Roadha Mihaaru
ވެލިގާ ހާޑްވެއާގެ ރޯދަ ޕްރޮމޯޝަން ފަށައިފި

ވެލިގާ ހާޑްވެއާގެ ރޯދަ ޕްރޮމޯޝަން ފަށައިފި

02 މެއި 2017

ވެލިގާ ހާޑްވެއާ އިން އަގު ހުރި އިނާމުތަކާ އެކު، މި އަހަރުގެ ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ.

ޖާދުﷲ ތައުފީގް ޖާދުﷲ ތައުފީގް

ވެލިގާ ހާޑްވެއާ އިން އަގު ހުރި އިނާމުތަކާ އެކު، މި އަހަރުގެ ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ.

މި ޕްރޮމޯޝަނުގައި ދޫކުރާ ކޫޕަން ލިބޭ މީހުންގެ ތެރެއިން ތިން މީހަކަށް ޖުމްލަ 35،000ރ ގެ އަގުހުރި ވައުޗާ ލިބޭނެ ކަމަށް ވެލިގާ ހާޑްވެއާ އިން ބުންޏެވެ.

ގުރުލައިގެން އެއްވަނަ އަށް ހޮވޭ މީހަކަށް 20،000ރ ގެ ވައުޗާއެއް ލިބޭނެ އެވެ. އަދި ދެވަނަ އަށް ހޮވޭ މީހަކަށް 10،000ރ ވައުޗާއެއް، ތިން ވަނަ އަށް 5،000ރ ގެ ވައުޗާއެއް ލިބޭނެ ކަމަށް ވެލިގާ އިން ބުންޏެވެ.

ވެލިގާ ހާޑްވެއާ ފިހާރަ: ކުރިއަށް އޮތް ރޯދަމަހަށް ޚާއްސަ ޕްރޮމޯޝަނެއް ވަނީ ފަށާފައި.---މިހާރު ފޮޓޯ

ވެލިގާ ހާޑްވެއާ ފިހާރަ: ކުރިއަށް އޮތް ރޯދަމަހަށް ޚާއްސަ ޕްރޮމޯޝަނެއް ވަނީ ފަށާފައި.---މިހާރު ފޮޓޯ

"ސަތޭކަ ރުފިޔާ އިން މައްޗައް ކުރާ ކޮންމެ ވިޔަފާރި އަކަށް ކޫޕަނެއް ލިބޭނެ. ކޮންމެ ހަފުތާއެއްގައި ނަސީބުވެރިއެއް ހޮވާނަން. ހަފުތާގެ ނަސީބުވެރިޔާ އަށް ލިބޭނީ 500 ރުފިޔާގެ ވައުޗާއެއް. ބޮޑު އަގުގެ ތިން ވައުޗާ ލިބޭނީ މުޅި ޕްރޮމޯޝަންގެ ހުރިހާ ބައިވެރިން މެދު ގުރުލައިގެން،" ވެލިގާގެ ހާޑްވެއާގެ އޮފިޝަލަކު ވިދާޅުވި އެވެ.

އަންނަ މަހުގެ 10 ގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި، ތަންތަން ސާފުކުރުމަށް ބޭނުންވާ ސާމާނާއި ފަންކާ އާއި ލައިޓާއި ކުލަ އަދި ބަދިގެ ސާމާނުން 25 ޕަސަންޓުގެ ޑިސްކައުންޓް ލިބޭނެ ކަމަށް ވެލިގާ އިން ބުނެ އެވެ. މަޝްހޫރު ހާޑްވެއާ ބްރޭންޑް ތަކުގެ އުފެއްދުންތައް އެތެރެ ކުރާ ވެލިގާ ހާޑްވެއާ އަކީ އާންމުންގެ އިތުބާރު ހޯދާފައިވާ ވިޔަފާރިއެކެވެ. އަދި ހާޑްވެއާގެ ވިޔަފާރީގެ ކުރީ ސަފުގައި ފާހަގަ ކޮށްލެވޭ ތަނެކެވެ.