05 މެއި 2017
އާޓް ގެލެރީގައި އިއްޔެ ފެށި މޯލްޑިވްސް ކޮންސިއުމާ ފެއާ (އެމްސީއެފް)ގައި ހުންނަ ބީއެޗްއެމް ޓްރޭޑާސްގެ ސްޓޯލުން މުދާ ގަންނަ ފަރާތްތަކަށް ބޮޑު ޑިސްކައުންޓެއް ދޭން ފަށައިފި އެވެ.
އާޓް ގެލެރީގައި އިއްޔެ ފެށި މޯލްޑިވްސް ކޮންސިއުމާ ފެއާ (އެމްސީއެފް)ގައި ހުންނަ ބީއެޗްއެމް ޓްރޭޑާސްގެ ސްޓޯލުން މުދާ ގަންނަ ފަރާތްތަކަށް ބޮޑު ޑިސްކައުންޓެއް ދޭން ފަށައިފި އެވެ.
އެމްސީއެފްގެ މައި ސްޕޮންސަރު، ބީއެޗްއެމް އިން ބުނީ އެ ފިހާރައިގެ ސްޓޯލުން ހޯލްސޭލް މުދާ ވަރަށް އަގު ހެޔޮކޮށް ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން މީހުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ބީއެޗްއެމް މަސްދަޅާ، ކުކުޅުމަސް ދަޅުގެ އެކި ބާވަތް، އަދި ކޯސްޓް ކިރު ކަހަލަ އާންމު ކާބޯތަކެތިން އެ ސްޓޯލުން ފަސް ޕަސެންޓާ އި50 ޕަސަންޓާ ހަމަޔަށް ޑިސްކައުޓްތައް ލިބޭނެ ކަމަށް އެ ފިހާރައިން ބުންޏެވެ.
މޯލްޑިވްސް ކޮންސިއުމާ ފެއާ 2017 ގައި ހުންނަ ބީއެޗްއެމް ޓްރޭޑާސްގެ ސްޓޯލް --މިހާރު ފޮޓޯ: ހުސެއިން ވަހީދު
ރާއްޖެއަށް ގިނަ އަދަދެއްގެ ކާބޯތަކެތި އެތެރެކޮށް ވިއްކާ ބީއެޗްއެމުން ބުނީ އެ ފިހާރައިން ހޯލްސޭލްކޮށް ވިއްކާ ހުރިހާ ވައްތަރެއްގެ މުދާ އެ ސްޓޯލުން ލިބެން ހުންނާނެ ކަމަށެވެ.
ކޮންމެ ރޯދަ މަހަކާ ގުޅިގެން ބާއްވާ މޯލްޑިވްސް ކޮންސިއުމާ ފެއާ ފެށީ އިއްޔެ އެވެ. ހެޔޮ އަގުގައި މުދާ ގަނެ، ޕްރޮޑަކްޓްސް ބެލުމާއި ސާމްޕަލް ތަޖުރިބާކުރުމުގެ ފުރުސަތު ވެސް ދޭ ގޮތަށް ހަމަޖެހިފައިވެ އެވެ. އަދި އަގުހުރި އިނާމުތައް ހިމަނައިގެން ފެއާގައި ކުރިއަށްދާ ޕްރޮމޯޝަނުގައި ކޮންމެ ގަޑިއަކު ނަސީބުވެރިޔަކު ވެސް ހޮވާނެ އެވެ.
އެ ފެއާއަކީ ބްލަކް އިން އިންތިޒާމްކޮށްގެން އިކޮނޮމިކް މިނިސްޓްރީ އާއި ވިޔަފާރިވެރިންގެ ޖަމިއްޔާ ގުޅިގެން ބާއްވާ ފެއާއެެކެވެ. އެމްސީއެފްގައި އިލެކްޓްރޯނިކްސް، ކާބޯތަކެތި، އަދި ފެޝަނާ ލައިފްސްޓައިލާ ގުޅޭ އެކި ވިޔަފާރި ކުރާ ފަރާތްތަކުން ބައިވެރިވެ އެވެ.
ބޮޑެތި އިނާމުތަކާއެކު ރީފްސައިޑްގެ ޕްރޮމޯޝަން ފަށައިފި
އެމްޓީސީސީ "ޖުންޖުލާ" ފަށައިފި؛ އިނާމަކީ އިންޖީނެއް
އޭއެޗް ބްރަދާސްގެ ޕްރޮމޯޝަނުން ދުބާއީ ދަތުރެއް
އަލޯރާ އިން ވިޔަފާރިކޮށްގެން އައިފޯނެއް
ރެޑްވޭވް ޕްރޮމޯޝަންގައި ލަންޒާ ބްރޭންޑަށް ޑިމާންޑު ބޮޑު
ވެލިގާ ހާޑްވެއާގެ ރޯދަ ޕްރޮމޯޝަން ފަށައިފި
ރެފްކޫލް އިން ރޯދަމަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
ގަންނަ މާޓުން ރޯދައަށް ހާއްސަ ޕްރޮމޯޝަނެއް
"އެސްޓީއޯ ރަމަޒާން ބާޒާރު" ފަށައިފި
ތިން ލައްކަ ރުފިޔާ ލިބޭ ރެޑްވޭވް ރޯދަ ސޭލް ފަށައިފި