Roadha Mihaaru
އޮޑިދޯނިފަހަރަށް ހާއްސަ ސުޕަ ޕަމްޕެއް ސީ ގިއާ އިން

އޮޑިދޯނިފަހަރަށް ހާއްސަ "ސުޕަ ޕަމްޕެއް" ސީ ގިއާ އިން ތައާރަފްކޮށްފި

10 ޑިސެމްބަރ 2019

އޮޑިދޯނި ފަހަރަށް ބޭނުންވާ ސާމާނު ވިއްކުމުގައި މަޝްހޫރު ސީ ގިއާ އިން، ރައްކާތެރި، ކުޑަކުޑަ ސުޕަ ޕަމްޕެއް ތައާރަފްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އޮޑިދޯނި ފަހަރަށް ބޭނުންވާ ސާމާނު ވިއްކުމުގައި މަޝްހޫރު ސީ ގިއާ އިން، ރައްކާތެރި، ކުޑަކުޑަ ސުޕަ ޕަމްޕެއް ތައާރަފްކޮށްފި އެވެ.

ފިޝަރީސް އެކްސްޕޯގައި ތައާރަފްކުރި މި ޕަމްޕް މަސައްކަތްކުރާ ގޮތް، އެ އެކްސްޕޯ އަށް ވަޑައިގެންނެވި ރައީސް އިބްރާހިމް ސޯލިހް ވަނީ ތަޖުރިބާކުރައްވައިފަ އެވެ. ސީ ގިއާ އިން ބުނީ އެ ޕަމްޕުގެ މުހިންމުކަން ރައީސް ވެސް ފާހަގަކުރެއްވި ކަމަށެވެ.

މި ޕަމްޕަކީ އާންމުކޮށް އޮޑިދޯނިފަހަރުގައި ޕެޓްރޯލާއި ޑީސަލް ފަދަ ތަކެތި އެއް ޓޭންކް އިން އަނެއް ޓޭންކަށް ބަދަލުކުރަން މިހާރު ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑަށް ލުއިކޮށްދޭނެ ރައްކާތެރި އެއްޗަކަށް ވާނެ ކަމަށް ސީ ގިއާ އިން ބުންޏެވެ.

މި ޕަމްޕުން، ކަރަންޓު އަދި ބެޓެރި ޕަމްޕެއް ބޭނުންކުރުމަކާ ނުލައި ފެން، ޕެޓްރޯލް އަދި ޑީސަލް ފަދަ ތަކެތި ފަސޭހަކަމާ އެކު އުޅަނދު ތެރޭގައި އެއްތަނުން އަނެއް ތަނަށް ބަދަލުކުރެވޭނެ އެވެ. މި ޕަމްޕުގައިވާ ވޭލްވް އަކީ ޕޭޓޭންޓު ކުރެވިފައިވާ ޖަރުމަނު ވިލާތުގެ މޮޅު އުފެއްދުމެކެވެ. އަދި މިއީ ވަރަށް ކުޑަ ޕަމްޕެއް ކަމަށް ވާތީ ރައްކާކުރުމަށާއި އެއްތަނުން އެނެއްތަނަށް ގެންދިޔުމުގައި ވެސް ވަރަށް ފަސޭހަވާނެ އެވެ.

ގިނަ އަހަރުތަކެއްގެ ތަޖުރިބާއާ އެކީ، އޮޑިދޯނި ފަހަރަށް ބޭނުންވާ ގިނަ އަދަދެއްގެ ކޮލިޓީ އުފެއްދުންތަކެއް ސީ ގިއާ އިން ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފައިވެ އެވެ.