ގދ. ތިނަދޫގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާގެ ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
07 މެއި 2025
ގދ. ތިނަދޫގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާގެ ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ މެންދުރު ފަހު އެ އެކްސިޑެންޓު ހިނގީ، ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް ކައިރިން ދިޔަ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން 31 އަހަރުގެ ދިވެހި އަންހެން މީހާ އަށެވެ.
މި އެކްސިޓެންޑުގައި އަންހެން މީހާގެ ބޮލަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ.
ފުލުހުން ކުރިން ބުނީ ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި އޭނާއަށް ފަރުވާދިނުމަށް ފަހު އިމަޖެންސީގައި ހަމަ އެ ދުވަހު މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދޭން ފެށި ކަމަށެވެ. މާލެ ގެނައި ފަހުން އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން އޭރު މައުލޫމާތު ދިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް، އެ އަންހެން މީހާގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ ވަޓްސްއެޕް ގްރޫޕުގައި ނޫސްވެރިޔަކު ސުވާލުކުރުމުން ފުލުހުން މިއަދު ބުނީ ސިކުނޑީގެ އޮޕަރޭޝަނަކަށް ފަހު އިންފެކްޝަން އުފެދުމުގެ ސަބަބުން އޭނާގެ ހާލު ސީރިއަސްވެގެން އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި، އެކްސިޑެންޓުވި ކާރު ދުއްވަން އިން މީހާ ފުލުހަށް ހާޒިރުކޮށް، ސުވާލުކޮށްފައިވެ އެވެ.
އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނުން ފިޔަވައި އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.
އައްޑޫ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ވެންޓިލޭޓަރުގައި
އެކްސިޑެންޓުވި މީހާގެ ފައިބިނދި، ސީރިއަސް އަނިޔާތަކެއް
އެކްސިޑެންޓުވެގެން ހާލު ސީރިޔަސްވި ޒުވާނަކު މަރުވެއްޖެ
އެކްސިޑެންޓުގައި ޒަހަމްވި ޒުވާނަކު ވެންޓިލޭޓަރުގައި
އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސް: ޕޮލިސް
އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސްޓޭބަލް
ފުވައްމުލަކު އެކްސިޑެންޓު: އެކަކު އަދިވެސް އައިސީޔޫގައި
ފުވައްމުލަކުގައި އަނިޔާވި މީހާގެ ހާލު ސީރިއަސް
އެކްސިޑެންޓުވި ދުވަސްވީ މީހާގެ ހާލު ވަރަށް ސީރިއަސް
އެކްސިޑެންޓުގައި އަނިޔާވި މީހާ ވެންޓިލޭޓަރުގައި