Roadha Mihaaru
އެމްޓީސީސީގެ ޖުންޖުލާ ޕްރޮމޯޝަނުގެ ނަސީބުވެރިޔާ ހޮވައިފި

އެމްޓީސީސީ ކަށަވަރުން ކުރިއަށް ގެންދިޔަ "ޖޫންޖުލާ" ޕްރޮމޯޝަނުގެ ނަސީބުވެރިޔާ ހޮވައިފި

10 އޯގަސްޓް 2017

އެމްޓީސީސީ ކަށަވަރުން 100،000ރ. ގެ އަގުހުރި އިނާމަކާ އެކު ކުރިއަށް ގެންދިޔަ "ޖޫންޖުލާ" ޕްރޮމޯޝަނުގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

އެމްޓީސީސީ ކަށަވަރުން 100،000ރ. ގެ އަގުހުރި އިނާމަކާ އެކު ކުރިއަށް ގެންދިޔަ "ޖޫންޖުލާ" ޕްރޮމޯޝަނުގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

މިދިޔަ ޖޫން މަހުން ޖުލައި މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގެ ނަސީބުވެރިއަކަށް ހޮވުނީ އިބްރާހިމް ހަމްދޫން އެވެ. އިނާމެއްގެ ގޮތުގައި އޭނާ އަށް ލިބޭނީ 100،000ރ. ގެ އަގުހުރި 25 ހޯސްޕަވަރުގެ ސުޒުކީ އައުޓްބޯޑް އިންޖީނެކެވެ.

ސުޒުކީ އިންޖީނާއި ޔަންމާ އޮއިލް އަދި ސްޕެއާ ޕާޓްސްތަކަށްް ހާއްސަކޮށްގެން ކުރިޔަށް ގެންދިޔަ ޕްރޮމޯޝަނުގައި ކޫޕަން ދޫކޮށްފައިވަނީ، އެމްޓީސީސީ ކަށަވަރުން 5،000ރ. އަށް ވުރެ މަތިން ވިޔަފާރި ކުރި ފަރާތްތަކަށެވެ.

"ޖޫންޖުލާ" ޕްރޮމޯޝަނުގެ ނަސީބުވެރިޔާ ހޮވުމުގެ ތެރެއިން

"ޖޫންޖުލާ" ޕްރޮމޯޝަނުގެ ނަސީބުވެރިޔާ ހޮވުމުގެ ތެރެއިން

"މި ޕްރޮމޯޝަނަކީ 150-250 ދެމެދުގެ ސުޒުކީ އައުޓްބޯޑު އިންޖީނުތަކަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެއް. ވަރަށް ބޮޑު ތަރުހީބެއް ލިބުނު. ޕްރޮމޯޝަނުގެ ތެރޭގައި ރެކޯޑް އަދަދަކަށް އިންޖީނު ވަނީ ވިކިފައި،" ޕްރޮމޯޝަނުގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވި ސީނިއާ މާކެޓިން އޮފިސާ މުހައްމަދު ސަމީހު ވިދާޅުވި އެވެ.

އެމްޓީސީސީ ކަށަވަރުން މިދިޔަ އޭޕްރީލް މަހު "ގަދަ ރެސިން" ގެ ނަމުގައި، އެ ފިހާރައިން ވިއްކާ ސްކޮޓަބާޑާ ރެސިންއިންގެ ޕްރޮމޯޝަނެއް ވެސް ބޭއްވި އެވެ. އަދި މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އަންނަ ޑިސެންބަރުގެ ނިޔަލަށް، "ސާބަސް ޔަންމާ" ގެ ނަމުގައި ވެސް ހާއްސަ ޕްރޮމޯޝަނެއް ވަނީ ފަށައިފަ އެވެ. މިއީ ވަގުތުން ފައިސާ ދައްކާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެކެވެ.