Roadha Mihaaru
އޭސްހާޑްވެއާ، ކަލަ ބޭންކުން އިނާމަކަށް 300000ރ.

އޭސް ހާޑްވެއާ އާއި ކަލަ ބޭންކުގެ ރޯދަ ޕްރޮމޯޝަނުގައި 300،000ރ. ގެ ފައިސާގެ އިނާމު

18 މެއި 2017

އޭސް ހާޑްވެއާ އާއި ކަލަ ބޭންކުން ރޯދަމަހަށް ހާއްސަކޮށް މިފަހަރު ކުރިއަށް ގެންދަނީ 300ރ.ގެ ވިޔަފާރި ކޮށްގެން ތިން ލައްކަ ރުފިޔާ ލިބުމުގެ ފުރުސަތު އޮތް ޕްރޮމޯޝަނެކެވެ.

އޭސް ހާޑްވެއާ އާއި ކަލަ ބޭންކުން ރޯދަމަހަށް ހާއްސަކޮށް މިފަހަރު ކުރިއަށް ގެންދަނީ 300ރ.ގެ ވިޔަފާރި ކޮށްގެން ތިން ލައްކަ ރުފިޔާ ލިބުމުގެ ފުރުސަތު އޮތް ޕްރޮމޯޝަނެކެވެ.

"އެންމެ ސަޅި ރޯދަ ސޭލް" ގެ ނަމުގައި ޖޫން މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އެ ދެ ފިހާރައިން ވިޔަފާރިކުރުމުން ދޭ ކޫޕަން ހުށަހަޅައިގެންނެވެ.

އޭސް ހާޑްވެއާގައި އެކި ބްރޭންޑްތަކުގެ ހާޑްވެއާ އަދި ހޯމް އިމްޕްރޫވްމަންޓް ޕްރޮޑަކްޓްސް ހުންނަ އިރު، އޭގެ ތެރެއިން ރޯދަ މަހަށް އެންމެ ބޭނުންވާ ސާމާނުން 90 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

ރޯދަ މަހަށް ހާއްސަ ޕްރޮމޯޝަންތައް ފޭސްބުކާއި އިންސްޓާގްރާމްގައި ވެސް ކުރިއަށްދާނެ ކަމަށް އެ ދެ ފިހާރަ ހިންގާ ކޯ ލޯޑް މޯލްޑިވްސް އިން ބުންޏެވެ. ސޯޝަލް މީޑިއާގެ ޕްރޮމޯޝަންތަކުގެ ބައިވެރިންނަށް އަގުހުރި އެކި އިނާމުތައް ވަނީ ހަމަޖައްސާފަ އެވެ. ހާއްސަ އިނާމުތަކުގެ ތެރޭ އެމެރިކާގެ ބްރޭންޑެއް ކަމަށްވާ "ހެމިލްޓަން ބީޗް" ގެ އަގުބޮޑު ސާމާނު ހިމެނެ އެވެ.

އޭސް ހާޑްވެއާ: ދިވެހިންގެ މެދުގައި މިހާރު މަގުބޫލު

އޭސް ހާޑްވެއާ: ދިވެހިންގެ މެދުގައި މިހާރު މަގުބޫލު

ކަލަ ބޭންކަކީ 1994 ވަނަ އަހަރުން ފެށިގެން، ފެންވަރު ރަނގަޅު ބްރޭންޑްތަކުގެ ކުލަ އާއި ދަވާދު ރާއްޖެއަށް އެތެރެކުރާ ކުންފުންޏެވެ. އޭސް އިންޓަނޭޝަނަލްއާ ގުޅިގެން ކޯ ލޯޑް އިން 2011 ވަނަ އަހަރު ހުޅުވި އޭސް ހާޑްވެއާ ވަނީ ދިވެހިންގެ މަގުބޫލުކަން ހޯދައިފަ އެވެ.