Roadha Mihaaru
ފީވަކު ބަނދަރުގެ މަސައްކަތް ނިންމާލައިފި

ފީވަކު ބަނދަރުގެ މަސައްކަތް ނިންމާލައިފި

08 ފެބުރުއަރީ 2022

ށ. ފީވަކު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ށ. ފީވަކު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މި މަސައްކަތް ހަވާލު ކުރީ 67.6 މިލިއަން ރުފިޔާ އަށެވެ.

މި މަޝްރޫއުގެ ދަށުން 40،420 ކިއުބިކް މީޓަރުގެ ބަނދަރު ފުންކޮށް، 14،743 ކިއުބިކް މީޓަރުގެ ނެރު ވަނީ ފުންކޮށްފަ އެވެ. އަދި އެއްގަމު ތޮއްޓަކާއި ބޭރު ތޮއްޓަކާއި ރިވެޓްމަންޓު ޖެހުމާއި ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ވަނީ ކޮށްފަ އެވެ.

މީގެ އިތުރުން 2,320 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި ނެރުބައްތި އާއި މަގުބައްތި ހަރުކުރުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.

ފާއިތުވި ތިން އަހަރު ތެރޭގައި އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގިނަ މަސައްކަތްތަކެއް ނިންމާފަ އެވެ.