09 ޖުލައި 2018
ކަލަ ބޭންކުން ދެ ފާޓާ ކުލަ އާއި ދެ ދަޅު ދަވާދު ގަނެގެން މީހަކަށް ތިން ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ލިބިއްޖެ އެވެ.
ކަލަ ބޭންކުން ދެ ފާޓާ ކުލަ އާއި ދެ ދަޅު ދަވާދު ގަނެގެން މީހަކަށް ތިން ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ލިބިއްޖެ އެވެ.
ރޯދަ މަހާ ދިމާކޮށް ކަލަ ބޭންކް އަދި އޭސް ހާޑްވެއާ ގުޅިގެން ހިންގި "ޝޮޕް އެންޑް ސޭވް" ޕްރޮމޯޝަންގެ ގުރުއަތު ނަގާފައިވަނީ މިދިޔަ މަހު އެވެ. އެ ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ ހުސެއިން ރަޝީދެވެ.
ވަޑާމުގެ މަސައްކަތް ކުރަމުން އަންނަ ރަޝީދު ބުނީ، އޭނާ ކަލަ ބޭންކުން ވިޔަފާރި ކުރީ ސީދާ އިނާމު ހޯދާކަށް ނޫނެވެ. ނަމަވެސް އުއްމީދުނުކޮށް ހުއްޓައި އެފަދަ ބޮޑު އިނާމެއް ލިބުމުން ވަރަށް އުފާވާ ކަމަށް އޭނާ ބުންޏެވެ.
ފޭސްބުކްގައި އޭސް ހާޑްވެއާ އިން ހިންގި "ލައިކް އެންޑް ކޮމެންޓް" މުބާރާތުގެ ގުރުއަތުން ހޮވުނު ޝިޒްނީގެ ބަދަލުގައި އޭނާގެ ކޮއްކޮ (ކ)، އިނާމާއި ހަވާލުވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
އެ ފައިސާއިން އޭނާ ކުރާނެ ވަކި ކަމެއް އަދި ނުނިންމަ އެވެ.
ދެ ފިހާރަ ގުޅިގެން ހިންގި އެ ޕްރޮމޯޝަންގައި 300ރ. އަށް ވުރެ މަތިން ކުރި ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދީފައި ވެ އެވެ.
އޭނާއަށް އެ ފައިސާގެ އިނާމު ހަވާލުކޮށްދިނީ، ރޯދަ މަހާ ދިމާކޮށް ހިންގި އެހެން ޕްރޮމޯޝަންތަކުގެ ވެސް ނަސީބުވެރިންނަށް އިނާމު ދިނުމަށް ސޯލްޓް ރެސްޓޯރެންޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ.
މޭކްއޯވާ ވިތް އޭސް ފޮޓޯ މުބާރާތުގައި ބައިވެރިވެ އެންމެ ގިނަ ލައިކްސް ހޯދި ސަމިއްޔާއަށް، ކޯ- ލޯޑް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ޓްރޭޑް ހާނީ ބާބަކިއު ޑްރިލެއް ހަދިޔާކުރައްވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
ފޭސްބުކްގައި އޭސް ހާޑްވެއާ އިން ހިންގި "ލައިކް އެންޑް ކޮމެންޓް" މުބާރާތުގެ ނަސީބުވެރިއަކަށް ހޮވުނީ ޝިޒްނީ ހަލީމެވެ. އޭނާ އަށް ލިބުނީ ދެ މީހަކާއެކު މެލޭޝިޔާއަށް ދިއުމުގެ ދެކޮޅު ޓިކެޓެވެ.
ރޯދަ މަހު އޭސް ހާޑްވެއާ އިން ވިޔަފާރިކޮށްގެން ހޯދާފައިވާ ތަކެތި ބޭނުންކޮށްގެން ކައްކައި ކާ މޭޒުގެ ފޮޓޯއެއް އަޕްލޯޑްކޮށްގެން އެންމެ ގިނަ ލައިކްސް ހޯދާފައިވާ ފާތިމަތު ހުލައިލާ އަށް ވަނީ ރައިސް ކުކަރެއް ދީފަ އެވެ.
އޭސް ހާޑްވެއާ ފިހާރައިން ގަނެފައިވާ ތަކެތި ބޭނުންކޮށްގެން ކައްކައި، ފޮޓޯ އަޕްލޯޑްކޮށްގެން އެންމެ ގިނަ ލައިކްސް ހޯދި ހުލައިލާއަށް، ކޯ- ލޯޑް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ޓްރޭޑް ހާނީ ރައިސް ކުކަރެއް ހަދިޔާކުރައްވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
މޭކްއޯވާ ވިތް އޭސް ފޮޓޯ މުބާރާތުގައި ބައިވެރިވެ އެންމެ ގިނަ ލައިކްސް ހޯދާފައިވަނީ ސަމިއްޔާ މުހައްމަދެވެ. އޭނާއަށް ވަނީ 2،999ރ. ގެ އަގުހުރި ބާބަކިއު ގްރިލް އެއް ދީފަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޯ-ލޯޑް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ޓްރޭޑް މުހައްމަދު ހާނީ ވިދާޅުވީ ރޯދަ މަހާ ދިމާކޮށް ހިންގި ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ވަރަށް ރަނގަޅު ތަރުހީބެއް ލިބުނެވެ. އެ ޕްރޮމޯޝަން މެދުވެރިކޮށް ކޮލިޓީ ރަނގަޅު މުދާ، ހެޔޮ އަގެއްގައި ފޯރުކޮށްދެވިފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އޭސް ހާޑްވެއާ އާއި ކަލާ ބޭންކަކީ ކޯ- ލޯޑް މޯލްޑިވްސްގެ ދަށުން ހިންގާ ދެ ފިހާރަ އެވެ. އަދި އޭސް ހާޑްވެއާ އަކީ، އޭސް އިންޓަނޭޝަނަލްގެ ފްރެންޗައިސް އެގްރިމެންޓެއްގެ ދަށުން ސާކް ރީޖަންގައި ހުޅުވި ފުރަތަމަ އެ ބްރޭންޑްގެ ފިހާރަ އެވެ.
އެންމެންގެ ރޯދަ ސޭލްގެ ހަތަރުވަނަ ނަސީބުވެރިޔާ ހޮވައިފި
އޭސް ހާޑްވެއާގެ ދެވަނަ ނަސީބުވެރިޔާ ހޮވައިފި
"އެންމެންގެ ރޯދަ ސޭލް" ގެ ފަސް ވަނަ ސައިކަލް ދީފި
އޭސްހާޑުވެއާގެ ރޯދަސޭލްގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި
އެންމެންގެ ރޯދަ ސޭލް އޭސް ހާޑްވެއާ އާއި ކަލަބޭންކުގައި
އޭސް ހާޑްވެއާގެ ބޮޑު ޕްރޮމޯޝަން ނިމެނީ، އަވަސް ކުރޭ
އޭސް ހާޑްވެއާ އަދި ކަލަ ބޭންކްގެ "ރޯދަ ބަދަލު"
"އެންމެ ސަޅި ރޯދަ ސޭލް"ގެ ނަސީބުވެރިޔާ ހޮވައިފި
އޭސް ހާޑްވެއާގެ ރޯދަ ސޭލްގެ މުއްދަތު އިތުރުކޮށްފި
އޭސް ހާޑްވެއާ/ކަލަ ބޭންކުގެ ރޯދަ ޕްރޮމޯޝަން ފަށައިފި