Roadha Mihaaru
ތިން ލައްކަ ރުފިޔާ ލިބޭ ރެޑްވޭވް ރޯދަ ސޭލް ފަށައިފި

ތިން ލައްކަ ރުފިޔާ ލިބޭ ރެޑްވޭވް ރޯދަ ސޭލް ފަށައިފި

01 ފެބުރުއަރީ 2021

ތިންލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި އެހެނިހެން ބޮޑެތި ހަދިޔާ ލިބޭ، ރެޑްވޭވް ރޯދަ ސޭލް މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ތިންލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި އެހެނިހެން ބޮޑެތި ހަދިޔާ ލިބޭ، ރެޑްވޭވް ރޯދަ ސޭލް މިއަދު ފަށައިފި އެވެ.

މިއީ ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާ ދިމާކޮށް ރެޑްވޭވުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި އަހަރުގެ ޕްރޮމޯޝަން ކުރިއަށްދާނީ ރޯދަ މަހުގެ ނިޔަލަށެވެ.

ރެޑްވޭވުން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ރޯދަ ސޭލަށް ތަފާތު އެކި ބާވަތްތަކުގެ މުދާ ތައާރަފްކޮށްފައި ވާނެ ކަމަށެވެ. އަދި މިގޮތަށް ތައާރަފު ކުރާ ތަކެތި ކަސްޓަމަރުންގެ އެދޭ ގޮތަށް ހެޔޮ އަގެއްގައި ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން ބުންޏެވެ.

ރެޑްވޭވް ފިހާރައަކުން މީހަކު ވިޔަފާރި ކުރަނީ--

ރެޑްވޭވް ފިހާރައަކުން މީހަކު ވިޔަފާރި ކުރަނީ--

މި ސޭލްގެ ދަށުން ރެޑްވޭވްގެ ފިހާރަތަކުން 500ރ. އިން މަތީގެ ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ލިބޭނެ އެވެ. ކޫޕަން ފުރާ މީހުންގެ ތެރެއިން އެއްވަނައަށް ހޮވޭ މީހަކަށް ތިން ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފަ އެވެ. އަދި އިތުރު ފަސް މީހަކަށް 10،000ރ. ގެ ފައިސާގެ އިނާމު ލިބޭނެ އެވެ.

މީގެ އިތުރުން ގުރުއަތުން ހޮވޭ އިތުރު 20 މީހަކަށް ސޯފާ ސެޓާއި އިލެކްޓްރޯނިކްސް ސާމާނު ހިމެނޭހެން އަގުހުރި އިނާމުތައް ލިބޭނެ އެވެ.

ރެޑްވޭވްއިން އަންނަނީ ރޯދަ ސޭލާ ދިމާކޮށް ގެއަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ލިބެން ހުންނަ ޝޯރޫމެއް ހުޅުވުމަށް ވެސް ތައްޔާރުވަމުންނެވެ. މި ޝޯރޫމުން އިލެކްޓްރޯނިކްސް އާއި ފަރުނީޗަރާއި ބަދިގެ ސާމާނު އަދި ގޭތެރެއަށް ބޭނުންވާ ސާމާނުގެ އެތައް ބާވަތެއް ލިބިގެންދާނެ ކަމަށް އެ ފިހާރައިން ބުންޏެވެ.