Roadha Mihaaru
މޯލްޑިވްސް ވޭވްގެ ބޮޑު ގިވްއަވޭ މިރޭ 10 ގައި

މޯލްޑިވްސް ވޭވްގެ ބޮޑު ގިވްއަވޭ މިރޭ 10:00 ގައި

03 ޖެނުއަރީ 2021

އަތުކުރީ ގަޑީގެ ދިވެހި ބްރޭންޑެއް ކަމަށްވާ "މޯލްޑިވްސް ވޭވް" އިން އަގުހުރި އިނާމުތަކެއް ދޭ ގިވްއަވޭގެ ގުރުއަތު ނެގުން މިރޭ ބާއްވަން ތައްޔާރުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އަތުކުރީ ގަޑީގެ ދިވެހި ބްރޭންޑެއް ކަމަށްވާ "މޯލްޑިވްސް ވޭވް" އިން އަގުހުރި އިނާމުތަކެއް ދޭ ގިވްއަވޭގެ ގުރުއަތު ނެގުން މިރޭ ބާއްވަން ތައްޔާރުވެއްޖެ އެވެ.

ގުރުއަތު ނެގުން އޮންނާނީ މިރޭ 10:00 ގަ އެވެ. އެ ކުންފުނީގެ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުންނާއި ޓީވީއެމުން މި އިވެންޓް ލައިވްކުރާނެ އެވެ.

މިއީ އެ ކުންފުންޏަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެން ދިޔަ ގިވްއަވޭ އެކެވެ.

މޯލްޑިވްސް ވޭވް ގިވްއަވޭ އަކީ މިދިޔަ ޑިސެމްބަރު މަހު ސޯޝަލް މީޑިއާގައި އެންމެ މަގުބޫލު ގިވް އަވޭ އެވެ. މި ގިވް އަވޭގައި ބައިވެރިވުމަށް މޯލްޑިވްސް ވޭވްގެ އިންސްޓަގްރާމް ޕޯސްޓަށް 18،000 އަށް ވުރެ ގިނަ މީހުން ލައިކް ދީފައިވާއިރު 62،000 އަށް ވުރެ ގިނަ ކޮމެންޓް ވަނީ ލިބިފަ އެވެ.

މޯލްޑިވްސް ވޭވްގެ ގަޑިތަކެއް: މިއީ ރާއްޖޭގެ އުފެއްދުމެއް-- ފޮޓޯ: މޯލްޑިވްސް ވޭވް

މޯލްޑިވްސް ވޭވްގެ ގަޑިތަކެއް: މިއީ ރާއްޖޭގެ އުފެއްދުމެއް-- ފޮޓޯ: މޯލްޑިވްސް ވޭވް

މި ގިވްއަވޭގައި މޯލްޑިވް ވޭވް އިން ވަނީ100،000ރ. ގެ އަގުހުރި އިނާމުތައް ހުށަހަޅައިފަ އެވެ. އެއް ވަނަ އަށް ހޮވޭ މީހަކަށް ޕްލޭސްޓޭޝަން 5 އާއި އައިފޯން 12 އަދި މޯލްޑިވްސް ވޭވްގެ ލިޔެލާ ކަލެކްޝަންގެ ދެ ގަޑިއާއި 7،000ރ. ފައިސާގެ އިނާމް ވަނީ ހުށަހަޅައިފަ އެވެ.

މީގެ އިތުރުން، ދެ ވަނަ އަށް ހޮވޭ މީހަކަށް އެ ކުންފުނީގެ ލަވާސް ޕެކޭޖާއި 5،000ރ. ލިބޭނެ އެވެ. އަދި ތިން ވަނައަށް ހޮވޭ މީހަކަށް ވެލާ ސީރީޒްގެ ނޫ ކުލައިގެ ގަޑިއަކާއި 3،000ރ. ލިބޭނެ އެވެ.

މޯލްޑިވްސް ވޭވްގެ ވެލާ ސީރީޒްގެ ގަޑިތަކެއް-- ފޮޓޯ: މޯލްޑިވްސް ވޭވް

މޯލްޑިވްސް ވޭވްގެ ވެލާ ސީރީޒްގެ ގަޑިތަކެއް-- ފޮޓޯ: މޯލްޑިވްސް ވޭވް

މޯލްޑިވްސް ވޭވްގެ ސީއީއޯ މުހައްމަދު ޒާޖީ އިސްމާއިލް ވިދާޅުވީ ގުރުއަތު ނެގުން ލައިވް ކުރަނީ ދެފުށް ފެންނަގޮތަށް ގިވްއަވޭ ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި މިރޭ ގުރުއަތުން ހޮވޭ ނަސީބުވެރިންނާ އިނާމް ހަވާލު ކުރުމަށް ފަހު އިންސްޓަގްރާމް މެދުވެރިކޮށް ފޮލޯވަރުންނަށް އަންގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިރޭ ބާއްވާ ލައިވް އިވެންޓުގައި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މޯލްޑިވްސް ވޭވްގެ ބްރޭންޑް އެމްބެސެޑަރު ޝަލަބީ އިބްރާހިމްގެ ލަވަތައް ހުށަހަޅާނެ އެވެ. އަދި އެ ކުންފުނީގެ އާ ގަޑި ވެސް މި އިވެންޓުގައި ތައާރަފު ކުރާނެ އެވެ. މި ގަޑިއަކީ މިހާތަނަށް އެ ކުންފުނިން ނެރުނު އެންމެ ލަގްޒަރީ ގަޑިއަށްވާނެ ކަމަށް މޯލްޑިވްސް ވޭވުން ބުންޏެވެ.