11 ޖުލައި 2023
އެމްޓީސީސީން ކުއްޔަށް ހިފި، ދުވާލަކު އެއް ހެކްޓަރުގެ ބިން ހިއްކުމުގެ ގާބިލްކަން ލިބިފައިވާ ޑްރެޖަރު ރާއްޖެ އަތުވެއްޖެ އެވެ.
އެމްޓީސީސީން ކުއްޔަށް ހިފި، ދުވާލަކު އެއް ހެކްޓަރުގެ ބިން ހިއްކުމުގެ ގާބިލްކަން ލިބިފައިވާ ޑްރެޖަރު ރާއްޖެ އަތުވެއްޖެ އެވެ.
ބެލްޖިއަމްގެ ކުންފުންފުންޏެއްގެ އުޅަނދެއް ކަމަށްވާ "ފިލީޕޯ ބްރޫނެލޭޝީ" ރޭގެ ވަގުތެއްގައި ރާއްޖެ އައިސް މި ވަގުތު އޮތީ ކަސްޓަމްސް ކްލިއަރެންސަށް ހއ. އުލިގަމުގައި ބަނދަރުކޮށްފަ އެވެ.
ކްލިއަރެންސް ނިމުމާ އެކު އެ އުޅަނދު ދާނީ އެންމެ ފުރަތަމަ އެއިން މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ހއ. އިހަވަންދުއަށެވެ.
ދިގުމިނުގައި 142.5 މީޓަރު (467 ފޫޓް) އަދި ފުޅާ މިނުގައި 27.5 މީޓަރު (90 ފޫޓް) ހުންނަ މި އުޅަނދަކީ 11،300 ކިއުބިކް މީޓަރުގެ ހޮޕަ ކެޕޭސިޓީ (އެއްފަހަރާ ލޯޑްކުރުމުގެ ގާބިލްކަން) ލިބިފައިވާ އެއްޗެކެވެ.
ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރަން އެމްޓީސީސީން ގެނައި ބިޔަ ޑްރެޖަރު ފިލީޕޯ ބްރޫނެލޭޗީ ހއ. އުލިގަމު ބަނދަރުގައި. -- ފޮޓޯ: މިހާރު
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އިއްޔެ "މިހާރު" އަށް ވިދާޅުވި ގޮތުގައި މިއީ މިހާރު ބޭނުންކުރާ އެ ކުންފުނީގެ މަހާ ޖައްރާފައިން ހަތަރު ދުވަހުން ހިއްކޭތަން އެއް ދުވަހުން ހިއްކޭ އެއްޗެކެވެ.
އާ ޑްރެޖަރުން ނުވަ ރަށެއް ހިއްކަން ވަނީ ނިންމައިފަ އެވެ. އެއީ، އިހަވަންދޫގެ އިތުރުން ށ. ކޮމަންޑޫ، އއ. އުކުޅަސް، އއ. ބޮޑުފޮޅުދޫ، ރ. އުނގޫފާރު، މ. ދިއްގަރު، ފ. ފީއަލީ، ކ. ދިއްފުށި އަދި ކ. ގުޅި އެވެ. މި އަހަރުގެ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން އެ ހުރިހާ ރަށެއް ހިއްކާ ނިންމޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
"ފިލީޕޯ ބްރޫނެލޭޝީ" އަކީ 2003 ބަނދެފައިވާ އުޅަނދެކެވެ.
މަޝްރޫއުތައް އަވަސްކުރަން އެމްޓީސީސީން ބޮޑު ޑްރެޖަރެއް
މަހާޖައްރާފަށްވުރެ ބޮޑު ޑްރެޖަރެއް އެމްޓީސީސީން ހޯދަނީ
އީޕީއޭއިން އެޅި ފިޔަވަޅުތަކަށް މަޓީން މަރުހަބާ ކިޔައިފި
އިހަވަންދޫގެ ބިން ހިއްކައި ނިންމާލައިފި
ފަރެސްމާތޮޑާ ފަޅުން ވެލި ނަގައިގެން ފުވައްމުލަކަށް!
މާފުއްޓާއި ގުޅީގެ މަޝްރޫއަށް ބޭނުންވާ ސާމާނު ގެންގޮސްފި
އާ ޑްރެޖަރުން ދާންދޫ ބިން ހިއްކުން ރަސްމީކޮށް ފަށައިފި
މަގޫދޫ ބިންހިއްކުމުގެ އަމަލީ މަސައްކަތް ފަށައިިފި
ހުޅުދޫ ބަނދަރުގެ މަސައްކަތް ނިމުމަކަށް
އަލިފުށީގެ ބިން ހިއްކަން ވަރަށް އަވަހަށް ފެށޭނެ:އާޒިމް