Roadha Mihaaru
އެސްޓީއޯ ސުޕަމާޓް ހުކުރު ދުވަހު ވެސް ހުޅުވަނީ

އެސްޓީއޯ ސުޕަމާޓް ހުކުރު ދުވަހު ވެސް ހުޅުވަނީ

11 ޖެނުއަރީ 2018

މާލޭގައި ހުންނަ އެންމެ ބޮޑު ޝޮޕިން ސެންޓަރު ކަމަށްވާ އެސްޓީއޯ ސުޕަމާޓް، ހުކުރު ދުވަހު ވެސް ހުޅުވަން ނިންމައިފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

މާލޭގައި ހުންނަ އެންމެ ބޮޑު ޝޮޕިން ސެންޓަރު ކަމަށްވާ އެސްޓީއޯ ސުޕަމާޓް، ހުކުރު ދުވަހު ވެސް ހުޅުވަން ނިންމައިފި އެވެ.

އެސްޓީއޯ އިން ބުނީ ސުޕަމާޓް ހުކުރު ދުވަހު ވެސް ހުޅުވަން ނިންމީ، އާންމުންނަށް ވީހާ ވެސް ފަސޭހަ އިން އަދި ކައިރިން ހިދުމަތްތައް ދިނުމަށް ކަމަށެވެ. އެސްޓީއޯ އިން ބުނީ ހުކުރު ދުވަހު އެ ތަން ހުޅުވާފައި ހުންނާނީ، ހެނދުނު 8:30-10:30 އަދި ހަވީރު 4:00 ން ރޭގަނޑު 10:00 އަށް ކަމަށެވެ.

"ކަސްޓަމަރުންނަށް ވީހާ ވެސް ފަސޭހަ ކުރުމުގެ ގޮތުން ހުކުރު ދުވަސްތަކުގައި ހުޅުވަން ނިންމީ. މީގެ ސަބަބުން ކަސްޓަމަރުންނަށް ވަރަށް ބޮޑު ލުއިތަކެއް ލިބިގެން ދާނެ،" އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެސްޓީއޯ ސުޕަމާޓް: ގިނަ އަދަދެއްގެ، ތަފާތު ބާވަތްތައް ލިބެން ހުރޭ.

އެސްޓީއޯ ސުޕަމާޓް: ގިނަ އަދަދެއްގެ، ތަފާތު ބާވަތްތައް ލިބެން ހުރޭ.

އޮފިޝަލް ވިދާޅުވީ ސުޕަމާޓުން ފުރަތަމަ ހިދުމަތް ދޭ ހުކުރު ދުވަހަކަށް މާދަމާ ވާނެ ކަމަށެވެ. އަދި މާދަމާ އިން ފެށިގެން ހަފުތާގެ ހުރިހާ ދުވަސްތަކެއްގައި ވެސް ސުޕަމާޓް ހުޅުވާފައި ހުންނާނެ އެވެ.

ގިނަ އަދަދެއްގެ، ތަފާތު ބާވަތްތައް އެއް ތާކުން ލިބެން ހުންނަ ސުޕަމާޓް އާންމުކޮށް ހުޅުވާފައި ހުންނަނީ ހެނދުނު 8:30 ން ހަވީރު 5:45 އަށް އަދި ރޭގަނޑު 8:00 ން 10:00 އަށެވެ.