Roadha Mihaaru
އެސްޓީއޯ ރޯދަ ޕްރޮމޯޝަނުގެ ގުރު ނަގައިފި

އެސްޓީއޯ އިން ކުރިއަށް ގެންދިޔަ ދެ ޕްރޮމޯޝަނެއްގެ ގުރު ނަގައިފި

27 ޖޫން 2018

ރޯދަ މަހާ ދިމާކޮށް އެސްޓީއޯ އިން ކުރިއަށް ގެންދިޔަ ދެ ޕްރޮމޯޝަނެއްގެ ގުރުއަތުލުން ބާއްވައި، ނަސީބުވެރިން ހޮވައިފި އެވެ.

ރޯދަ މަހާ ދިމާކޮށް އެސްޓީއޯ އިން ކުރިއަށް ގެންދިޔަ ދެ ޕްރޮމޯޝަނެއްގެ ގުރުއަތުލުން ބާއްވައި، ނަސީބުވެރިން ހޮވައިފި އެވެ.

އެސްޓީއޯ އިން މިއަދު ގުރުއަތުލުން ބޭއްވީ، ސުޕަމާޓުން ކުރިއަށް ގެންދިޔަ ރަމަޟާން ބާޒާރު އަދި ސުޕަމާޓުގެ ހޯލްސޭލް ސެންޓަރުން ކުރިއަށް ގެންދިޔަ ހޯލްސޭލް ޕްރޮމޯގެ ނަސީބުވެރިން ހޮވުމަށެވެ.

އޭޕްރީލް 15 އިން ޖޫން 14 އަށް ކުރިއަށް ގެންދިޔަ ރަމަޟާން ބާޒާރު ޕްރޮމޯޝަނުގައި ގުރުއަތުން ނެގުނީ ކޫޕަން ނަންބަރު 20296 އާއި 18705 އަދި 1289 އެކެވެ. މި ކޫޕަންތައް ހުށަހެޅި މީހުންނަށް އެއް އަހަރަށް އެސްޓީއޯ ސުޕަމާޓުން ވިޔަފާރި ކުރެވޭ ވައުޗަރު ލިބޭނެ އެވެ.

ހޯލްސޭލް ޕްރޮމޯޝަނުގެ ނަސީބުވެރިންގެ ތެރެއިން އެއް ވަނަ އިނާމު ކަމަށްވާ ހިޓާޗީ 18,000 ބީޓީޔޫ އޭސީ، 55 އިންޗި ފިލިޕްސް ޓީވީ އަދި ސެންފޯޑު ޗިލާގެ ނަސީބުވެރިއަކަށް ހޮވުނީ ކޫޕަން ނަމްބަރު 1082 އެވެ. ދެ ވަނަ އިނާމު ކަމަށްވާ ހިޓާޗީ 12,000 ބީޓީޔޫ އޭސީ، 55 އިންޗި ފިލިޕްސް ޓީވީ އަދި ވާވޭ ފޯނުގެ ނަސީބުވެރިއަކަށް ހޮވުނީ ކޫޕަން ނަމްބަރު 0268 އެވެ. ތިން ވަނަ އިނާމު ކަމަށްވާ ހިޓާޗީ 9,000 ބީޓީޔޫ އޭސީ، 49 އިންޗި ފިލިޕްސް ޓީވީ އަދި ސެންފޯޑު މައިކްރޯވޭވްގެ ނަސީބުވެރިއަކަށް ހޮވުނީ ކޫޕަން ނަމްބަރު 1587 އެވެ.

އެސްޓީއޯ އިން ރާއްޖެއަށް އެތެރެކޮށް ގަޑުކޮށް ވިއްކާ 39 ބްރޭންޑަކަށް ޚާއްސަކޮށްގެން އޭޕްރީލް 17 އިން މިމަހުގެ 14 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގައި އިތުރު 10 ނަސީބުވެރިއަކު ވަނީ ހޮވާފަ އެވެ. އެ މީހުންނަށް ލިބޭނީ އެއީ އެސްޓީއޯ ސްޕަމާޓުން ރާއްޖެ އެތެރެކޮށް ވިއްކާ ބްރޭންޑްތަކުގެ ތެރެއިން ބްރޭންޑެއްގެ ކޭހެކެވެ.