14 އެޕްރީލް 2020
އެސްޓީއޯ އިން އަނެއްކާ ވެސް ބިހާއި ފިޔާ އަގު ހެޔޮކޮށްފި އެވެ.
އެސްޓީއޯ އިން އަނެއްކާ ވެސް ބިހާއި ފިޔާ އަގު ހެޔޮކޮށްފި އެވެ.
މިދިޔަ ހަފުތާގައި ވެސް އެސްޓީއޯ އިން މި ތަކެތީގެ އަގު ހެޔޮކުރި އެވެ. މިތަކެއްޗަކީ އާންމުކޮށް ވެސް ކާބޯތަކެތި ތައްޔާރުކުރުމުގައި ގިނައިން ބޭނުންކުރާ ތަކެއްޗެވެ. އަދި ރޯދަ މަހު މިތަކެތި ބޭނުންކުރާ ވަރު ވަރަށް ބޮޑަށް އިތުރުވެ އެވެ. އެސްޓީއޯ އިން މިހާރު ފިޔާ ކިލޯއެއް ވިއްކަނީ 11ރ. އަށެވެ. ބިހެއް 1.50ރ. އަށް އަދި އަލުވި ކިލޯއެއް 12ރ. އަށެވެ.
ކުރިން ފިޔާ ބަސްތާއެއް 325ރ. އަށް ލިބޭ އިރު، މިހާރު ފިޔާ ބަސްތާއެއް ލިބޭނީ 255ރ. އަށެވެ. ވަކި ވަކިން ވިއްކާ ބިހުގެ އަގަށް ބަދަލު ނަޔަސް، ބިސް ކޭހުން 30ރ. ވަނީ ކުޑަކޮށްފަ އެވެ. ކުރިން ބިސް ކޭހެއް 290ރ. ލިބޭ އިރު މިހާރު ބިސް ކޭހެއް ލިބެނީ 260ރ. އަށް ވަނީ ކުޑަކޮށްފަ އެވެ.
އެސްޓީއޯއިން ވިއްކާ އަލުވި ބަސްތާގެ އަގު ހުރީ މިދިޔަ ހަފުތާގައި ވެސް ހުރި އަގުގަ އެވެ. އެގޮތުން އަލުވި ބަސްތާއެއް ލިބެނީ 250ރ. އަށެވެ.
Perishables price revision effective today. pic.twitter.com/p5jLTKKLhP
— STO Supermart (@sto_supermart) April 14, 2020
އެސްޓީއޯ ޓްވީޓް
އެސްޓީއޯ މީގެ ކުރިން ބުނެފައިވަނީ ސުޕަމާޓުން ފިޔާ އާއި އަލުވި ވިއްކާނީ މީހަކަށް ބަސްތާއެއް ކަމަށެވެ. ބިސް ވެސް ވިއްކާނީ މީހަކަށް ކޭހެކެވެ. އެއަށްވުރެ ގިނައިން ގަންނަ ދާއިމީ ކަސްޓަމަރުންނަށް ގުދަނުން މިތަކެތި ދޫކުރާނެ އެވެ.
ކޮވިޑް-19 އާ ހެދި ވިޔަފާރިތަކަށް ބޮޑެތި ހުރަސްތައް ކުރިމަތިވެ ރާއްޖޭން ވެސް ބައެއް ބާވަތްތައް ލިބުން ވަނީ ދަތިވެފަ އެވެ. މިއާ އެކު ބާޒާރުގައި ތަކެތީގެ އަގު އުފުލެން ފެށުމާ އެކު ސަރުކާރުން އެކަން ކޮންޓްރޯލު ކުރުމަށް ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. އެގޮތުން ފިޔާ އަދި އަލުވި ކިލޯއެއް އެންމެ އަގު ބޮޑުކޮށް ވެސް ވިއްކޭނީ 20ރ. އަށެވެ. އަދި ބިހެއް 1.80ރ. އަށްވުރެ ބޮޑު ނުކުރަން ވެސް ސަރުކާރުން ވަނީ އަންގައިފަ އެވެ. މި ނިންމުމާ ހިލާފުވާ ވިޔަފާރިތައް 100،000ރ. އިން ޖުރިމަނާ ކުރާނެ އެވެ.
ރޯދަމަހު ކާބޯތަކެތި ފަސޭހަކަމާ އެކު ލިބޭނެ: އެސްޓީއޯ
އެސްޓީއޯ އިން ރޯދަމަހަށް ފިޔާ ކިލޯއެއް 9ރ. އަށް
ރޯދައަށް އެސްޓީއޯއިން ކާބޯތަކެތި އަގު ހެޔޮކޮށް ވިއްކާނެ
އެސްޓީއޯއިން ފިޔާ ކިލޯއެއް 17ރ. އަށް ވިއްކަނީ
އެސްޓީއޯއިން ފިޔާ، އަލުވި، ބިހުގެ ސްޓޮކް ބާޒާރަށް
އެސްޓީއޯގައި ފިޔާ، އަލުވި ބިސް އިތުރަށް އަގުހެޔޮކޮށްފި
ހިޓާޗީ ޕްރޮޑަކްޓުތަކުގެ ފަހުގެ މޮޑެލްތައް އެސްޓީއޯއަށް
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފްލޯ އަންނަ އަހަރު
ތާރީހު ބަދަލުކޮށްލި ހައިޕަމާކެޓް: ބޮޑު ކުރިއެރުމެއް!
ފިޔާ، އަލުވި، ބިހުގެ އަގު އެއްވަރެއްގައި ހިފެހެއްޓޭނެ