Roadha Mihaaru
އެސްޓީއޯއިން ފިޔާ ކިލޯއެއް 17ރ. އަށް ވިއްކަނީ

އެސްޓީއޯއިން ފިޔާ ކިލޯއެއް 17ރ. އަށް ވިއްކަނީ

07 މާޗް 2024

ރޯދައާ ދިމާކޮށް އެސްޓީއޯއިން ފިޔާގެ އަގު ހެޔޮކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރޯދައާ ދިމާކޮށް އެސްޓީއޯއިން ފިޔާގެ އަގު ހެޔޮކޮށްފި އެވެ.

އެސްޓީއޯއިން ވަނީ ފިޔާ ކިލޯއެއް 17ރ. އަށް ކުޑަކޮށްފަ އެވެ. ކުރިން ފިޔާ ކިލޯއެއް ވިއްކީ 20ރ. އަށެވެ.

އެސްޓީއޯއިން ބުނީ ފިޔާ ބަސްތާއެއް މިހާރު ވިއްކަނީ 320ރ. އަށެވެ. ކުރިން ބަސްތާއެއް ވިއްކަނީ 450ރ. އަށެވެ.

ރޯދައަށް ހާއްސަކޮށް އެސްޓީއޯއިން ގެނައި ފިޔާ، އަލުވި، ބިހުގެ ސްޓޮކް ބާޒާރަށް ނެރުނީ މިދިޔަ ހަފްތާގަ އެވެ. ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް އެންމެ ގިނައިން އާންމުން ބޭނުން ކުރާ ބާވަތްތައް ބަލައިގެން އެސްޓީއޯއިން ތަކެތި ބާޒާރަށް ނެރެ އެވެ.

ފިޔާގެ އިތުރުން އަލުވި ކިލޯއެއް 15ރ. އަށް، އަދި ބިހެއް ވިއްކަނީ 1.7ރ. އަށެވެ.

ރޯދަ އަށް ހާއްސަކޮށްގެން އަގުތައް އުފުލޭ އެހެން ބާވަތްތައް ވެސް އެސްޓީއޯއިން ގެންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.