Roadha Mihaaru
ފަހާމާސްގެ ރޯދަ ސޭލްގައި ވަރަށް އަގު ހެޔޮ

ފަހާމާސްގެ ރޯދަ ސޭލްގައި ފެންވަރު ރަނގަޅު މުދާ އަގުގައި

03 މެއި 2017

ފަހާމާސް އިން ރޯދަމަހަށް ހާއްސަކޮށް، ބޮޑެތި ޑިސްކައުންޓްތަކާ އެކު "ރަމަޒާން ބިގް ސޭލް" ފަށައިގެން ކުރިއަށް އެބަ ގެންދެ އެވެ.

ޖާދުﷲ ތައުފީގް ޖާދުﷲ ތައުފީގް

ފަހާމާސް އިން ރޯދަމަހަށް ހާއްސަކޮށް، ބޮޑެތި ޑިސްކައުންޓްތަކާ އެކު "ރަމަޒާން ބިގް ސޭލް" ފަށައިގެން ކުރިއަށް އެބަ ގެންދެ އެވެ.

މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި 10-60 ޕަސެންޓް ހަމަޔަށް ޑިސްކައުންޓް ލިބޭނެ އެވެ.

މި ޕްރޮމޯޝަންގައި ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް 10-100 ރުފިޔާގެ ވައުޗަރު ލިބޭނެ އެވެ. އަދި "ލަކީ ވީލް ގޭމް" ގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތުގައި ހޮވޭ ނަސީބުވެރިންނަށް އިތުރު ޑިސްކައުޓް ލިބޭނެ އެވެ.

ފަހާމާސް އިން ބުނީ މެލޭޝިއާގެ "ކިންދް މިސްޓްރެލް" ބްރޭންޑްގެ ބަދިގޭ ސާމާނު ރޯދައަށް ހާއްސަކޮށް ގެނެސް ވިއްކަމުން އަންނަ ކަމަށެވެ. އެތަނުން ބުނީ ފެންވަރު ރަނގަޅު ގޭސް ކުކަރާއި ރައިސް ކުކަރު އަދި އަވަން ވެސް ޕްރޮމޯޝަންގައި އަގު ހެޔޮކޮށް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ފަންކާ، ހާޑްވެއާ ސާމާނު އަދި އެކި ބާވަތުގެ ހޯމް އެޕްލަޔަންސާއި އަލަށް ތައާރަފްކުރާ "ލައްޕާލެވޭ މޭޒެއް" ވެސް މި ޕްރޮމޯޝަނުގައި އަންނަނީ ވިއްކަމުންނެވެ.