Roadha Mihaaru
"ނަންނި" އިންޖީނަށް 15 ޕަސެންޓް ޑިސްކައުންޓް ދެނީ

"ނަންނި" ބްރޭންޑުގެ އިންޖީނަށް 15 ޕަސެންޓް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި

16 ޖެނުއަރީ 2017

"ނަންނި" ބްރޭންޑުގެ އިންޖީނަށް 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ވީއޭއެމްކޯ އިން ފަށައިފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

"ނަންނި" ބްރޭންޑުގެ އިންޖީނަށް 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ވީއޭއެމްކޯ އިން ފަށައިފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މެރިން އިކުއިޕްމަންޓް ވިއްކާ ވީއޭއެމްކޯ އިން މިއަދު ބުނި ގޮތުގައި "ނަންނި މެކުހަށް" ނަން ދީފައިވާ މި ޕްރޮމޯޝަން މި މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. މި ޕްރޮމޯޝަންގެ ދަށުން ޑިސްކައުންޓުގެ އިތުރުން، ކޮންމެ އިންޖީނަކާ އެކު ހިލޭ ދުރުމި، ލައިފް ޖެކެޓް، އަޑީތެޔޮ، ގިޔަރު ތެޔޮ އަދި ކޫލަންޓް ވެސް ލިބޭނެ ކަމަށް އެ ފިހާރަ އިން ބުންޏެވެ.

ނަންނި ބްރޭންޑުުގެ އިންބޯޑް އިންޖީނަކީ ކުދި ދޯނިފަހަރަށް ހާއްސަކޮށްގެން އުފައްދާފައިވާ އިންޖީނެކެވެ. އަދި މި އިންޖީނަކީ ތެލުގެ ހަރަދު ކުޑަ، އިތުބާރު ހުރި އިންޖީނެއް ކަމަށް ވީއޭއެމްކޯ އިން ބުންޏެވެ.

ވީއޭއެމްކޯ އިން ނަންނި ބްރޭންޑުގެ 10 އިން 135 ހޯސްޕަވަރާ ދެމެދުގެ އިންޖީނު ވިއްކަ އެވެ. މި އިންޖީނުތައް ޝާފްޓް ލައިން، ސެއިލް ޑްރައިވް، ސްޓާން ޑްރައިވް އަދި ވޯޓާ ޖެޓްގެ ގޮތުގައި ވެސް ބޭނުންކުރެވޭނެ ކަމަށް އެ ފިހާރަ އިން ބުންޏެވެ.

ވީއޭއެމްކޯ އިން ގަންނަ ނަންނި ބްރޭންޑުގެ ކޮންމެ އިންޖީނަކަށް އެއް އަހަރުދުވަހުގެ ވޮރެންޓީ ވެސް ލިބޭނެ އެވެ.

ވީއޭއެމްކޯ އިން ވަނީ މި މަހުގެ ތެރޭގައި ޑޫސާން ޑައިވޫ ބްރޭންޑުގެ އިންޖީނަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އިއްޔެ ނިމުނު މި ޕްރޮމޯޝަންގައި، ޑޫސާން ޑައިވޫ އިންޖީނެއް ގަނެގެން 100،000 ރުފިޔާ އާއި 200،000 ރުފިޔާއާ ދެމެދުގެ ސާމާނު ވަނީ ހިލޭ ދީފަ އެވެ.