މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބުކުރީ ނުފޫޒު ފޯރުވައި، އެތައް މިލިއަނުން ފައިސާ ބަހައިގެން ކަމަށް މި އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ޕީޕީއެމްގެ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.
15 އެޕްރީލް 2023
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބުކުރީ ނުފޫޒު ފޯރުވައި، އެތައް މިލިއަނުން ފައިސާ ބަހައިގެން ކަމަށް މި އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ޕީޕީއެމްގެ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ ތިން ދައުރު ނުވަތަ 14 އަހަރު ވެސް ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ، މިދިޔަ ފެބްރުއަރީ މަހު އަވަހާރަވި، ޕީޕީއެމްގެ އިބްރާހިމް ރިޒާ އެވެ. ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީ އަށް ލިބުނު މިއީ ފުރަތަމަ ފަހަރެވެ. އަދި މިއީ ރައްޔިތުންގެ މަޖިލީހުގެ ކ. އަތޮޅުގެ ގޮނޑިއެއް އެމްޑީޕީ އަށް ނެގުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.
ބައި އިލެކްޝަންގެ ނަތީޖާއާ ގުޅޭ ގޮތުން އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނުފޫޒު ފޯރުވައި، މިލިއަނުން ފައިސާ ބަހައިގެން ގުރައިދޫ ދާއިރާގެ އިންތިހާބު ކާމިޔާބު ކުރިޔަސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީއަށް ރާއްޖޭގެ އެންމެނަށް ނުފޫޒު ނުފޯރުވޭނެ ކަމަށެވެ. އަދި އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި އެކަން ސާފުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން އިއްޒުއްދީން ސްކޫލްގައި ކުރިއަށް ދާއިރު އެތަނުގެ ބޭރުގައި މީހުން މަޑުކޮށްގެން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
"ފައިސާއަކަށް ހުރިހާ ރައްޔިތުން ނުގަނެވޭނެ،" އޭނާ ވިދާޅުވި އެވެ.
"ރައީސް ޔާމީން މިނިވަންކޮށް، ޕީޕީއެމް އިން 2023 ކާމިޔާބުކުރާނެ."
މިއަދު ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނާ ގުޅިގެން އިދިކޮޅު ޕީޕީއެމް އާއި އެމްއެންޕީން ވެސް ވަނީ ސަރުކާރާއި އިލެކްޝަންސް ކޮމިޝަނަށް ބައެއް ތުހުމަތުތައް ކޮށްފަ އެވެ.
ބައި އިލެކްޝަންގެ ވޯޓުލުން އެންމެ ފުރަތަމަ ތާވަލުކުރީ މިއަދުގެ ހެނދުނު 8 އިން ހަވީރު 4 އަށް ކަމަށް ވިޔަސް މޫސުން ގޯސްވެ، ވިއްސާރަވުމުގެ ސަބަބުން ވޯޓުލުމަށް މީހުން ނުކުތުމަށް ދަތިވެފައި ވާތީ، ވީހާ ވެސް ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ހަވީރު ފަހެއް ޖަހަންދެން އިލެކްޝަންސް ކޮމިޝަނުން ވަގުތު އިތުރު ކުރި އެވެ.
އެކަމަކު، އެ ނިންމުން ނިންމީ ޕާޓީތަކާ މަޝްވަރާ ނުކޮށް ކަމަށް ވުމުން، ޕީޕީއެމާއި އެމްއެންޕީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ޕީޕީއެމުން ބުނި ގޮތުގައި، ވަގުތު އިތުރު ކުރީ ވޯޓަށް ސަރުކާރުން ނުފޫޒު ފޯރުވުމަށެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން ކުރިއަށް ގެންދިޔައީ ސަރުކާރުން އެ ދާއިރާގައި ކުއްލި ގޮތަކަށް އެކި ކަހަލަ މަޝްރޫއުތައް ފެށުމުން އެއީ ސީދާ ވޯޓަށް ނުފޫޒު ފޯރުވުމުގެ އަމަލުތައް ކަމަށް ބުނެ ޕީޕީއެމާއި އެމްއެންޕީގެ ވެސް ޝަކުވާތަކާއެކު އެވެ. ބައެއް މައްސަލަތައް އޭސީސީއަށް ވެސް ހުށަހަޅާފައިވާ ކަމަށް ޕީޕީއެމުން ބުނެފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ވަގުތީ ނަތީޖާގައިވާ ގޮތުގައި، އެމްޑީޕީގެ ކެންޑިޑޭޓް ޝާޒް ވަނީ 1،346 ވޯޓު ހޯއްދަވައިފަ އެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާއަށް ލިބިވަޑައިގަތީ 1،226 ވޯޓެވެ. އެމްއެންޕީގެ އަރީފަށް ހޯއްދެވުނީ 122 ވޯޓެވެ.
ވޯޓުލާގަޑި މަޝްވަރާއެއް ނެތި އިތުރުކުރީ ނުފޫޒު ފޯރުވަން
މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
ހާމަވީ ސަރުކާރާއެކު ރައްޔިތުން ތިބި ކަން: ރައީސް
ގުރައިދޫ ދާއިރާގެ ގޮނޑި ފުރަތަމަ ފަހަރަށް އެމްޑީޕީއަށް
ގުރައިދޫ ދާއިރާގެ ވޯޓު ގުނުން ރޯދަ ވީއްލައިގެން!
ގުރައިދޫ ދާއިރާގެ އިންތިހާބު: ވޯޓުލުން ފަށައިފި
ޕީޕީއެމަށް ނަޝީދު ފެކްޝަނުން އެހީވި ކަމާމެދު ދެބަސްވުން
ގުރައިދޫ ގޮނޑި: ތިން ޕާޓީ ވެސް ޔަގީންކަމުގައި!
އިންތިހާބަށް ސަރުކާރުން ދަނީ ނުފޫޒު ފޯރުވަމުން: އަދުރޭ
"ޔާމީނަށް ފުރުސަތުދޭ ނަމަ ކުށްވެރިންނަށް ވެސް ލިބޭނެ"