އދ. ހަންޏާމީދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް އިއްޔެ ނިންމައިފި އެވެ.
02 ނޮވެމްބަރ 2022
އދ. ހަންޏާމީދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް އިއްޔެ ނިންމައިފި އެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއަކީ 32.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ދަށުން 6363 ކިއުބިކް މީޓަރު ސަރަހައްދުގެ ބަނދަރު ފުންކޮށް، 204 މީޓަރު ސަރަހައްދުގައި ބޭރުތޮށްޓާއި، 276 މީޓަރުގެ އެއްގަމު ތޮށީގެ އިތުރުން 160 މީޓަރު ސަރަހައްދުގައި ރިވެޓްމެންޓް ޖަހައިފައިވެ އެވެ.
ޖެޓީއަކާ އެކު 330 އަކަ މީޓަރުގެ ހާބަ ޕޭވްމެންޓަކާއި، ރޭމްޕަކާއި، ދޯނިފަހަރު އެޅުމަށް މޫރިން ބޮއެ ހަރުކުރުމުގެ އިތުރުން ބަނދަރުގައި ބައްތި ހަރުކުރުމުގެ މަސައްކަތް ކުރީ ވެސް އެމްޓީސީސީންނެވެ.
ހަންޔާމީދު އަކީ ލޯކަލް ޓޫރިޒަމްގައި ކުރިއަރަމުން އަންނަ ރަށެކެވެ. އެގޮތުން، 736 މީހުންގެ އާބާދީއެއް އޮންނަ އެ ރަށުގެ ރައްޔިތުން އާމްދަނީ ހޯދަން އެންމެ ބޮޑަށް ބަރޯސާވާ ސިނާއަތަކީ ޓޫރިޒަމެވެ. އެ ރަށުގައި މިހާރު ވެސް 12 ގެސްޓްހައުސްއާ އެކު 100 އަށް ވުރެ ގިނަ އެނދު ހުރެ އެވެ. އެއާއެކު އެ ރަށުގައި ޑައިވިން ދޯނިތަކާއި ލޯންޗު އަދި ޑިންގީތައް އަންނަނީ އިތުރުވަމުންނެވެ.
މަސްވެރިކަމުގެ ސިނާއަތުގައި ވެސް އެ ރަށަށް ގިނަ ކުރިއެރުންތައް ލިބެމުން އަންނައިރު، ރަށުގެ ކުރީގައި އޮތް ބަނދަރުގެ ބަދަލުގައި، ޒަމާނީ ރީތި ބަނދަރެއް އޮތުމަކީ އެ ރަށު ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ލުއިފަސޭހަަކާއި އުފަލެއް ކަމަށް ދެކޭ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ މިހާރު އޮތް ބަނދަރާ އެކު ދޯނިފަހަރަށް ފަސޭހައިން ގާތްކޮށް ލަފާފުރުމުގައި ގިނަ ފަސޭހަތަކެއް އެ ރަށަށް ލިބޭނެ ކަމަށެވެ. އަދި އެއީ އިގްތިސޯދީ ގޮތުން ވެސް ގިނަ ފައިދާތަކެއް ލިބޭ މުހިންމު މަޝްރޫއެއްކަން އެ ކުންފުނިން ފާހަގަކުރި އެވެ.
ހަ ރަށެއްގެ ބަނދަރު މަސައްކަތަށް 217 މިލިއަން
އެމްޓީސީސީން "ކަށަވަރު ޕްރޮމޯ 2023" ފަށައިފި
ތިން ރަށެއްގައި 203 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު
ނިލަންދު އާއި ބިލެއްދޫގެ ބަނދަރު ހެދުން އެމްޓީސީސީއަށް
މާފުއްޓާއި ގުޅީގެ މަޝްރޫއަށް ބޭނުންވާ ސާމާނު ގެންގޮސްފި
ހިތާދު އާއި ތިނަދޫގެ މަޝްރޫއެއް އެމްޓީސީސީއަށް
ކަށަވަރު ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް އިންޖީނު ދީފި
އޮމަދޫ ބަނދަރު ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކޮށްފި
ހަނިމާދޫ ބަނދަރުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެ
ރަސްމާދޫ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީ އަށް