Roadha Mihaaru
އެމްޓީސީސީގެ ރޯދަ ޕްރޮމޯޝަން ފަށައިފި

އެމްޓީސީސީގެ ރޯދަ ޕްރޮމޯޝަން ފަށައިފި

14 މާޗް 2023

މި އަހަރުގެ ރޯދަ މަހާ ދިމާކޮށް އެމްޓީސީސީގެ "ކަށަވަރު ޝޯރޫމު"ގައި ހާއްސަ ޕްރޮމޯޝަަނެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މި އަހަރުގެ ރޯދަ މަހާ ދިމާކޮށް އެމްޓީސީސީގެ "ކަށަވަރު ޝޯރޫމު"ގައި ހާއްސަ ޕްރޮމޯޝަަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.

މި ޕްރޮމޯޝަން ހާއްސަކޮށްފައި ވަނީ އިންޑަސްޓްރިއަލް ބޯޓް ބިލްޑިން އެންޑް އިންޖިނިއަރިން އާއި ޓޫރިޒަމް ދާއިރާ އާއި ދަތުރުފަތުރުގެ ދާއިރާ އާއި މަސްވެރިކަމަށެވެ. އެމްޓީސީސީން ބުނި ގޮތުގައި ޕްރޮމޯޝަނުގައި އެ ދާއިރާތަކާ ގުޅުން ހުރި ގިނަ ޕްރޮޑަކްޓުތަކަކުން ޑިސްކައުންޓު ލިބޭނެ އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ރޯދަ ޕްރޮމޯޝަން ފައްޓަވާ ދެއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ރޯދަ ޕްރޮމޯޝަން ފައްޓަވާ ދެއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޕްރޮމޯޝަނުގައި ހިމަނާފައިވާ ޑިސްކައުންޓު ލިބޭ ޕްރޮޑަކްޓުތަކުގެ ތެރޭގައި ޔަންމާ އިންޖީނު، ސުޒުކީ އިންޖީނު، ސްޓޮކް ބޭޑާ ކޮމްޕޮސައިޓްސް އަދި ފައިބާ ގްލާސް މެޓީރިއަލްސް އަދި ކާސްޓްރޯލް ލުބްރިކަންޓް ހިމެނެ އެވެ. އޭގެ އިތުރުން ސުޒުކީ އަދި ޔަންމާ ސްޕެއާ ޕާޓްސް އާއި މެރޯލް ސްޓިއަރިން ސިސްޓަމާއި ޓިއުބް، ޝެފްޓް، ޕްރޮޕެލާ ވެސް ހިމެނެ އެވެ.

މި ޕްރޮޑަކްޓުތަކުގެ އިތުރުން ވެސް ޕްރޮމޯޝަން ހާއްސަ ކޮށްފައިވާ އިތުރު ދާއިރާތަކުގެ ޕްރޮޑަކްޓުތައް ވަނީ ހިމަނައިފަ އެވެ.

މި އަހަރުގެ އެމްޓީސީސީ ރޯދަ ޕްރޮމޯ ކުރިއަށް ދާނީ އަންނަ މަހުގެ ނިޔަލަށެވެ.

މި ޕްރޮމޯގެ މައުލޫމާތުތައް ހިއްސާކުރުމަށް އެމްޓީސީސީގެ ޓީމުތައް މާލެ ބަނދަރުމަތި ސަރަހައްދާއި ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދާއި ތިލަފުށި އިންޑަސްޓްރިއަލް ސައިޓުތަކާއި ބޯޓު ޔާޑުތަކަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.