20 ސެޕްޓެމްބަރ 2022
ވެލިގާ ހާޑްވެއާއިން ދެ ރަށެއްގައި ރޯޑްޝޯތަކެއް ބާއްވަން ނިންމައިފި އެވެ.
ވެލިގާ ހާޑްވެއާއިން ދެ ރަށެއްގައި ރޯޑްޝޯތަކެއް ބާއްވަން ނިންމައިފި އެވެ.
ވެލިގާއިން ބުނީ، ގދ. ތިނަދު އާއި ހދ. ކުޅުދުއްފުށީގައި ރޯޑްޝޯއެއް ބާއްވަނީ، ވެލިގާއިން ވިއްކާ އުފެއްދުންތައް ރަށްރަށުގައި އުޅޭ މީހުންނަށް ވެސް ދައްކާލައި، ބައެއް ތަކެތި ތަޖުރިބާކޮށް، އާންމުންނާ އޮންނަ ގުޅުން ބަދަހި ކުރުމުގެ ބޭނުމުގައި ކަމަށެވެ.
ވެލިގާ ހާޑްވެއާއިން ބާއްވާ ފުރަތަމަ ރޯޑްޝޯ އަންނަ ހޮނިހިރުގައި އޮންނާނެ އެވެ. ދެ ދުވަހަށް ކުރިއަށްދާ މި ރޯޑްޝޯގައި ވެލިގާ ހާޑްވެއާ އާއި ބްލަންކްގެ އުފެއްދުންތައް ދައްކާލުމަށް ހަމަޖެހިފައިވެ އެވެ. އަދި އެކި ފަރާތްތަކާ ބައްދަލުކޮށް ގުޅުން ބަދަހި ކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ. މި ރޯޑްތައް ބާއްވަނީ ކައުންސިލާއި ރަށްރަށުގެ އިސްކޮށް ހަރަކާތްތެރިވާ ޖަމިއްޔާތަކުގެ އެހީތެރިކަމާ އެކު އެވެ.
ތިނަދޫގައި ބާއްވާ ރޯޑްޝޯ އިންތިޒާމު ކުރަނީ އެ ރަށުގެ ހަވަރު އެންޖީއޯއިންނެވެ. ހޯސްޓް ޕާޓްނަރަކަށް ތިނަދޫ ކައުންސިލް ހަމަޖެއްސި އިރު ރީޖަނަލް މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ގާފު އޮންލައިނެވެ. ރޯޑްޝޯގެ އެސޯސިއޭޓް ޕާޓްނަރަކަށް ތިނަދޫ އެސޯސިއޭޝަން ފޯ ޔޫތު ޑިވެލޮޕްމެންޓް އެންޑް އެމްޕަވަމަންޓް ހަމަޖެއްސި އިރު ޕްރިންޓިން ޕާޓްނަރަކަށް ހަމަޖެއްސީ ނޯވާ ޓެކް އެވެ. އަދި އެންޑޯޒިން ޕާޓްނަރުންގެ ގޮތުގައި ތިނަދޫ ޑަބްލިއުޑީސީ އާއި ގދ. އަތޮޅު ކައުންސިލް ހަމަޖައްސާފައިވެ އެވެ. މި އިވެންޓްގެ ފުޑް އެންޑް ބެވެރޭޖް ޕާޓްނަރަކަށް ހަމަޖެއްސީ ވޯޓާ ޑެކް އެވެ.
ވެލިގާ ހާޑްވެއާއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހާޑްވެއާ ސާމާނާއި ގޭތެރެ އަށް ބޭނުންވާ ތަކެތި ވިއްކާ އެއް ފިހާރަ އެވެ.
ވެލިގާގެ 14 އަހަރު: އިތުބާރު ހޯދައިފި، ވިދާލައިފި!
ވެލިގާގެ އީ ކޮމާސް ޕްލެޓްފޯމް ތައާރަފުކޮށްފި
އެމެރިކާގެ "ސަޓާ" ޓޫލްސް ވެލިގާއިން ރާއްޖެއަށް
ވެލިގާގެ ޕްރޮމޯޝަންގެ 100،000ރ. ގެ ވައުޗަރުދީފި
ވެލިގާގެ "އާ ފެށުމަކަށް" އެއް ލައްކަ ރުފިޔާ
ވެލިގާއަށް 10 އަހަރު ފުރުމާ ގުޅިގެން ޕްރޮމޯޝަނެއް
ވެލިގާ ހާޑްވެއާގެ ފަސްވަނަ ފިހާރަ ހުޅުމާލޭގަ ހުޅުވައިފި
ވެލިގާގެ ޔޫރޯ ސްކޯ ދިމާކުރި ނަސީބުވެރިން ހޮވައިފި
ވެލިގާގެ ރޯދަ ސޭލް: އަގުހުރި އިނާމުތަކާއި ޑިސްކައުންޓް
އެފްއޭއެމްގެ ދަރަނީގެ ލިސްޓަށް އަނެއްކާވެސް ހުކުމެއް