Roadha Mihaaru
އެމްޓީސީސީ "ކަށަވަރު ޕްރޮމޯ" ފަށައިފި

އެމްޓީސީސީ "ކަށަވަރު ޕްރޮމޯ" ފަށައިފި

08 ޑިސެމްބަރ 2018

އެމްޓީސީސީގެ "ކަށަވަރު ޕްރޮމޯ" މިއަދު ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްޓީސީސީގެ "ކަށަވަރު ޕްރޮމޯ" މިއަދު ފަށައިފި އެވެ.

އެމްޓީސީސީގެ ކަށަވަރު ޝޯ ރޫމްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަދުހަމް އިސްމާއިލް ވިދާޅުވީ، މި ޕްރޮމޯޝަންގައި، ސުޒުކީ އާއި ޔަންމާ އިންޖީނުތަކުން ބޮޑު ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.

"ޔަންމާ އިން-ބޯޑް އިންޖީނާއި ޔަންމާ އައުޓް-ބޯޑް އިންޖީނުން ޑިސްކައުންޓު ލިބޭނެ. ސުޒުކީ ހުރިހާ އިންޖީނަކުން ފަސް ޕަސެންޓާއި 16 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ. ޔަންމާގެ ދެ މޮޑެލް ކަމުގައިވާ 170 އާއި 210 ގެ ހޯސްޕަވަ އިންޖީނުން ޑިސްކައުންޓް ލިބޭނެ،" އަދުހަމް ވިދާޅުވި އެވެ.

ކަށަވަރު ޕްރޮމޯޝަން ފެށުމުގެ ރަސްމިއްޔާތު

ކަށަވަރު ޕްރޮމޯޝަން ފެށުމުގެ ރަސްމިއްޔާތު

ޔަންމާ މެއިންޓެނެންސް ކިޓާއި ސުޒުކީ މެއިންޓެނެންސް ކިޓުން ވެސް 38 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އޮޑިދޯނިފަހަރު ގެންގުޅޭ މީހުންގެ ބޮޑު ތަރުހީބެއް މި ޕްރޮމޯޝަނަށް ވަނީ ލިބިފަ އެވެ.

"ކަށަވަރު" ޕްރޮމޯޝަންގެ ތެރެއިން އެމްޓީސީސީން ވަނީ އިތުރު ކެމްޕެއިނެއް ވެސް ފަށައިފަ އެވެ. އެގޮތުން އެކި ރަށްތަކަށް މި ޕްރޮމޯޝަންގެ މައުލޫމާތުތައް ދިނުމުގެ ހަރަކާތެއް ކުރިއަށްގެންދާ އިރު އެންމެ ފުރަތަމަ ދިއުމަށް ހަމަޖެހިފައިވަނީ އއ. އުކުޅަހަށެވެ. މީގެ އިތުރުން މި ޕްރޮމޯޝަންގެ މައުލޫމާތު ދިނުމަށް އެމްޓީސީސީގެ މުވައްޒަފުން ތ. އަތޮޅަށް ދިއުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެމްޓީސީސީގެ ކަށަވަރު ޕްރޮމޯ ކުރިއަށް ގެންދަނީ މާދަމާ އިން ފެށިގެން އަންނަ އަހަރު ޖެނުއަރީ 10 އަށެވެ.

އެމްޓީސީސީން "ކަށަވަރު ޕްރޮމޯ" ބާއްވާ މިއީ ހަތަރު ވަނަ އަހަރެވެ.