09 މެއި 2017
އަންނަ ރޯދަމަހާ ދިމާކޮށް އެސްޓީއޯ އިން ފިޔާ، އަލުވި، ބިސް ގިނަ އަދަދަކަށް ގެނެސް، ހެޔޮ އަގުގައި ވިއްކަން ނިންމައިފި އެވެ.
އަންނަ ރޯދަމަހާ ދިމާކޮށް އެސްޓީއޯ އިން ފިޔާ، އަލުވި، ބިސް ގިނަ އަދަދަކަށް ގެނެސް، ހެޔޮ އަގުގައި ވިއްކަން ނިންމައިފި އެވެ.
"މިހާރު"އާ ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު މިއަދު ވިދާޅުވީ އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ރޯދަމަހަށް ބޭނުންވާ ކާބޯތަކެތި ގިނަ އަދަދަކަށް ގެނެސް ވިހާ ގިނަ ބަޔަކަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރޯދަ އަށް ގެންނަ ފުރަތަމަ ޝިޕްމަންޓް އަންނަ ހޮނިހިރު ރާއްޖެ ގެނެސް ވިއްކަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ފަހަރު ވެސް ފިޔާ، އަލުވި، ބިސް ރޯދަމަހު މެދުނުކެނޑި ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން މިއަންނަނީ. މާލޭގެ އިތުރުން އަތޮޅުތަކުން ވެސް އެ ތަކެތި ލިބެން ހުންނާނެ،" ޝަހީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރޯދަ އަށް ހާއްސަކޮށްގެން ގެންނަ ތަކެތި ވިއްކާނެ އަގުތައް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ. އަދި އެ ތަކެތީގެ އަގުތައް މާކެޓްގައި އެންމެ ރަނގަޅު އަގުތަކަށް ވާނެ ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.
"ރޯދަ މަހަށް ގެންނަ ތަކެތި ވިއްކަން މާލެ އާއި ރީޖަނަލް ޑިސްޓްރިބިއުޓަރުން އުޅޭނެ. އޭގެ އިތުރުން އަތޮޅު ތެރޭގައި ހުރި އެސްޓީއޯގެ ހުރިހާ ފިހާރަތަކުން ވެސް ލިބެން ހުންނާނެ،" އޭނާ ވިދާޅުވި އެވެ.
ޝަހީރު ވިދާޅުވީ އެސްޓީއޯ އިން ރޯދަ އަށް ފިޔާ، އަލުވި އަދި ބިހުގެ އިތުރުން ދަޅުކާނާގެ ބާވަތްތައް ވެސް ގިނަ އަދަދަކަށް ގެނެސް ވިއްކާނެ ކަމަށެވެ.
ރޯދަ މަހާ ދިމާކޮށް އެސްޓީއޯ ސުޕަ މާޓުން ވަނީ އަގު ބޮޑު އިނާމުތަކާއެކު އަގުހެޔޮ ތަކެތި ވިއްކަން ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ.
ރޯދަމަހު ކާބޯތަކެތި ފަސޭހަކަމާ އެކު ލިބޭނެ: އެސްޓީއޯ
އެސްޓީއޯ އިން ރޯދަމަހަށް ފިޔާ ކިލޯއެއް 9ރ. އަށް
އެސްޓީއޯއިން އަނެއްކާ ވެސް ބިހާއި ފިޔާ އަގު ހެޔޮކޮށްފި
ހުރިހާ ކަމެއް ސަރުކާރުގެ ބޮލަށް ޖަހާފައި ފުއްދާ ނުލާ!
އެސްޓީއޯ ޕްރޮމޯޝަނުން އެއް އަހަރަަށް ހިލޭ ތަކެތި
އެސްޓީއޯއިން ފިޔާ ކިލޯއެއް 17ރ. އަށް ވިއްކަނީ
އެސްޓީއޯއިން ފިޔާ، އަލުވި، ބިހުގެ ސްޓޮކް ބާޒާރަށް
އެސްޓީއޯގައި ފިޔާ، އަލުވި ބިސް އިތުރަށް އަގުހެޔޮކޮށްފި
ހިޓާޗީ ޕްރޮޑަކްޓުތަކުގެ ފަހުގެ މޮޑެލްތައް އެސްޓީއޯއަށް
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފްލޯ އަންނަ އަހަރު