Roadha Mihaaru
ފޯކައިދޫ، ފީވައް، ފޭދޫގައި ސްވިމިން އޭރިއާއެއް ހަދަނީ

ފޯކައިދޫ، ފީވައް އަދި ފޭދޫގައި ފަތާ ސަރަހައްދެއް ހަދަން ހަވާލުކޮށްފި

10 ޖުލައި 2023

ށ. ފޯކައިދޫ، ށ. ފީވައް އަދި ށ. ފޭދޫގައި ސްވިމިން އޭރިއާއެއް ހަދަން އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ށ. ފޯކައިދޫ، ށ. ފީވައް އަދި ށ. ފޭދޫގައި ސްވިމިން އޭރިއާއެއް ހަދަން އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އިއްޔެ އެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާ އެވެ.

ދައުލަތުގެ ބަޖެޓުން 16.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުތައް ނިންމަން ދިނީ ހަތް މަސްދުވަހެވެ.

ފޯކައިދޫ، ފީވައް އަދި ފޭދޫގައި ސްވިމިން އޭރިއާއެއް ހަދަން އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ފޯކައިދޫ، ފީވައް އަދި ފޭދޫގައި ސްވިމިން އޭރިއާއެއް ހަދަން އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

މި މަޝްރޫއުގެ ދަށުން ފޯކައިދޫގެ ފަތާ ސަރަހައްދު ފުން ކުރުމަށް 2،730 ކޮޑި މީޓަރުގެ ވެލި ނަގައި، 40 މީޓަރުގެ ގްރޮއިން ލައި، 101.56 މީޓަރު ބޭރު ތޮއްޓެއް ލާނެ އެވެ. ފީވަކުގެ ފަތާ ސަރަހައްދު ފުން ކުރަން 3،575 ކޮޑި މީޓަރުގެ ވެލި ނަގައި، 50 މީޓަރުގެ ގްރޮއިން ލައި، 97 މީޓަރުގެ ބޭރު ތޮއްޓެއް ލާނެ އެވެ.

ފޭދޫގެ ފަތާ ސަރަހައްދު ފުން ކުރުމަށް 2،106 ކޮޑި މީޓަރުގެ ވެލި ނަގާނެ އެވެ. އެ ރަށުގައި 50 މީޓަރު ގްރޮއިން ލައި، 62 މީޓަރުގެ ބޭރު ތޮއްޓެއް ލާން ނިންމާފައިވެ އެވެ.