ކާޑުގެ ބާވަތްތަކުގެ އިތުރުން، ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އެސްޓީއޯ އިން ގަނޑުކޮށް އެތެރެކޮށް، ބާޒާރުގައި ވިއްކަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފި އެވެ.
ކާޑުގެ ބާވަތްތަކުގެ އިތުރުން، ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އެސްޓީއޯ އިން ގަނޑުކޮށް އެތެރެކޮށް، ބާޒާރުގައި ވިއްކަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފި އެވެ.
މިއީ ހަނޑޫ، ހަކުރު އަދި ފުށް ފިޔަވައި އެހެން ގިނަ ބާވަތްތަކެއް ދާއިމީކޮށް އެސްޓީއޯ އިން އެތެރެކޮށް ވިއްކަން ފަށާ ފުރަތަމަ ފަހަރެވެ. އާންމުކޮށް އެ ކުންފުނިން އަސާސީ ބޭނުންތަކުގެ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކަނީ އަގުތައް ކޮންޓްރޯލް ކުރުމުގެ ބޭނުމުގަ އެވެ.
ރައީސް މުއިއްޒު މީގެ އިރުކޮޅެއް ކުރިން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކާޑުގެ ބާވަތްތަކުގެ އިތުރުން ރާއްޖެ އަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި ދައުލަތުގެ ކުންފުނި އެސްޓީއޯ އިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާ އެކު މިއަދު ނިންމާފައިވާ ކަމަށެވެ.
މިއީ ރާއްޖޭގައި ކާބޯތަކެތީގެ ޔަގީންކަން ކަށަވަރު ކުރުމަށް އެ މަނިކުފާނުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ނަމަވެސް، މިކަމުގެ އިތުރު ތަފްސީލެއް ރައީސް އަދި ހާމައެއް ނުކުރައްވަ އެވެ.
އެސްޓީއޯ މެދުވެރިކޮށް މޭވާ އާއި ތަރުކާރީގެ މައިގަނޑު ބާވަތްތައް އެތެރެކޮށް ވިއްކަން މި ނިންމީ، ބާޒާރުގައި ހާއްސަކޮށް މޭވާގެ ބައެއް ބާވަތްތަކުގެ އަގުތައް އެތައް ގުނައަކުން މަތިވެ، ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެސްޓިކްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ އޮގަަސްޓް މަހުގެ އަގުތަކާ އަޅާބަލާއިރު، މިހާރު ހުރީ ގާތްގަނޑަކަށް ދެ ޕަސެންޓް (1.96 ޕަސެންޓް) އުފުލިފަ އެވެ. އީސީޕީ ގައިވާ ގޮތުން ކާބޯތަކެތީގެ އަގުތައް މަހުން މަހަށް ވެސް ދަނީ އުފުލެމުންނެވެ. ކާބޯތަކެތީގެ އަގު މިދިޔަ މަހާ އަޅާބަލާއިރު 1.62 ޕަސެންޓު މައްޗެވެ.
މޭވާ އާއި ތަރުކާރީ މަދުނުވާ ވަރަށް ގެނެވޭނެ: އެސްޓީއޯ
23 ބާވަތެއްގެ އަގު ހެޔޮކުރަނީ
އަގުބޮޑުވިޔަސް މޭވާ/ތަރުކާރީގެ ސަޕްލައި ހިފެހެއްޓިފައި
އަސާސީ މުދާ އަގު ބޮޑުވެއްޖެ، މޭވާގެ އަގު ވަކިން ބޮޑު
އެސްޓީއޯ ރޭޓުގައި ހުރިހާ އަތޮޅެއްގައި ތެޔޮ ވިއްކަނީ
އަގު ތިރިކުރުމުން ބޭހަށް ދަތިކުރީ މެޑިކަލް މާފިއާއިން
މަސްދަޅު ހޯދަން މާލެ ސަރަހައްދުގައި ދިގު ކިޔުއެއް
ލިބެންހުރި ބޭސްތައް ޑޮކްޓަރުންނަށް ފެންނާނެ ނިޒާމެއް ހަދަނީ
ސަރުކާރުން ދޭ މަސްދަޅު ރަށްރަށުގައި ބަހަން ފަށައިފި
އެސްޓީއޯ ރޭޓުން އިތުރު 4 ތަނަކުން ތެޔޮ ދޭން ފަށަނީ