Roadha Mihaaru
ވެލިގާގެ ޕްރޮމޯޝަންގެ 100،000ރ. ގެ ވައުޗަރުދީފި

ވެލިގާގެ "އާފެށުމަކަށް" ޕްރޮމޯޝަންގެ ނަސީބުވެރިޔާ އަށް 100،000ރ. ގެ ވައުޗަރު ދީފި

11 ފެބުރުއަރީ 2021

އާ އަހަރާ ދިމާކޮށް ވެލިގާ ހާޑްވެއާ އަދި ބްލަންކްގެ ފިހާރަތަކުން ކުރިޔަށް ގެންދިޔަ "އާފެށުމަކަށް" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައި، އެއްލައްކަ ރުފިޔާގެ ވައުޗަރު ހަވާލުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އާ އަހަރާ ދިމާކޮށް ވެލިގާ ހާޑްވެއާ އަދި ބްލަންކްގެ ފިހާރަތަކުން ކުރިޔަށް ގެންދިޔަ "އާފެށުމަކަށް" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައި، އެއްލައްކަ ރުފިޔާގެ ވައުޗަރު ހަވާލުކޮށްފި އެވެ.

ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަށް ވައުޗާ ހަވާލުކޮށްދެއްވީ ވެލިގާ ހާޑްވެއާގެ ޑިރެކްޓަރު އަބޫބަކުރު މުހައްމަދެވެ. މި ވައުޗާ ބޭނުންކޮށްގެން ވެލިގާގެ ފިހާރަތަކުން 100،000ރ. އާ ހަމައަށް ވިޔަފާރި ކުރެވޭނެ އެވެ.

ހަ ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގައި ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް އަދި އިތުރަށް ކުރާ ކޮންމެ ސަތޭކަ ރުފިޔާގެ ވިޔަފާރިއަކަށް އިތުރު ކޫޕަނެއް ކަސްޓަމަރުންނަށް ވަނީ ދީފަ އެވެ. މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން 1،000ރ. އިން މަތީގެ ވިޔަފާރިކުރާ މީހުންނަށް "ނަސީބުގެ ބުރު" އަނބުރާލައިގެން ވަގުތުން އެތައް އިނާމުތަކެއް ލިބިފައިވެ އެވެ.

ނަސީބުގެ ބުރުން ދިން އިނާމުތަކުގެ ތެރޭގައި ކަށިގަނޑު ސެޓު، ޕަވަ ބޭންކް، އެކްޝަން ކެމެރާ، ނޯޓު ފޮތް ފަދަ އެތައް އިނާމެއް ހިމެނެ އެވެ.

ވެލިގާ އަދި ބްލަންކްގެ ކަސްޓަމަރުންގެ ފަރާތުން މި ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ވެލިގާއިން ބުންޏެވެ.