Roadha Mihaaru
އެންމެންގެ ރޯދަ ސޭލްގެ ހަތަރުވަނަ ނަސީބުވެރިޔާ ހޮވައިފި

އޭސް ހާޑްވެއާ އާއި ކަލަބޭންކުގެ ރޯދަ ސޭލްގެ ހަތަރުވަނަ ނަސީބުވެރިޔާ ހޮވައިފި

14 އެޕްރީލް 2020

އޭސް ހާޑްވެއާ އާއި ކަލަ ބޭންކުން މި ރޯދަ މަހާ ދިމާކޮށް ކުރިއަށް ގެންދާ "އެންމެންގެ ރޯދަ ސޭލް" ގެ ހަތަރުވަނަ ނަސީބުވެރިޔާ ހޮވައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އޭސް ހާޑްވެއާ އާއި ކަލަ ބޭންކުން މި ރޯދަ މަހާ ދިމާކޮށް ކުރިއަށް ގެންދާ "އެންމެންގެ ރޯދަ ސޭލް" ގެ ހަތަރުވަނަ ނަސީބުވެރިޔާ ހޮވައިފި އެވެ.

މި ޕްރޮމޯޝަންގެ ހަތަރުވަނަ ނަސީބުވެރިއަކީ ހ. މޫންބީމް، އައިޝަތު ޝިފާނާ އެވެ.

އޭސް ހާޑްވެއާ އާއި ކަލަ ބޭންކުގެ ފިހާރަތަކުން ވިޔަފާރިކުރާ މީހުންގެ މެދުގައި ކޮންމެ 10 ދުވަހަކުން ގުރުއަތު ނަގަ އެވެ. މި ގުރުއަތުން ހޮވޭ މީހަކަށް 20،000ރ. ގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމައިފަ އެވެ.

ޕްރޮމޯޝަންގައި ބައިވެރިވެވޭނީ 300ރ. އަށް ވުރެ މަތިން ވިޔަފާރި ކުރުމުންނެވެ. އޭސް ހާޑްވެއާ އާއި ކަލަ ބޭންކުގެ ފަސް ފިހާރަ އިން 300ރ. އަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ.

މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. ޕްރޮމޯޝަންގެ ދުވަސްތަކުގައި އޭސް ހާޑްވެއާގެ ފޭސްބުކް ޕޭޖްގައި ވެސް ޚާއްސަ މުބާރާތްތަކެއް ވެސް ކުރިއަށް ގެންދާނެ އެވެ. މި މުބާރާތް ކާމިޔާބު ކުރާ މީހުންނަށް އަގު ހުރި އިނާމްތަކެއް ލިބޭނެ ކަމަށް އޭސް ހާޑްވެއާ އިން ބުނެ އެވެ. އަދި ކަލަ ބޭންކްގެ ފޭސްބުކް ޕޭޖްގައި ހިންގާ ކޮންޓެސްޓް ކާމިޔާބު ކުރާ މީހަކަށް ވެސް އަގުހުރި އިނާމްތަކެއް ލިބޭނެ އެވެ.

އޭސް ހާޑްވެއާ އާއި ކަލަ ބޭންކް ހިންގަނީ ކޯ-ލޯޑް މޯލްޑިވްސް އިންނެވެ. ކަލަ ބޭންކް ހިންގަން ފެށީ މީގެ 26 އަހަރު ކުރިން 1994 ވަނަ އަހަރު އެވެ. އޭސް ހާޑްވެއާ ހިންގަން ފެށީ 2011 ވަނަ އަހަރު އެވެ. އޭސް ހާޑްވެއާ އަކީ އެމެރިކާގެ ޝިކާގޯގައި ހުންނަ އޭސް އިންޓަނޭޝަނަލްއާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގާ ވިޔަފާރި އެކެވެ.