Roadha Mihaaru
ރެޑްވޭވް ޕްރޮމޯޝަންގައި ލަންޒާ ބްރޭންޑަށް ޑިމާންޑު ބޮޑު

ރެޑްވޭވް ރޯދަ ޕްރޮމޯޝަންގައި ލަންޒާ ބްރޭންޑަށް ޑިމާންޑު ބޮޑު

04 މެއި 2017

ފައިސާގެ ބޮޑެތި އިނާމްތައް ލިބޭ ރެޑްވޭވް ރޯދަ ޕްރޮމޯޝަން ފަށައިގެން ކުރިއަށް ދާއިރު ލަންޒާ ބްރޭންޑުގެ އުފެއްދުންތަކަށް ޑިމާންޑް ބޮޑު ކަމަށް އެ ފިހާރައިން ބުނެފި އެވެ.

ޖާދުﷲ ތައުފީގް ޖާދުﷲ ތައުފީގް

ފައިސާގެ ބޮޑެތި އިނާމްތައް ލިބޭ ރެޑްވޭވް ރޯދަ ޕްރޮމޯޝަން ފަށައިގެން ކުރިއަށް ދާއިރު ލަންޒާ ބްރޭންޑުގެ އުފެއްދުންތަކަށް ޑިމާންޑް ބޮޑު ކަމަށް އެ ފިހާރައިން ބުނެފި އެވެ.

ޕްރޮމޯޝަނަށް ހާއްސަކޮށް ރެޑްވޭވުން މިފަހަރު ވިއްކާ ލަންޒާ ބްރޭންޑް ބަދިގޭ ސާމާނުގެ ތެރޭގައި އަވަން، ރައިސް ކުކާ އަދި ގޭސް ކުކާ އަށް ޑިމާންޑު ބޮޑެވެ. އަދި މި ބްރޭންޑުގެ، ފެން ކައްކާ ކުރަ އާއި އެއާ ޕޮޓާއި އެއާ ފްރަޔާ އަދި ޓޯސްޓާ އެ ފިހާރައިން ލިބޭނެ އެވެ.

އަންނަ މަހުގެ 26 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ކޮންމެ 300ރ.ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. މި ކޫޕަންތައް ހުށަހަޅާ މީހުންގެ މެދުގައި ގުރުއަތު ލައިގެން އެއް ވަނައަށް ހޮވޭ މީހަކަށް 100،000ރ. ލިބޭނެ އެވެ. އަދި ދެވަނަ އިނާމަކަށް 50،000ރ. ލިބޭއިރު، އިތުރު ފަސް ނަސީބުވެރިޔަކަށް 10،000ރ. ލިބޭނެ އެވެ.

ރެޑްވޭވް ރޯދަ ޕްރޮމޯޝަނަށް ހާއްސަކޮށްފައިވާ ލަންޒާ ބްރޭންޑުގެ ބައެއް ސާމާނު

ރެޑްވޭވް ރޯދަ ޕްރޮމޯޝަނަށް ހާއްސަކޮށްފައިވާ ލަންޒާ ބްރޭންޑުގެ ބައެއް ސާމާނު

މާލޭގައި ހުރި ރެޑްވޭވްގެ ފަސް ފިހާރައިންނާ ހުޅުމާލޭގައި ހުންނަ ރެޑްވޭވް މޯލް އިން ވިޔަފާރިކޮށްގެން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

އެ ފިހާރައިން ބުނީ ޕްރޮމޯޝަންގައި 30-75 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށާއި ޕްރޮމޯޝަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށެވެ.