Roadha Mihaaru
ހުރާގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

ހުރާގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

14 ޖޫން 2020

މާލެ އަތޮޅު ހުރާގެ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މާލެ އަތޮޅު ހުރާގެ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފި އެވެ.

މި މަސައްކަތް އެމްޓީސީސީން ނިންމާލާފައިވަނީ މި އަހަރުގެ މާޗް 25 ވަނަ ދުވަހު އެވެ. އެއަށް ފަހު މިމަހުގެ 7 ވަނަ ދުވަހު ވަނީ އެ މަސައްކަތް ކުރުމަށް އެ ރަށަށް ގެންދިޔަ އިކުއިޕްމެންޓްތައް ރަށުން ބާލައިފަ އެވެ.

މިރަށުގެ ބިން ހިއްކުމާ އެކު ރަށުގެ ރައްޔިތުންނަށް ވިޔަފާރިކުރުމަށާއި އެކި ބޭނުންތަކަށް ބިން ލިބޭނެ އެވެ. މި ޕްރޮޖެކްޓްގެ ދަށުން އެރަށުގެ ފަޅުން 23 ހެކްޓަރު ހިއްކާފައިވާ އިރު 1،626 މީޓަރުގެ ރިވެޓްމެންޓް މަސައްކަތް ކޮށްފައިވެ އެވެ. އަދި 152 މީޓަރުގެ ބްރޭކްވޯޓާ އަޅާފައިވެ އެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޖުލައި 25، 2016 ވަނަ އަހަރު އެވެ. މި ޕްރޮޖެކްޓްގެ ފޭސް ވަން އަށް 33.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު ފޭސް ދޭއް ގެ މަސައްކަތަށް 71 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ޖުމްލަ މުޅި ޕްރޮޖެކްޓަށް 105 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ.