Roadha Mihaaru

އެކްސިޑެންޓެއްގައި ލޮރީއެއްގެ ދަށުވި މީހެއްގެ ހާލު ސީރިއަސް ވެގެން ފަރުވާދެނީ

ކ. ތިލަފުށީގައި އެކްސްކަވޭޓަރެއްގެ ކައިރީގައި މަސައްކަތް ކުރަން ހުރި މީހެއްގެ ގައިގައި ލޮރީއަކުން ޖެހި، އޭނާ އެ ލޮރީގެ ދަށުވެ، ހާލު ސީރިއަސް ވެގެން ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

ލޮރީއެއްގެ ދަށުވި މީހެއްގެ ހާލު ސީރިއަސްވެ ފަރުވާދެނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

11 ސެޕްޓެމްބަރ 2025

ކ. ތިލަފުށީގައި އެކްސްކަވޭޓަރެއްގެ ކައިރީގައި މަސައްކަތް ކުރަން ހުރި މީހެއްގެ ގައިގައި ލޮރީއަކުން ޖެހި، އޭނާ އެ ލޮރީގެ ދަށުވެ، ހާލު ސީރިއަސް ވެގެން ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

ފުލުހުން ބުނީ ލޮރީއަކުން ޖެހި ވެއްޓި، އެ މީހާގެ ގައިގެ މަތިން ލޮރީ ދިޔަ މައްސަލައެއްގެ ރިޕޯޓު ލިބުނީ މިއަދުގެ މެންދުރު 2:15 ހާއިރު ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވީ ސްރީ ލަންކާގެ ފިރިހެނަކަށެވެ. އެ މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނައިރު އޭނާ އަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެެ.

ފުލުހުން ބުނިގޮތުގައި، ލޮރީ ދުއްވި އިން އިންޑިއާގެ އުމުރުން 28 އަހަރުގެ ވިގްނޭޝް އަނަދުރާއީ ވަނީ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭނާ ދުއްވި ލޮރީ ވެސް ވަނީ ޓޯކޮށްފަ އެވެ.

އެ މައްސަލަ ފުލުހުން އިތުރަށް ބަލަމުން އަންނައިރު އިތުރު ތަފްސީލެއް އަދި ނުދެ އެވެ.