Roadha Mihaaru
ޓެޕްކޮން ޕްރޮމޯޝަނުގައި ޖުމްލަ 25،000ރ ގެ އިނާމު

ޓެޕްކޮން ރޯދަ ޕްރޮމޯޝަނުގައި ޖުމްލަ 25،000ރ. ގެ އިނާމު ފަސް ނަސީބުވެރިންނަށް ދީފި

29 މެއި 2017

ޓެޕްކޮން ހާޑްވެއާ އިން ރޯދަ މަހަށް ހާއްސަކޮށްގެން ހިންގި ޕްރޮމޯޝަން ނިމި، އެންމެ ފަހު ހަފްތާގެ ނަސީބުވެރިޔާއަށް 5،000ރ. ގެ ފައިސާގެ އިނާމު ހަވާލުކޮށްފި އެވެ.

ޖާދުﷲ ތައުފީގް ޖާދުﷲ ތައުފީގް

ޓެޕްކޮން ހާޑްވެއާ އިން ރޯދަ މަހަށް ހާއްސަކޮށްގެން ހިންގި ޕްރޮމޯޝަން ނިމި، އެންމެ ފަހު ހަފްތާގެ ނަސީބުވެރިޔާއަށް 5،000ރ. ގެ ފައިސާގެ އިނާމު ހަވާލުކޮށްފި އެވެ.

ފަސް ހަފްތާއަށް ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު ވިދިވިދިގެން އެއް ނަސީބުވެރިއެއް ހޮވައި ޖުމްލަ 25،000ރ. ގެ އިނާމު ހަވާލުކޮށްފައިވެ އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހާޑްވެއާގެ ސާމާނު ވިއްކާ ޓެޕްކޮން އިން ހިންގި ޕްރޮމޯޝަނުގައި 1،000ރ. އަށްވުރެ މަތިން ވިޔަފާރި ކުރި ކޮންމެ މީހަކަށް ބައިވެރިވުމުގެ ފުރުސަތު ދިނެވެ. އަދި ނަސީބުވެރިން ހޮވަފައި ވަނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ރެއެއްގަ އެވެ.

ޓެޕްކޮން އިން ހިންގާ ތިން ފިހާރައިން ގެދޮރު އިމާރާތްކުރަން ބޭނުންކުރާ ގިނަ އަދަދެއްގެ ސާމާނާއި ގޭތެރެއަށް ބޭނުންވާ ސާމާނު ވެސް ފުޅާ ދާއިރާއެއްގައި ވިއްކަ އެވެ.