24 ނޮވެމްބަރ 2019
ފެނުއަޑީގައި ބޭނުންކުރުމަށް މަޝްހޫރު ގޯޕްރޯގެ ހީރޯ 8 އާއި މެކްސް ސީ ގިއާ އިން ރާއްޖެއަށް ތައާރަފް ކޮށްފި އެވެ.
ފެނުއަޑީގައި ބޭނުންކުރުމަށް މަޝްހޫރު ގޯޕްރޯގެ ހީރޯ 8 އާއި މެކްސް ސީ ގިއާ އިން ރާއްޖެއަށް ތައާރަފް ކޮށްފި އެވެ.
ސީ ގިއާ އިން ވަނީ މި ކެމެރާތައް ރާއްޖޭގެ ބާޒާރަށް ނެރުމުގެ ގޮތުން ހާއްސަ އޮފާއެއް ވެސް ތައާރަފްކޮށްފަ އެވެ. އެގޮތުން އެ ފިހާރައިގެ ގޯޕްރޯ ހީރޯ 8 އާއި މެކްސްގެ ސްޓޮކް ހުސްވަންދެން ކެމެރާއާ އެކު ތްރީވޭ ސްޓޭންޑެއް ހިލޭ ލިބޭނެ އެވެ.
ގޯ ޕްރޯ ހީރޯ 8 8،200ރ. އަށް ލިބޭއިރު މެކްސް ލިބޭނީ 9،500ރ. އެވެ. މި ކެމެރާތައް ބީއެމްއެލް އިސްލާމިކް ސްކީމްގެ ދަށުންނާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި އެމްއެފްއެލްސީގެ ކްރެޑިޓް ސްކީމްގެ ދަށުން ވެސް ލިބޭނެ ކަމަށް ސީ ގިއާ އިން ބުންޏެވެ.
ކުރީގެ ގޯޕްރޯތަކާ ހިލާފަށް ހީރޯ 8 ގައި ވީޑިއޯ ކުރަމުންދާއިރު އަންނަ ގުޑުންތަށް އިތުރަށް މަދުކުރަން ހައިޕާ ސްމޫތް 2.0 ވަނީ ހިމަނައިފަ އެވެ. ހައިޕާ ސްމޫތުގެ މި ފީޗާ އަކީ ހުރިހާ ރިސޮލިއުޝަނެއް އަދި ހުރިހާ ފްރޭމް ރޭޓެއްގައި ވެސް މަސައްކަތްކުރާ ފީޗާ އެކެވެ.
މީގެ އިތުރުން ކުރީގެ ކެމެރާތަކާއި ހިލާފަށް ހީރޯ 8 ގައި "ޓައިމްރެޕް 2.0 ހޮރައިޒަން ލެވެލިން" އަދި "ބޫސްޓް މޯޑް" ވެސް ހިމަނާފައިވެ އެވެ. މީގެ ސަބަބުން، ރިކޯޑުކުރާއިރު ހުންނަ ވައިގެ އަޑު މަޑުކޮށް އަޑު ސާފުކޮށް ރެކޯޑުކުރެވޭ އަދި ބޭނުންގޮތަކަށް "މޯޑް ޕްރީސެޓް" ކުރެވޭނެ އެވެ. ގޯޕްރޯ ހީރޯ 8އަކީ ބަރުދަނުން ލުއި އިތުރު ފަސޭހަކަމާއެކު ގެންގުޅެވޭގޮތަށް ޑިޒައިން ކޮށްފައިވާ ކެމެރާއެކެވެ.
ސީ ގިއާގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި
އޮޑިދޯނިފަހަރަށް ހާއްސަ ސުޕަ ޕަމްޕެއް ސީ ގިއާ އިން
ސީގިއާ އިން ބޮޑު ޗުއްޓީ އަށް ބޮޑު ޑިސްކައުންޓެއް
ސީގިއާގެ ޕްރޮމޯޝަން ރޯދައިގެ ނިޔަލަށް އިތުރުކޮށްފި
ލަންކާގެ ޕްރިމިއަމް ރެވެލޯ ޗޮކްލެޓް ރާއްޖޭގެ މާކެޓަށް
ރާއްޖޭގައި ފަރުމާކުރި ފުރަތަމަ ބޯޅައިގެ ޕްރީއޯޑަރުނަގަނީ
ޓްރީ ޓޮޕުން ނާސިން ސްކޮލަޝިޕް 4 ދަރިވަރަކަށް
ރެވެލޯ ޗޮކްލެޓުގެ ރަހަ ބަލަން ހާއްސަ އިވެންޓެއް
ސީގިއާ އިން މޯޖެޓް އިލެކްޓްރިކް ޖެޓް ބޯޑް ނެރެފި
އޯވީއެސް: ވަރަށް ކޮލިޓީ، ނުވަދެ ވާކަށް ނެތް