Roadha Mihaaru
އެސްޓީއޯ ޕްރޮމޯޝަނުން އެއް އަހަރަަށް ހިލޭ ތަކެތި

ރޮބަޓް ރޯދަ ޕްރޮމޯޝަން: އެސްޓީއޯ ސުޕާމާޓުން އެއް އަހަރަަށް ހިލޭ ތަކެތި

29 މެއި 2017

އެސްޓީއޯ ސުޕާމާޓުން ވިއްކާ ރޮބަޓް ލަންޗަން މީޓަށް ހާއްސަ ރޯދަ ޕްރޮމޮޝަނެއް ފަށައި، ޕްރޮމޯޝަނުގެ އިނާމަކަަށް އެއް އަހަރު ދުވަހަށް އެ ސުޕާމާޓުން ހިލޭ ސާމާނު ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މި ބްރޭންޑްގެ އުފެއްދުމެއް ގަނެގެން 100ރ. އިން މަތީގެ ވިޔަފާރި ކުރާ ކޮންމެ މީހަކަށް ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި ޖޫންގެ ނިޔަލަށް ކުރި އަށް ދާ ޕްރޮމޯޝަނަށް ފަހު ގުރުއަތުލައިގެން ހޮވާ ތިން މީހަކަށް ސުޕާމާޓުން އަހަރު ދުވަހުގެ ހިލޭ ވިޔަފާރި ކުރެވޭނެ އެވެ. އަދި އިތުރު 10 ނަސީބުވެރިއެއް ހޮވައި އަގުހުރި އިނާމުތަކެއް ދޭން ހަމަޖައްސާފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ ސުޕާމާޓާއި އެސްޓީއޯ ސަރަހައްދީ ފިހާރަތަކުގެ އިތުރުން، ވީބީ މާޓް، މެގްނާ މާޓް، އީވްނިންގް މާޓް، ޝޮޕް އެންޑް ސޭލް، އަދި އެމާ ފިހާރަ އިން ރޮބަޓް ލަންޗަން މީޓް ގަނެގެން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ. މިއީ ކޮންމެ ރޯދަ މަހަކު އެސްޓީއޯ އިން ހުޅުވާލާ ފުރުސަތެކެވެ.