12 އެޕްރީލް 2023
ކ. މާފުށީގެ ބަނދަރު ބޮޑުކުރުމަށާއި ކ. ގުޅީގެ ބިން ހިއްކުމަށް ބޭނުންވާ ސަމާނު އެ ރަށްތަކަށް ގެންގޮސްފި އެވެ.
ކ. މާފުށީގެ ބަނދަރު ބޮޑުކުރުމަށާއި ކ. ގުޅީގެ ބިން ހިއްކުމަށް ބޭނުންވާ ސަމާނު އެ ރަށްތަކަށް ގެންގޮސްފި އެވެ.
އެ ދެ ރަށުގައި ތަރައްގީގެ މަޝްރޫއުތަކެއް ފަށަން ސަރުކާރުން މި ތައްޔާރުވީ މާފުށްޓާއި ގުޅި ހިމެނޭ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައި ވަނިކޮށެވެ. އެ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުން އަންނަނީ ތިން ރަށުގައި ވެސް ވަރަށް ފޯރީގައި ކެމްޕެއިން ކުރަމުންނެވެ. އެއީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް އަދި އެމްއެންޕީގެ ކެންޑިޑޭޓެވެ.
އެ ދެ މަޝްރޫއު ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނި ގޮތުގައި، އެ މަސައްކަތްތަކަށް ބޭނުންވާ ސާމާނު މާފުއްޓާއި ގުޅިއަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު އެ ސާމާނުތައް ސައިޓުގައި މޯބަލައިޒްކޮށްފައި ވެ އެވެ.
މާފުށީގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން 31 މީޓަރުގެ ބޭރު ތޮއްޓެއް ލުމާއި 64 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 700 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް ކުރާނެ އެވެ. އަދި 160 މީޓަރުގެ ކޮންކްރިޓް ދެ ޖެޓީ ހެދުމާއި ބަނދަރާއި ބޭރު ތޮށި ގުޅާލުމަށް ކޮންކްރިޓް ބްރިޖެއް ވެސް ހަދާނެ އެވެ.
މާފުށީގެ ބަނދަރު ބޮޑުކުރުމަށް ބޭނުންވާ ސާމާނު އެ ރަށަށް ބާލަނީ.-- ފޮޓޯ: އެމްޓީސީސީ
ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި އެ މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 76.5 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ.
ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، 10 ހެކްޓަރުގެ ސަރަހައްދެއް ހިއްކާނެ އެވެ. ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 940 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓާ އަދި 88 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.
އެއް އަހަރާއި ދެމަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި އެ މަޝްރޫއަށް 89.6 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ.
ހާމަވީ ސަރުކާރާއެކު ރައްޔިތުން ތިބި ކަން: ރައީސް
"ގުރައިދޫ ގޮނޑި ހޯދީ ނުފޫޒު ފޯރުވައިގެން"
ގުރައިދޫ ދާއިރާގެ ގޮނޑި ފުރަތަމަ ފަހަރަށް އެމްޑީޕީއަށް
ގުރައިދޫ ދާއިރާގެ ވޯޓު ގުނުން ރޯދަ ވީއްލައިގެން!
ގުރައިދޫ ދާއިރާގެ އިންތިހާބު: ވޯޓުލުން ފަށައިފި
ހުޅުދޫ ބަނދަރުގެ މަސައްކަތް ނިމުމަކަށް
މާފުށީގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި
ހުރާގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި
އިހަވަންދޫގެ ބިން ހިއްކައި ނިންމާލައިފި
ދުވާލަކު ހެކްޓަރެއް ހިއްކޭ ޑްރެޖަރު ރާއްޖެ އަތުވެއްޖެ