Roadha Mihaaru
ސީގިއާގެ ޕްރޮމޯޝަން ރޯދައިގެ ނިޔަލަށް އިތުރުކޮށްފި

ސީގިއާގެ "އޮޑި ސޭލް" ރޯދަ މަހުގެ ނިޔަލަށް އިތުރުކުކޮށްފި

18 މެއި 2017

ސީގިއާ އިން ކުރިއަށް ގެންދާ، ދޯނި ފަހަރަށް ހާއްސަ "އޮޑި ސޭލް"ގެ މުއްދަތު އަންނަ މަހުގެ 24ގެ ނިޔަލަށް އިތުރު ކޮށްފި އެވެ.

ޖާދުﷲ ތައުފީގް ޖާދުﷲ ތައުފީގް

ސީގިއާ އިން ކުރިއަށް ގެންދާ، ދޯނި ފަހަރަށް ހާއްސަ "އޮޑި ސޭލް"ގެ މުއްދަތު އަންނަ މަހުގެ 24ގެ ނިޔަލަށް އިތުރު ކޮށްފި އެވެ.

ފަސް ލައްކަ ރުފިޔާގެ އިނާމާ އެކު ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި ބައިވެރިވެވެނީ އެ ފިހާރައިން ކުރާ ކޮންމެ ވިޔަފާރިއަކަށް ލިބޭ ކޫޕަންތައް ހުށަހަޅާ ފަރާތްތަކަށެވެ. ކޫޕަން ހުށަހަޅާ މީހުންގެ މެދުގައި ގުރުއަތުލައިގެން ހާއްސަ ތިން އިނާމެއް ދޭނެ އެވެ.

އެއް ވަނަ ލިބޭ ނަސީބުވެރިޔާ އަށް 10 ފޫޓުގެ ފައިބަ ލޯންޗެއް ލިބޭނެ އެވެ. ދެ ވަނަ އިނާމަކީ މެރިން ރެފްރިޖަރޭޓަރެކެވެ. އަދި ތިން ވަނަ އަށް އިލެކްޓްރިކް އައުޓްބޯޑް އިންޖީނެއް ލިބޭއިރު މި ތިން ވަނައިގެ އިތުރަށް ވެސް ކޮންމެ ދުވަހަކު ނަސީބު ވެރިއެއް ހޮވައި އެކި އިނާމުތައް ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ. އޭޕްރީލް 15 ގައި ފެށި މި ޕްރޮމޯޝަނަށް އޮޑިވެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ސީގިއާގެ މެނޭޖަރު އަހުމަދު ނިޔާޒް ވިދާޅުވި އެވެ. ރޯދަޔާ ދިމާކޮށް އޮޑި އެހެލައި މަރާމަތުކުރާ އިރު، އޮޑިވެރިންނަށް ބޭނުންވާނޭ ހުރިހާ އެއްޗެއް ސީގިއާ ފިހާރައިން އަގުހެޔޮކޮށް ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި ޕްރޮމޯޝަނުގައި އޮޑިދޯނި ފަހަރަށް ބޭނުންވާ ތަފާތު އެކި ވައްތަރުގެ ސާމާނުން 80 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

"އޮޑި ސޭލް" ގައި ސީގިއާ އިން 80 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ

"އޮޑި ސޭލް" ގައި ސީގިއާ އިން 80 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ

ކަނޑު އުނޅަދު ފަހަރަށް ބޭނުންވާ ފެންވަރު ރަނގަޅު ސާމާނު ފޯރުކޮށްދޭ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ސިލްވާ ސޭންޑްސް އިން ސީގިއާ ފިހާރަ ހުޅުވީ 2014 ވަނަ އަހަރު އެވެ. ނަން މަޝްހޫރު މޮޅު ބްރޭންޑްތަކުގެ ގިނަ އުފެއްދުން ރާއްޖެ އެތެރެކޮށް ސީގިއާ އިން އާންމުންނަށް ފޯރުކޮށްދެ އެވެ. ކަނޑު އުޅަނދުފަހަރަށް މޮޅު ސީޖެޓް ބްރޭންޑްގެ އެންޓި ފޯލިން، ސުޕާ ފިލްޓާ، ރޮބްލައިން ބްރޭންޑުގެ މޮޅު ވައު އަދި ޔޮޓިކޯން ފަދަ ބްރޭންޑްތަކުގެ ގިނަ އުފެއްދުންތައް އެ ފިހާރައިން ލިބެ އެވެ.