Roadha Mihaaru
އެމްޓީސީސީ "ޖުންޖުލާ" ފަށައިފި؛ އިނާމަކީ އިންޖީނެއް

އެމްޓީސީސީގެ "ޖުންޖުލާ" ޕްރޮމޯޝަނުން 100،000ރ.ގެ އިނާމެއް

11 ޖޫން 2017

އެމްޓީސީސީން 100،000ރ.ގެ އިނާމަކާ އެކު "ޖުންޖުލާ ޕްރޮމޯ 2017" ގެ ނަމުގައި އިއްޔެ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެމްޓީސީސީން 100،000ރ.ގެ އިނާމަކާ އެކު "ޖުންޖުލާ ޕްރޮމޯ 2017" ގެ ނަމުގައި އިއްޔެ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަނުގައި 5،000ރ. އަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ލިބޭ ކޫޕަނުތަކުން ގުރުއަތުލައިގެން ހޮވޭ ނަސީބުވެރިއަކަށް 100،000ރ. ގެ އަގުހުރި ސުޒުކީ އައުޓްބޯޑް 25 ހޯސްޕަވާ އިންޖީނެއް ލިބޭނެ އެވެ.

އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި، އެމްޓީސީސީ ކަށަވަރު ފިހާރައިން ލިބެން ހުންނަ އުފެއްދުންތަކުން ބޮޑެތި ޑިސްކައުންޓްތައް ލިބޭނެ އެވެ.

އެމްޓީސީސީ ކަށަވަރުގައި ކުރިއަށްދާ ޖުންޖުލާ 2017 ޕްރޮމޯ ގައި އެއްވަނަ އިނާމަކަށް ކަނޑައަޅާފައިވާ އިންޖީނު.

އެމްޓީސީސީ ކަށަވަރުގައި ކުރިއަށްދާ ޖުންޖުލާ 2017 ޕްރޮމޯ ގައި އެއްވަނަ އިނާމަކަށް ކަނޑައަޅާފައިވާ އިންޖީނު.

ސުޒުކީ އިންޖީނާއި ޔަންމާ އަޑީތެޔޮ އަދި ސްޕެއާ ޕާޓްސް ތަކުން ހާއްސަ ޑިސްކައުންޓްތައް މި ޕްރޮމޯޝަންގައި ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ. ސުޒުކީ އައުޓްބޯޑް 150، 175، 200، 225 އަދި 250 ހޯސްޕަވަރުގެ އިންޖީނު ވެސް މި ޕްރޮމޯޝަންގައި ހާއްސަ އަގުތަކެއްގައި ލިބެ އެވެ.

މީގެ އިތުރުން ރޯދަ މަހާ ގުޅުވައިގެން "ހިތްފަހި ރޯދަ ހަދިޔާ" ގެ ނަމުގައި ފޭސްބުކްގައި ވެސް އެމްޓީސީސީން ޕްރޮމޯޝަނެއް ކުރިއަށް އެބަގެންދެ އެވެ. މި މަހު 22 އާ ހަމައަށް ހިންގާ މި ޕްރޮމޯޝަނުގެ ދަށުން އެމްޓީސީސީގެ ޕޭޖަށް ލައިކް ކޮށް، ޝެއާކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރިއެއް ހޮވާނެ އެވެ. އިނާމަކަށް ކަނޑައަޅާފައި ވަނީ ދެ މީހަކަށް ސިންގަޕޫރުގައި ތިން ރޭ ހުރުމާ އެކު ދެކޮޅު ޓިކެޓެވެ.