Roadha Mihaaru
އެމްޓީސީސީގެ "ކަށަވަރު ޕްރޮމޯޝަން" ފަށައިފި

އެމްޓީސީސީގެ "ކަށަވަރު ޕްރޮމޯޝަން" ފަށައިފި

01 ނޮވެމްބަރ 2022

އެމްޓީސީސީން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ "ކަށަވަރު ޕްރޮމޯޝަން" ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެމްޓީސީސީން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ "ކަށަވަރު ޕްރޮމޯޝަން" ފަށައިފި އެވެ.

އެ ޕްރޮމޯޝަނަކީ އެމްޓީސީސީން ކޮންމެ އަހަރަކު ވެސް، އަހަރުގެ ފަހުކޮޅާ ދިމާކޮށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. މި އަހަރުގެ އެ ޕްރޮމޯޝަން ފައްޓަވައިދެއްވީ އެމްޓީސީސީގެ ސީއޯއޯ ޝާހިދު ހުސެއިން މޫސާ އެވެ.

އެ ޕްރޮމޯޝަން މި އަހަރު ވެސް ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. ޕްރޮމޯޝަނުގެ ދަށުން ކުރާ ކޮންމެ 5000ރ. ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 2.5 ހޯސްޕަވަރުގެ ސުޒުކީ މެރިން އިންޖީނެއް ލިބޭނެ އެވެ. އަދި މުޅި ޕްރޮމޯޝަނުގެ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ދެ ލައްކަ ރުފިޔާގެ އަގުހުރި އިންޖީނެއް ލިބޭނެ އެވެ. އެ އިންޖިނަކީ 35 ހޯސްޕަވަރުގެ އިންޖީނެކެވެ.

މުޅި ޕްރޮމޯޝަނުގެ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ލިބޭ ދެ ލައްކަ ރުފިޔާގެ އަގުހުރި އިންޖީނު: ޕްރޮމޯޝަން ނިމޭނީ ޑިސެމްބަރު މަހު. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މުޅި ޕްރޮމޯޝަނުގެ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ލިބޭ ދެ ލައްކަ ރުފިޔާގެ އަގުހުރި އިންޖީނު: ޕްރޮމޯޝަން ނިމޭނީ ޑިސެމްބަރު މަހު. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިއަދު ފެށި އެ ޕްރޮމޯޝަނުގައި ހޮވާލެވިފައިވާ އައިޓަމްތަކުން ފަސް ޕަސެންޓާއި 10 ޕަސެންޓާއި ދެމެދުގެ ޑިސްކައުންޓް ލިބޭނެ އެވެ. އެމްޓީސީސީން ބުނީ ޔަންމާ އަދި ސުޒުކީ އިންޖީނުގެ ތެރެއިން ބައެއް އިންޖީނުތަކާއި، ސްޕެއާ ޕާޓާއި، އަޑީ ތެޔޮ، ދަވާ، ޕީޕީޖީ ކޯޓިން އަދި އިންޑަސްޓްރިއަލް ގޭހުން ވެސް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

މި އަހަރުގެ ޕްރޮމޯޝަނުގެ ދަށުން ކަސްޓަމަރުންނާއި ބައްދަލު ކުރުމަށް މާލޭގެ ބަނދަރު ސަރަހައްދާއި ބައެއް ރަށްރަށަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ. އެގޮތުން ރ. އަތޮޅާއި، ތ. އަތޮޅާއި ށ. އަތޮޅަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

އެމްޓީސީސީގެ ކަށަވަރު ޕްރޮމޯޝަނަކީ ގިނަ ކަސްޓަމަރުންތަކެއް ކޮންމެ އަހަރަކު ވެސް އިންތިޒާރު ކުރަމުންދާ ޕްރޮމޯޝަނެކެވެ.