29 ޑިސެމްބަރ 2019
ޖުމްލަ 217 މިލިއަން ރުފިޔާ ހޭދަކޮށްގެން ހަ ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރަން، އެމްޓީސީސީ އާއި އަމިއްލަ ކުންފުންޏަކާ، ނެޝަނަލް ޕްލޭނިން މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.
ޖުމްލަ 217 މިލިއަން ރުފިޔާ ހޭދަކޮށްގެން ހަ ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރަން، އެމްޓީސީސީ އާއި އަމިއްލަ ކުންފުންޏަކާ، ނެޝަނަލް ޕްލޭނިން މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.
އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރި މި މަޝްރޫއުތަކުގެ ތެރެއިން ސަރުކާރުގެ ހިއްސާ އޮންނަ އެމްޓީސީސީއަށް ހަ ރަށެއްގެ މަޝްރޫއު ދިން އިރު، އަނެއް ދެ ރަށުގެ މަސައްކަތް ހަވާލުކުރީ ހެވީ ފޯކަސްއާ އެވެ.
އެމްޓީސީސީއިން ކުރިއަށް ގެންދާނީ އދ. ހަންޔާމީދު އާއި ކ. ހިންމަފުއްޓާއި ށ. ފޭދު އަދި ށ. ފޯކައިދޫގެ ބަނދަރު މަސައްކަތެވެ.
އެއްބަސްވުންތަކުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއޯއޯ ޝާހިދު ހުސެއިން މޫސާ އެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރުގެވެ.
މި މަޝްރޫއުތައް ނިންމަން އެމްޓީސީސީ އަށް ދިނީ 10 މަހާއި 16 މަހާ ދެމެދުގެ މުއްދަތެކެވެ.
މި މަޝްރޫއުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ހިނގަނީ 55 މިލިއަން ރުފިޔާގެ ބަޖެޓެއް އޮތް ފޯކައިދޫގެ ބަނދަރުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅު ކުރުމުގެ މަސައްކަތަށެވެ.
ޝާނާ ވިދާޅުވީ މި އަހަރުގެ ކުރީކޮޅު އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުތައް ކުރިއަށް ދާލެއް ރަނގަޅު ކަމަށެވެ. އަދި އަންނަ އަހަރުގެ މެދުތެރެއަށް ނިންމަން ކަނޑައަޅާފައިވާ ގިނަ މަޝްރޫއުތަކުގެ 80 ޕަސެންޓް މިހާތަނަށް ފުރިހަމަވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހެވީ ފޯކަސްއާ ހަވާލުކުރީ ރ. ރަސްގެތީމުގެ ބަނދަރާއި ޖެޓީ ހެދުމުގެ މަޝްރޫއު އާއި އދ. ދިއްދޫގެ ބަނދަރު ހެދުމުގެ މަޝްރޫ އެވެ.
މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި ވެސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޝާނާ އެވެ. ހެވީ ފޯސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޒަމީރެވެ.
ރަސްގެތީމުގެ މަޝްރޫއަށް 50 މިލިއަން ރުފިޔާ ހޭދަވާ އިރު ދިއްދޫގެ ބަނދަރު ހަދަނީ 21.9 މިލިއަން ރުފިޔާގެ ބަޖެޓަކުންނެވެ.
މި މަސައްކަތްތައް ފުރިހަމަކުރަން ދީފައި ވަނީ 10 މަހާއި 14 މަސް ދުވަހެވެ.
ޝާނާ ވިދާޅުވީ މިއީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރި މަޝްރޫއުތަކެއް ކަމަށެވެ. އެހެންކަމުން މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށާނީ އޭގެ ކުރެހުންތައް ނިންމައި، އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ)ގެ ރިޕޯޓް ވެސް ހެދުމަށް ފަހު ކަމަށެވެ. އެ މަރުހަލާއަށް ގާތްގަނޑަކަށް ތިން މަސް ދުވަސް ހޭދަ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފޯކައިދޫ، ފީވައް، ފޭދޫގައި ސްވިމިން އޭރިއާއެއް ހަދަނީ
ހަންޏާމީދޫ ބަނދަރު ނިންމައިފި
އިހަވަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ނިމެނީ
ށ. ފޭދޫގެ ބަނދަރުގައި ބޮޑުހިލަ ޖަހަން ފަށަނީ
ފޯކައިދޫ ބޭރުތޮށިލުމުގެ މަސައްކަތް ފަށައިފި
ދިއްދޫ މީހުން ކައުންސިލްގެ އިދާރާގައި އިހުތިޖާޖުކުރަނީ
ތިން ރަށެއްގައި 203 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު
ނިލަންދު އާއި ބިލެއްދޫގެ ބަނދަރު ހެދުން އެމްޓީސީސީއަށް
މާފުއްޓާއި ގުޅީގެ މަޝްރޫއަށް ބޭނުންވާ ސާމާނު ގެންގޮސްފި
ހިތާދު އާއި ތިނަދޫގެ މަޝްރޫއެއް އެމްޓީސީސީއަށް