން ބަލައި ޔަގީން ވެސް ކުރެވޭނެ އެވެ. މިފަދަ ޓެކްނޮލަޖީތަކުގެ ސަބަބުން ބޭކާރު ގޮތުގައި ކަރަންޓު ހޭދަވުން މަދުވެ، ކަރަންޓު ހޭދަވާ ވަރު ކުޑަ ކުރެވޭނެ ކަމަށް އެ ފިހާރައިން ބުންޏެވެ.

ކަރަންޓު ހަރަދު ހިނގާ މިންވަރު ބަލަހައްޓާ ޑިވައިސެއް.

ކަރަންޓު ހަރަދު ހިނގާ މިންވަރު ބަލަހައްޓާ ޑިވައިސެއް.

ލިންކްސާވްގައި ލިބެން ހުރި "ސޮނޮފް" ބްރޭންޑުގެ ޕްރޮޑަކްޓުތަކުގެ ތެރޭގައި ސެކިއުރިޓީ ކެމެރާ އާއި ރިމޯޓް ކޮންޓްރޯލަރާއި ވައިފައި ސޮކެޓް އަދި ސްމާޓް ވައިފައި ލެޑް ބަލްބް ފަދަ ޕްރޮޑަކްޓުތައް ހިމެނެ އެވެ.

ލިންކްސާވް އަކީ "ސޮނޮފް" ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އެ ތަނުން މި ފަދަ އެކި ބްރޭންޑުތަކުގެ ސްމާޓް އިލެކްޓޯނިކްސް ލިބެން ހުރެ އެވެ.