24 މާޗް 2022
ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކުގެ ސްޕީޑު އަވަސް ކުރަން އެމްޓީސީސީން ގެންގުޅޭ "މަހާޖައްރާފު" އަށް ވުރެ ބޮޑު ޑްރެޖާއެއް ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކުގެ ސްޕީޑު އަވަސް ކުރަން އެމްޓީސީސީން ގެންގުޅޭ "މަހާޖައްރާފު" އަށް ވުރެ ބޮޑު ޑްރެޖާއެއް ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްޓީސީސީގެ މެނޭޖިންޑިރެކްޓާ އާދަމް އާޒިމް ވިދާޅުވީ، ދެ ޑްރެޖަރެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކައްޗަކީ އާންމުކޮށް ރަށްރަށުގައި ހިންގާ ބަނދަރު ހެދުމާއި އެފަދަ ޕްރޮޖެކްޓްތަކަށް ބޭނުން ކުރަން ހާއްސަ ޑްރެޖަރެއް ކަމަށާއި، ދެން ހޯދަނީ ބިން ހިއްކުމުގެ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ ޑްރެޖަރެއް ކްމަށް އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ، މަސައްކަތް ކުރަނީ މިހާރު އެމްޓީސީސީން ގެންގުޅޭ "މަހާޖައްރާފު" އަށް ވުރެ ބޮޑު ޑްރެޖަރެއް ގެންނަން ކަމަށެވެ.
އެމްޓީސީސީން މިވަގުތު ގެންގުޅޭ މަހާޖައްރާފަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާ، 92 މީޓަރަށް ވުރެ ދިގު އަދި 16 މީޓަރު ފުޅާ ބޯޓެކެވެ. ކޮންނަ ބޯޓުން އެއްފަހަރާ 3،700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވެ އެވެ.
"މިއަހަރުގެ ތެރޭގައި މިދެ ޑްރެޖާ ވެސް ގެންނާނަން. އެކަމުގެ މަސައްކަތްތައް ވަރަށް ބާރަށް އެބަ ކުރިއަށްދޭ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ރަށްތަކުގެ އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގުމުގައި އެންމެ އިސް ދައުރެއް އަދާ ކުރާ އެއް ކުންފުންޏަކީ އެމްޓީސީސީ އެވެ. އެކުންފުނިން މިދިޔަ އަހަރު 27 މަޝްރޫއެއްގެ މަސައްކަތް ނިންމި އިރު 64 މަޝްރޫއެއްގެ އަމަލީ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެ ތެރޭގައި ބަނދަރާއި ޕޯޓު ހެދުން، މަގު ހެދުމާއި އެއާޕޯޓް އެޅުން، ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނެ އެވެ.
މިދިޔަ އަހަރަކީ އެކުންފުނީގެ ދިގު ތާރީހުގައި ވެސް އެންމެ ބޮޑު ފައިދާއެއް ކުންފުންޏަށް ލިބުނު އަހަރެވެ. ކުންފުންޏަށް 264 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ.
މަޝްރޫއުތައް އަވަސްކުރަން އެމްޓީސީސީން ބޮޑު ޑްރެޖަރެއް
ދުވާލަކު ހެކްޓަރެއް ހިއްކޭ ޑްރެޖަރު ރާއްޖެ އަތުވެއްޖެ
އަލިފުށީގެ ބިން ހިއްކަން ވަރަށް އަވަހަށް ފެށޭނެ:އާޒިމް
އެމްޓީސީސީ އަށް 928 މިލިއަން ރުފިޔާގެ މަޝްރޫއު ދީފި
ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި
އީޕީއޭއިން އެޅި ފިޔަވަޅުތަކަށް މަޓީން މަރުހަބާ ކިޔައިފި
އެމްޓީސީސީއަށް ނުދެއްކޭވަރުގެ ދަރަންޏެއް ނޯންނާނެ:އާޒިމް
އިހަވަންދޫގެ ބިން ހިއްކައި ނިންމާލައިފި
5ބިލިއަންގެ މަޝްރޫއުން އަމާޒަކީ ބޮޑު އާމްދަނީއެއް
ފަރެސްމާތޮޑާ ފަޅުން ވެލި ނަގައިގެން ފުވައްމުލަކަށް!