Roadha Mihaaru
ރޯދަ މަހަށް އުރީދޫން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި

ރޯދަ މަހަށް އުރީދޫން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި

15 މެއި 2018

ރޯދަ މަހަށް އުރީދޫ އިން ބޮޑެތި އިނާމުތައް ލިބޭ، ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ރޯދަ މަހަށް އުރީދޫ އިން ބޮޑެތި އިނާމުތައް ލިބޭ، ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އުރީދޫ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ގިނަ ބައިތަކަކަށް ބަހާލެވިގެން ކުރިއަށް ގެންދާ ޕްރޮމޯޝަނާއި ގުޅޭގޮތުން މައުލޫމާތުތައް ދެއްވީ އެ ކުންފުނީގެ ޑައިރެކްޓަ ސޭލްސް ހުސެއިން ނިޔާޒް އާއި އެސިސްޓަންޓް މެނޭޖާ ޕަބްލިކް ރިލޭޝަން ނޫރާ އިބްރާހިމް އެވެ.

މި ޕްރޮމޯޝަނުގެ ތެރެއިން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ "ތަފާތު ޕޯސްޓްޕެއިޑް" އިން ކޮންމެ ހަފްތާ އަކު ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 50 އިންޗީގެ ޓީވީ އަކާއި، ހޯމްތިއޭޓާ ކިޓެއް އަދި އެ ކުންފުނިން ސްޕޮންސާ ކޮށްފައިވާ ނިއުރޭޑިއަންޓް ޓީމާއި އެކު ފަސް މީހަކަށް ރޯދަ ވީއްލުމެއް ލިބޭނެ އެވެ. އޭގެ އިތުރުން އެންމެ ފަހުގެ އައިފޯން އެކްސް އަކާއި، ކޮންރެޑް މޯލްޑިވްސްގެ ކަނޑު އަޑީގެ އިތާ ރެސްޓޯރެންޓުން ދެ މީހަކަށް ކެއުމެއް ވެސް ލިބޭނެ އެވެ.

ޕޯސްޓްޕެއިޑް ކަސްޓަމަރުން “THAFAATHU POSTPAID” ޖެހުމަށް ފަހު 929 އަށް މެސެޖެއް ކުރުމުން "ތަފާތު ޕޯސްޓްޕެއިޑް"ގައި ބައިވެރި ވެވޭނެ އެވެ. މީ ޕްރޮމޯޝަނުގައި ބައިވެރިވާން ކުރާ މެސެޖަށް އެއްވެސް އަގެއް ނުނަގާނެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި އެންމެ ޚާއްސަ އިނާމުގެ ހޮވާނީ ރޯދަ ނިންމާފަ އެވެ. އެގޮތުން ގުރުއަތުން ނެގޭ މީހަކަށް ހަތަރުރޭގެ ހުރުމާއިއެކު، ދެ މީހަކަށް ރާއްޖޭގެ އެންމެ ބޮޑު ކްރޫޒް ހޮޓެލްގައި ދަތުރުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

ރޯދަ މަހު އުރީދޫ އިން ހިލޭ ދޭން ހަމަޖެހިފައިވާ ޚިދުމަތްތައް:

- އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތު އެންގުން، މި ޚިދުމަތް ލިބޭނީ GO ޖެހުމަށް ފަހު 4777 އަށް މެސެޖު ކުރުމުންނެވެ.

- ރީތި ޓިއުންސް މެދުވެރިކޮށް ޤުރުއާނުގެ ދިވެހި ތަރުޖަމާ އަދި މަދަހަ އަޑުއެހުން، މި ޚިދުމަތް ލިބޭނީ GO ޖެހުމަށް ފަހު 4000 އަށް މެސެޖު ކުރުމުންނެވެ.

- އެސްއެމްއެސް މެދުވެރިކޮށް ދީނީ ނަސޭހަތް، މި ޚިދުމަތް ލިބޭނީ GO<space>R ޖެހުމަށް ފަހު 4546 އަށް މެސެޖު ކުރުމުންނެވެ.

- އެސްއެމްއެސް މެދުވެރިކޮށް ކެއްކުމާއި ބެހޭ މައުލޫމާތު ހޯދުން، މި ޚިދުމަތް ލިބޭނީ GO<space>C ޖެހުމަށް ފަހު 4546 އަށް މެސެޖު ކުރުމުންނެވެ.

އުރީދޫގެ މަގޭ ޕްލޭން މެދުވެރިކޮށް އާއިލާ އާއި ރައްޓެހިންނަށް ޑޭޓާ ޕެކް ހަދިޔާ ކުރެވޭ ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފަ އެވެ. އެގޮތުން މި ޕްރޮމޯޝަނުގެ ދަށުން ޑޭޓާ ހަދިޔާ ކުރާއިރު، ހަދިޔާ ކުރާ ޕެކޭޖުގެ ޑޭޓާ އެލަވަންސް ދެ ގުނަ އިތުރުވާނެ އެވެ.

ސޯޝަލް މީޑިއާ ބޭނުންކުރާ މީހުންނަސް ވެސް ވަނީ އަގުހެޔޮ ޑޭޓާ ޕެކެއް ތައާރަފް ކޮށްފަ އެވެ. އުރީދޫ އިން ބުނީ *929*2*2# ޖެހުމަށް ފަހު 929 އަށް ގުޅާލުމުން، 99ރ. އަށް ތިން ޖީބީގެ ސޯޝަލް މީޑިއާ ޑޭޓާ ޕެކެއް ލިބޭނެ ކަމަށެވެ.

"ސައުދީ ޕްލޭން 99"ގެ ނަމުގައި، ސައުދީ އަށް އަގުހެޔޮކޮށް ގުޅާލެވޭ އައިޑީޑީ ރޯމިން ޕެކޭޖެއް ވެސް ވަނީ ތައާރަފް ކޮށްފަ އެވެ. މި ޕެކޭޖުގެ ދަށުން 99ރ. ހަރަދުކޮށްގެން ސައުދީ އަށް ގުޅަން 70 މިނެޓް ލިބޭނެ އެވެ. ސައުދީ ޕްލޭން އެކްޓިވް ނަގައިގެން، ސައުދީ އަށް ގުޅަން ލިބޭ 70 މިނެޓް ހަމަވުމުން އިތުރުވާ ކޮންމެ މިނެޓަކަށް ޗާޖުކުރާނީ 2.99ރ. އެވެ. އަދި ސައުދީގައި އުރީދޫ ޚިދުމަތް ބޭނުން ކުރާނަމަ ރޯމިން އިން 15 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

އުރީދޫ އިން ބުނީ މި ޕެކޭޖު ބޭނުން ކުރެވޭނީ، “SAUDI” ޖެހުމަށް ފަހު 4123 އަށް އެސްއެމްއެސް ކުރުމުން ނުވަތަ *929*18# އަށް ގުޅުމުން ކަމަށެވެ.

ރޯދަ މަހުގެ ތެރޭގައި، ހަލުވި ސްޕީޑުގެ އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ އާ ކަނެކްޝަނެއް ނަގާ ނަމަ، 30 ޕަސެންޓުގެ ޑިސްކައުންޓެއް ދޭނެ އެވެ. އަދި ރޯދަ ކުރުކުރުމަށް، "ކައްކަނީ ކޯއްޗެއް"ގެ ނަމުގައި އުރީދޫ އިން އެސްއެމްއެސް ކުއިޒެއް ވެސް ކުރަށް ގެންދާނެ އެވެ. އުރީދޫ އިން ބުނީ ކުރިޒުން ހޮވޭ ފަރާތްތަކަށް ކޮންމެ ދުވަހަކު ވެސް ތަފާތު އިނާމުތައް ދޭން ހަމަޖެހިފައިވާ ކަމަށެވެ.

ކުރީ އަހަރުތަކާއި އެއްގޮތަށް، މި އަހަރު ވެސް އުރީދޫ ޕްރީޕެއިޑް އަދި އުރީދޫ މިކްސް ބޭނުންކުރާ މީހުންނަށް ފިތުރު ޒަކާތް ދެއްކޭނެ އެވެ. އެ ޚިދުމަތް ލިބޭނީ *909# އަށް ގުޅުއްވުމުން، އެއްވެސް އިތުރު އަގަކާއި ނުލަ އެވެ.