Roadha Mihaaru
އެމެރިކާގެ "ސަޓާ" ޓޫލްސް ވެލިގާއިން ރާއްޖެއަށް

އެމެރިކާގެ "ސަޓާ" ޓޫލްސް ވެލިގާއިން ރާއްޖެއަށް

10 މާޗް 2022

އެމެރިކާގެ އެންމެ މަގުބޫލު އެއް ބްރޭންޑް ކަމަށްވާ "ސަޓާ" ޓޫލްސް ވެލިގާ ހާޑްވެއާއިން ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

އެމެރިކާގެ އެންމެ މަގުބޫލު އެއް ބްރޭންޑް ކަމަށްވާ "ސަޓާ" ޓޫލްސް ވެލިގާ ހާޑްވެއާއިން ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

ވިހި އަހަރު ވެފައިވާ މި ބްރޭންޑަކީ މިހާރު ވަރަށް ގިނަ ގައުމުތަކުގައި މަގުބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ. ސަޓާގެ ޓޫލްތައް އޮޓޯމޯޓިވް އާއި ކޮންސްޓްރަކްޝަނާއި އެރޯސްޕޭސް އަދި މެނުފެކްޗަރިން ފަދަ މެކޭނިކަލް ދާއިރާތަކަށް ހާއްސަކޮށްފައިވެ އެވެ.

ވެލިގާއިން ވަނީ ސާޓާގެ ފުލް ރޭންޖް ރާއްޖެއަށް ތައާރަފުކޮށްފަ އެވެ. އެހެންވެ، އެންމެ ކުދި ޓޫލްތަކުން ފެށިގެން އެކި މަސައްކަތްތައް ބޭނުންވާ ހުރިހާ ސާމާނެއް ވެލިގާގެ ފިހާރަތަކުން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސަޓާއަކީ ކޮލިޓީ ރަނގަޅު ސާމާނު އުފައްދާ ބްރޭންޑަކަށް ވާތީ ވެލިގާއިން އެ ތަކެތި ގަތުމުން ލައިފް ޓައިމް ވޮރެންޓީ ލިބޭނެ އެވެ. އެ ބްރޭންޑުގެ ހުރިހާ ސާމާނަކީ ވެސް ކޮލިޓީއާ އަޅާ ބަލާއިރު އަގުވެސް ރަނގަޅު ސާމާނު ކަމަށް އެ ކުންފުނިން ބުންޏެވެ.

ވެލިގާ އަކީ ސަޓާ ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.