މިދިޔަ އާދިއްތަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
16 ޖުލައި 2025
މިދިޔަ އާދިއްތަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
ބޮޑުތަކުރުފާނުމަގު މާފަންނު ބަސް ޓާމިނަލް ކުރިމަތިން ހިނގި އެ އެކްސިޑެންޓުގައި 17 އަހަރުގެ ކުއްޖަކު ނިޔާވެ، އިތުރު ދެ މީހަކަށް އަނިޔާވި އެވެ. އޭގެ ތެރެއިން މިހާރު ވެންޓިލޭޓަރުގައި ފަރުވާދެނީ ބ. ތުޅާދޫއަށް ނިސްބަތްވާ 40 އަހަރު މީހަކަށެވެ.
އައިޖީއެމްއެޗުން ބުނީ އޭނާ އަށް އަދިވެސް ފަރުވާދެނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށެވެ. އޭނާއަކީ އެ އެކްސިޑެންޓުގައި މަގު ހުރަސްކުރަން އުޅުނު މީހާ އެވެ. އޭނާ ގައިގައި ސައިކަލުން ޖެހުނީ ކަސްރަތަށް ދުވަމުން ގޮސް، ބަސް ޓާމިނަލް ކައިރީގައި އޮންނަ ޒިބްރާ ކްރޮސްއިން މަގުގެ އަނެއް ފަރާތަށް ދާން ދުއްވައިގަތް ވަގުތު އައި ސައިކަލުން ޖެހިގެންނެވެ.
އެ އެކްސިޑެންޓްގައި، އަނިޔާވި 16 އަހަރުގެ ކުއްޖާއަށް އަދިވެސް ވޯޑުގައި ފަރުވާ ދެމުންދާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ. ނަމަވެސް އެ ދެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ނުދެ އެވެ.
އެ އެކްސިޑެންޓްގައި ނިޔާވީ ސައިކަލު ދުއްވަން އިން ޔޫސުފް އަލްސަން މުހައްމަދަކީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމައެކަނި ދަރިފުޅެވެ.
އެކްސިޑެންޓުވި 16 އަހަރުގެ ކުއްޖާ ގެޔަށް ދޫކޮށްލައިފި
ސީރިއަސް ޒަހަމްތައް ވި މީހާ ވެންޓިލޭޓަރުން ނަގައިފި
އަލްސަން ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
ތިނަދޫ އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ
ފައިނު އެކްސިޑެންޓުގައި އަނިޔާވި މީހުން ވެންޓިލޭޓަރުގައި
ސައިކަލަކުން ޖެހި ތުއްތު ކުއްޖަކަށް އަނިޔާވެއްޖެ
އެކްސިޑެންޓަށްފަހު ސިކުނޑީ އޮޕަރޭޝަނެއް، ހާލު ސީރިއަސް
އައްޑޫ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ވެންޓިލޭޓަރުގައި
އެކްސިޑެންޓުވި މީހާގެ ފައިބިނދި، ސީރިއަސް އަނިޔާތަކެއް
އެކްސިޑެންޓުވެގެން ހާލު ސީރިޔަސްވި ޒުވާނަކު މަރުވެއްޖެ