18 ޑިސެމްބަރ 2016
ށ. ފީވަކުން އެ އަތޮޅު ފޯކައިދު އަށް އިއްޔެ ހަވީރު ޑިންގީއެއްގައި ދަނިކޮށް، އޭގެ އިންޖީނު ގޮވައި ބަނޑު ކަފައިގެން ދިޔަ ޒުވާނާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އިތުރު ފަރުވާ އަށް އޭނާ މާލެ ގެނައުމަށް އާއިލާ އިން މިހާރު ތައްޔާރުވަމުން އަންނަ ކަމަށް ފީވަކު ކައުންސިލުން މިއަދު ބުނެފި އެވެ.
ށ. ފީވަކުން އެ އަތޮޅު ފޯކައިދު އަށް އިއްޔެ ހަވީރު ޑިންގީއެއްގައި ދަނިކޮށް، އޭގެ އިންޖީނު ގޮވައި ބަނޑު ކަފައިގެން ދިޔަ ޒުވާނާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އިތުރު ފަރުވާ އަށް އޭނާ މާލެ ގެނައުމަށް އާއިލާ އިން މިހާރު ތައްޔާރުވަމުން އަންނަ ކަމަށް ފީވަކު ކައުންސިލުން މިއަދު ބުނެފި އެވެ.
ޑިންގީގެ އިންޖީނުގެ ތެރޭގައި ވަށްބުރެއްހެން ތޫނުކޮށް އިން ފްލައިވީލް ނައްޓައިގެން ބަނޑުގައި ޖެހި ޒަހަމްވީ ފީވަކު، އޯކިޑްމާގޭ އަބްދުﷲ ފަޒީލް 32، އެވެ. އެ ހާދިސާގައި އޭނާގެ ބަނޑު ހަ އިންޗި އަށް ކަފައިގެން ގޮހޮރު ބޭރަށް ނިކުމެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
އައިސީޔޫގައި މިހާރު ފަރުވާދެމުން އަންނަ ފަޒީލްގެ އޮޕަރޭޝަނެއް ވެސް ރޭގައި ކުޅުދުއްފުށީ ހޮސްޕިޓަލުން ކޮށްފައިވާ ކަމަށް ވެ އެވެ.
"އެކަމަކު އަދިވެސް ހާލު ވަރަށް ސީރިއަސް. އެއާ ޓެކްސީގައި އޭނާ މާލެ ގެންދަން ތައްޔާރުވަމުން އަންނަނީ،" ފީވަކު ކައުންސިލްގެ ނައިބު ރައީސް އަލީ ރިޒާ ވިދާޅުވި އެވެ.
ފީކަވު ސްކޫލްގެ ޓީޗަރަކަށް އުޅޭ ފަޒީލް ފޯކައިދު އަށް ދަތުރުކުރީ އޭނާގެ ގާތް ރަހުމަތްތެރިޔަކާ އެކުގައި ކޮފީއެއް ބޯލަން ކަމަށްވެ އެވެ. ގާތްގަނޑަކަށް 15 މިނެޓު ހޭދަވާ ދަތުރުމަތީގައި ހިނގި އެކްސިޑެންޓުގައި ރަހުމަތްތެރިޔާ އަށް އެއްވެސް އަނިޔާއެއް ނުލިބުނީ ޑިންގީގެ ކުރީކޮޅުގައި އޭނާ އިނުމުން ކަމަށް ވެ އެވެ. "ޑިންގީ ދުއްވަން އިނީ ފަޒީލް. ދުއްވަން އިންދައި ފްލައިވީލް ނައްޓައިގެން އައިސް ބަނޑު ކަފައިގެން ދިޔައީ އިންޖީނުގެ ކަވަރު ފަޅިއެއް ވެސް ފަޅާލާފައި ނިކުމެގެން ގޮސް ކަމަށް ވަނީ. އެކަމަކު އެކަން ހިނގީ ކިހިނެއް ކަމެއް އަދި ނޭނގޭ،" ރިޒާ ވިދާޅުވެފައިވެ އެވެ.
ފަޒީލުގެ ގިނަ ގުނަވަންތަކަށް ބޮޑެތި އަނިޔާތަކެއް
ކޮފީއަކަށް ފޯކައިދުއަށް ދިޔަ ޒުވާނަކު ސީރިއަސްހާލަތުގައި
"ފަޒީލްގެ ހާލު ރަނގަޅު، ސީރިއަސް މައްސަލައެއް ނެތް"
ފަޒީލް އިތުރު ފަރުވާއަށް އިންޑިއާ އަށް ފުރުވާލައިފި
އެއްޗެއް ގޮވައި ހާލު ސީރިއަސްވި މީހާ މާލެ ގެނެސްފި
ފޯކައިދޫ، ފީވައް، ފޭދޫގައި ސްވިމިން އޭރިއާއެއް ހަދަނީ
ތޮޅީގެ ތުންގަނޑު މެއަށް ހެރުނު ޒުވާނާގެ ހާލު ރަނގަޅު
ކަރުގައި ރުފިޔާއެއް ތާށިވެގެން ކުއްޖަކު މާލެ ގެނެސްފި
ސައިކަލަކުން ޖެހި ކުޅުދުއްފުށީ މީހެއްގެ ހާލު ސީރިއަސް
އަލިފާން ކޮންޓްރޯލްވި އިރު އިމާރާތް އަނދައި ހުލި