Roadha Mihaaru
ފީވަކު ބަނދަރުގެ ބޮޑު ބައި ނިންމާލައިފި

ފީވަކު ބަނދަރުގެ ބޮޑު ބައި ނިންމާލައިފި

21 ޖެނުއަރީ 2021

ށ. ފީވަކު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 70 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ށ. ފީވަކު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 70 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނިން ބުނިގޮތުގައި މިހާރު ކުރިއަށްދަނީ ބަނދަރަށް އަލަށް އިތުރު ކުރާ ބައިގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމަށެވެ.

މިއީ 67.6 މިލިއަން ރުފިޔާ އަށް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން 55،163 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއި 464 މީޓަރު ސަރަހައްދުގެ އެއްގަމު ތޮށި ލުމާއި 182 މީޓަރު ސަރަހައްދުގެ ރިވެޓްމަންޓު ޖެހުމުގެ މަސައްކަތް ކުރާނެ އެވެ. އަދި 2،320 އަކަ މީޓަރު ސަރަހައްދުގެ ޕޭވްމަންޓު ހެދުމާއި ނެރުބައްތިއާއި މަގު ބައްތި ވެސް ހަރު ކުރާނެ އެވެ.